ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލްގެ މެޗްތައް މިރޭ ފަށަނީ

ގައުމު ސްޓްރީޓް ކަޕްގެ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްގެ މެޗުތަކުގެ ތެރެއިން ދެމެޗެއްގެ ކުޅުން މިރޭ ފަށަން ތާވަލްކޮށްފި އެވެ.

ގައުމު އެފްސީން އިންތިޒާމް ކޮށްގެން މީދޫގައި ކުރިއަށް ގެންދާ  ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު، ކުއާޓާ ފައިނަލަށް ދަތުރުކުރީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ.

ރޭ ކުޅުމަށް ކުރީން ތާވަލްކުރެވުނު މެޗްތައް މޫސުން ގޯސްވުމުގެ ސަބަބުން މިރެއަށް ފަސްކުރުމަށްފަހު  ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުތައް ފަށަން ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ. މިގޮތުން ފުރަތަމަ މެޗުގައި ގްރޫޕް އޭގެ އެއްވަނަ ހޯދި މީދޫ ޗެލެންޖާސް އާއި ދެކޮޅަށް ގްރޫޕް ސީގެ ދެވަނަ ހޯދި މީދޫ  ލޮތަރި އެފްސީ ނުކުންނަ އިރު، ޗެލެންޖާސް ކްއާޓާފައިނަލަށް ހޮވިފައިވަނީ އެޓީމް ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗްތަކުގެ ތެރެއިން 3 މެޗުން މޮޅުވެ އެއްމެޗުން އެއްވަރުވެ 10 ޕޮއިންޓް ހޯދައިގެންނެވެ.

ޗެލެންޖާސްއާއި ވާދަކުރާ ލޮތަރި އެފްސީ ކްއާޓާފައިނަލަށް ހޮވުނީ ގްރޫޕް ސީގައި އެޓީމް ކުޅުނު 4 މެޗުގެ ތެރެއިން ދެމެޗުން ދެރަވެ ދެމެޗުން މޮޅުވެ 6 ޕޮއިންޓް ލިބިގެންނެވެ.

މި ރޭ ކުޅެން ހަމަޖެހިފައިވާ ކުއާޓާގެ ފަހު މެޗުގައި ގްރޫޕް ބީގެ އެއްވަނަ ހޯދި ހިތަދޫ އެފްސީ އުސްގަޑާއި ދެކޮޅަށް ގްރޫޕް އޭގެ ދެވަނަ ހޯދި ހިތަދޫ ކްލަބް ރިވެރިން ނެކްސަސް ނިކުންނައިރު، އެފްސީ އުސްގަޑަ ކްއާޓާފައިނަލަށް ހޮވިފައިވަނީ ގްރޫޕް ސްޓޭޖްގައި އެޓީމް ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެ 1 މެޗުން އެއްވަރުވެ 10 ޕޮއިންޓް ހޯދައިގެންނެވެ.

އެފްސީ އުސްގަޑާއި ވާދަކުރާ ހިތަދޫ ކްލަބް ރިވެރިން ނެކްސަސް ކްއާޓާރ ފައިނަލަށް ހޮވުނީ ގްރޫޕް އޭގައި އެޓީމް ކުޅުނު 4 މެޗްގެ ތެރެއިން 2 މެޗުން މޮޅުވެ އެއްމެޗުން ދެރަވެ އަދި އެއްމެޗުން އެއްވަރުވެގެން ލިބުނު 7 ޕޮއިންޓާއެކުގައެވެ.

ޖުމްލަ 20 ޓީމާއެކު ފެށި މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި 40 މެޗް ކުޅެވިފައިވާއިރު މިމުބާރާތުގައި ބައިވެރިވި 20 ޓީމް 4 ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައިވެސް ހިމެނިފައިވަނީ 5 ޓީމެވެ.

މިފަހަރުގެ މިމުބާރާތުގެ ފައިސާގެ އިނާމްތަކަށް ބަލާއިރު ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ، ރަނަރަޕް ޓީމަށް 5،000 ރުފިޔާ ވަނީ ހުށަހަޅާފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑިއުޓީ ކުޑަކުރުމުން ސަރަހައްދީ ބަނދަރުތަކަށް ލިބޭ އާމްދަނީ ދަނީ އިތުރުވަމުން: ރައީސް

ސަރަހައްދީ ބަނދަރުތަކުން ނަގާ ޑިއުޓީ ކުޑަކުރުމާއިއެކު މިދިޔަ އަހަރު އެތެރެކުރި މުދަލުގެ އަގު 566 މިލިއަން ރުފިޔާއަށްވުރެ މަތިވެފައިވާކަމަށް ...

އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅައިގެ ރަންމެޑަލް ކެނެޑާއަށް

މިހާރު ޖަޕާނުގެ ގައި ކުރިއަށް ގެންދާ ޓޯކިއޯ އޮލިމްޕިކްސް ގޭމްސް 2020 ގެ އަންހެނުންގެ ފުޓްބޯޅަ ގެ ރަންމެޑަލް ...

ރީ-ރަޖިސްޓާކުރަން 47،000 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅާފައި- އިލެކްޝަން ކޮމިޝަން

ސެޕްޓެމްބަރު 30، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލުމަށް ރީ-ރަޖިސްޓްރީކުރަން ހުޅުވާލި ފުރުސަތުގައި 47،000 ...