ލައިން ޖަޖެއްގައި ބޯޅައިން ޖެހުމުން ޖޮކޮވިޗް މުބާރާތުން ވަކިކޮށްފި

ޔޫއެސް އޯޕަން ޓެނުސް މުބާރާތުގެ  ހަތަރު ވަނަ ބުރުގައި މަޝްހޫރު ޓެނިސް ތަރި ނޮވަކް ޖޮކޮވިޗް ގަސްދު ލައިން ޖަޖެއްގައި ބޯޅައިން ޖެހިކަމަށް ނިންމައި އޭނާ މުބާރާތުން ވަކިކޮށްފި އެވެ.

މިހާދިސާ ހިގެ މެޗުގެ ފުރަތަމަ ސެޓުގައި ސްޕެއިނުގެ ޕަބްލޯ ކަރޭނޯއާ ދެކޮޅަށް 5-6 އިން ފަހަތުގައި އޮއްވައި ޓެނިހުގެ ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި މިވަގުތުއޮތް  ޖޮކޮވިޗް ޖީބުން ބޯޅަ ނެގުމަށް ފަހު އޭނާ ބޭރަށް ފޮނުވާލި ބޯޅަ އަމާޒުވީ ޖޮކޮވިޗްގެ ފަހަތުގައި ލަންޖަޖެއްގެ ގޮތުގައިހުރި އަންހެނެއް ކަރަށެވެ.

މިހާދިސާ ހިގުމާއެކު މެޗްގެ ކުޅުން މެދުކަނޑާލުމަށްފަހު ގިނައިރުތަކެއް ވަންދެން އަމްޕަޔަރުން (ރެފްރީން) މިމައްސަލައިގައި މަޝްވަރާ ކުރުމަށް ފަހު ނިންމީ އުމުރުން 33 އަހަރުގެ ޖޮކޮވިޗް މުބާރާތުން ޑިސްކޮލިފައި ކުރުމަށެވެ.

އެމެރިކާގެ ޓެނިސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގްރޭންޑް ސްލޭމްގެ ގަވާއިދުގައިވާ ގޮތުން ގަސްދުގައި އެހެން މީހެއްގެ ގައިގައި ބޯޅައިން ޖެހުމަކީ ވަރަށް ގިނަ ގޮތްގޮތުން ބެލިޔަސް ގޯސްކަމެއް ކަމަށާއި އެހެންވުމާ އެކު ގަވާއިދުގައިވާ އެންމެ ހަރުކަށި އަދަބު ޖޮކޮވިޗް އަށް ދޭން ނިންމީ ކަމަށެވެ.

“ޑިސްކޮލިފައިކުރުމާ އެކު ޖޮކޮވިޗް ޔޫއެސް އޯޕަން މުބާރާތުގައި ހޯދާފައިވާ ހުރިހާ ރޭންކިން ޕޮއިންޓާއި މި މުބާރާތުގައި ހޯދާފައިވާ ފައިސާގެ އިނާމް ގެއްލޭނެ،” އެމެރިކާ ޓެނިސް އެސޯސިއޭޝަނުގެ ބަޔާނުގައިވެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ޓެނިސް މުބާރާތްތައްވެސް މެދުކަނޑާލާފައި އޮތުމަށްފަހު  ކުޅޭ ޓެނިހުގެ ފުރަތަމަ ބޮޑު މިމުބާރާތް ކުރިއަށްދަނީ ސަޕޯޓަރުން ނުވައްދަ އެވެ. ޖޮކޮވިޗަކީ މި މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިޔާ އެވެ.

ޖޮކޮވިޗް މުބާރާތުން ވަކިވުމާ އެކު މި އަހަރު ވެގެންދާނީ 2014 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މި މުބާރާތުގައި މުޅިން އާ ފިރިހެން ޗެމްޕިއަނެއް ފެންނަ ފަހަރަށެވެ.

ސަސްޕެންޑްކުރުމާ ގުޅިގެން ޖޮކޮވިޗް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ބަޔާނެއް ނެރެފަ އެވެ. ޖޮކޮވިޗް ބުނީ އެއީ އޭނާ ގަސްދުގައި ލައިން ޖަޖުގައި ޖަހަން ފޮނުވާލި ބޯޅައެއް ނޫން ކަމަށާއި އެކަން ހިނގާދިޔަ ގޮތުން އޭނާ އަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.

“އަހަރެންގެ ފަރާތުން ލައިން ޖަޖަށް އެކަން ކުރިމަތިވީތީ އަހަރެން ވަރަށް ބޮޑަށް މާފަށް އެދެން. ހަގީގަތަކީ މިއީ އަހަރެން ގަސްދުގައި ކުރި ކަމެއް ނޫން. މުބާރާތުން ސަސްޕެންޑްކުރުމުން އަހަންނަށް މި ލިބުނީ ފިލާވަޅެއްގެ ގޮތުގައި ދެކެން. އަހަންނަށް މި އުނދަގޫވަގުތުގައި ވެސް ހިތްވަރުދެމުން އަންނަ އާއިލާ މީހުންނާއި އެކުވެރިން އަދި ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން. ޝުކުރިއްޔާ. އަދި އެންމެންގެ ކިބައިން މާފަށް އެދެން،” ޖޮކޮވިޗް ބުންޏެވެ.

ޖޮކޮވިޗްގެ މި މައްސަލަ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުން އަންނަނީ ބަލަމުންނެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެންނެވި ބަދަލު ހާމަކުރައްވައިފި

މެއިި 1 އިން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަން ނިންމައި އެ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ ...

ރީކަނެކްޓް ވިތް މޯލްޑިވްސް ޕްރޮގްރާމް ސީއެންއެންގެ ފީޑްތަކުގައި ދައްކައިފި

ރާއްޖެއިން ފަތުރުވެރިންނަށް ކުރެވޭ ތަފާތު ތަޖުރިބާތައް ދައްކުވައިދިނުމަށް ހާއްސަކޮށްފައިވާ “ރީކަނެކްޓް ވިތް މޯލްޑިވްސް” ޕްރޮގްރާމް ސީއެންއެންގެ ފީޑްތަކުގައި ދައްކައިފިއެވެ. ...

އާގުބޯޓެއްގައި އޮތް ހާލުބޮޑު މީހަކު އެމްއެންޑީއެފުން ސ. ހިތަދޫ ހޮސްޕިޓަލަށް ގެންގޮސްދީފި

އިކުއެޓޯރިއަލް ގިނީ ގެ ޕޯޓް އޮފް ބާޓާ ބަނދަރުން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުންދިޔަ ހޮންކޮންގ ގެ “އެމްވީ ޕްރޮސްޕެރިޓީ ...