ހޯނޑެއްދޫއިން 19 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

ގދ.ހޯނޑެއްދުއިން ކޮވިޑް19އަށް 19 މީހަކު ޕޮޒިޓިވް ވެއްޖެވެ.

ހޯޑެއްދޫއިން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ހޯމްކަރަންޓީންއިން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓްތަކުން 4 މީހުންނެވެ. މި 4 މީހުން ކޮވިޑަށް ޕޮޒިޓިވްވީ މިމަހުގެ 03 ވަނަ ދުވަހު އެވެ. އެހެންކަމުން އެރަށުން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ނުވަތަ އެމީހުންނާ ސީދާ ދިމާވެފައިޥާ މިހުން ދެނެގަނެ 36 ސާމްޕަލެއް ނަގާ ޓެސްޓް ހެދުމުން  އޭގެތެރެއިން 19 ސާމްޕަލެއް ވަނީ ކޮވިޑް 19 ޕޮޒިޓިވްވެފައެވެ.

އޭގެތެރޭގައި ހިމެނެނީ 11 ފިރިހެނުންނާއި 8 އަންހެނެކެވެ. އެއީ އެއްހަރުން ދަށުގެ ދެ ކުޑަކުދިންނާއި، އެއްހަރާއި 18 އަހަރާއި ދެމެދުގެ 8 ކުދިންނާއި، އަށާރަ އަހާރާއި 50 އަހަރާއި ދެމެދުގެ 7 މީހުންނާއި، 50 އަހަރުން މަތީގެ ދެ މީހެކެވެ.

މިއީ މާލެފިޔަވާ ރާއްޖޭގެ ރަށަކުން މިހާ ގިނަބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. އެޗްޕީއޭއިން ވަނީ ހޯނޑެއްދޫ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. މިކަމާއި ގުޅޭގޮތުން އެޗްއީއޯސީގެ ފަރާތުން ވާހަކަދައްކަވަމުން ކޮންޓެކްޓް ޓްރޭސިންގައި އިސްކޮށް ޙަރަކާތްތެރިވާ އައިމިނަތު އަރޫޝާ ރޭ ވިދާޅުވީ ހޯޑެއްދޫން ފަހުން ޕޮޒިޓިވްވި  19 މީހުންނަކީ 2 ކޭހެއްގެ  ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 36 މީހުންގެ ތެރޭގައި ހިމެނޭ މީހުންކަމަށެވެ. މީގެތެރޭގައި ހިމެނޭ މީހުންނަކީ 5 ގޭބިސީއަކަށް ނިސްބަތްވާ މީހުންކަމަށާ މިހާތަނަށް މިކޭސްއާއި ގުޅިގެން 46 ކޮންޓެކްޓުން ފާހަގަވެފައިވާކަމަށް އެޗްއީއޯސީން ވަނީ ހާމަކޮށްފައެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ އަށްހާހަށްވުރެ މައްޗަށް އަރާފައެވެ. އަދި 2600 އަށްވުރެ ގިނަ މީހުންނަށް މިވަގުތުވެސް އަންނަނީ ފަރުވާދެމުންނެވެ.

ހޯޑެއްދޫއިން ކޮވިޑް-19 ގިނަ ކޭސްތަކެއް ފެނުނުނަމަވެސް، މިހާތަނަށް އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ނިންމާފައި ނުވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއޯސީން) ރޭ ވަނީ ވިދާޅުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާ އިން ދެނީ

ދިވެހިރާއްޖެ، ޗައިނާއަށް ދަރާފައިވާ ދަރަނި އަދާކުރުމަށް އިންޑިއާއިން ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމައިފިއެވެ. މިކަން ...

ފޮޓޯއިން ޚަބަރު : ކަޅިބިތްފަރާތު ގިރާ ސަރަހައްދު

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ  ކަޅިބިތްފަރާތުގެ ގޮޑު ދޮށުން އެންމެ ބޮޑަށް މިހާރު ގިރަމުންދާ ސަރަހައްދުން ...

އައްޑޫ ސިޓީއަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

ތިލަފުށިން ފުރައިގެން ސ.އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް ފަރައް އަރައިފިއެވެ. އެމްއެންޑީއެފުން މައުލޫމާތުދިން ގޮތުގައި ...