އަނިޔާއަށް ފަހު ޔާސީން އެނބުރި ފަރިތަކުރުންތަކަށް

މީދޫގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ޔާސީންގެ ކަކުލު ހުޅަށް ލިބުނު އަނިޔާއަށް ފަހު އެނބުރި ވޮލީގެ ޓްރެއިނިންގއަށް އަތުވެއްޖެއެވެ.

ޔާސީން އެނބުރި ފަރިތަކުރުންތަކަށް އައިސްފައިވާއިރު، އަނިޔާއާ ގުޅިގެން އޭނާވަނީ ގާތްގަނޑަކަށް 10 ވަރަކަށް މަސްދުވަހު ވޮލީގެ ހަރަކާތްތަކުން ދުރުގައި ހޭދަކޮށްފައެވެ.

” 20 އޮކްޓޯބަރ 2019  ދުވަހު ވޮލީ ކުޅެން އުޅުމުގެ ތެރޭގައި ކަކުލުގެ ހުޅަށް ލިބުނީ ޕޮސްޓީރިއާ ކްރޫޝިއޭޓް ލިގަމެންޓް (ޕީސީއެލް) އިންޖަރީއެއް- އެ އެންޖަރީއާއިގުޅިގެން ކުޅުމާއި ދުރުގައި ގިނަދުވަސް ތަކެއް ހުރުމަށްފަހު ޓްރީޓޮޕް ހޮސްޕިޓަލްގެ ކަށީގެ ޑޮކްޓަރަކަށް ދައްކައިގެން އެއެންޖަރީއާއި ގުޅޭ ސާޖަރީއެއް މިއަހަރުގެ މާރޗްމަހުގެތޭގައި ވަނީ ހަދާފައި  . އެސާޖަރީން ރިކަވާވެ ޓްރެއިނިންގ ތަކަށް ނިކުމެވޭވަރު މިވީ އަދިކިރިޔާ  . ބައެއް ފަރާތްތަކުން މިސާޖަރީ ހެދުމާއި ގުޅިގެން އަހަރެންގެ ވޮލީގެ ކެރިއަރ އެހިސާބުން ނިމުނީކަމަށް ބުނި . އެކަމަކު އިރާދަކުރެއްވިއްޔާ ޓްރެއިނިންތައް ގަވާއިދުން ކުރިއަށް ގެންގޮސް ކުރީގެ ކުޅުމަށް އެނބުރި އާދެވޭނެ ” ވީއޯއެމްއަށް މައުލޫމާތު ދެއްވަމުން ޔާސީން ބުނެފައިވެއެވެ.

ޔާސީން އަނިޔާއަށްފަހު ވޮލީގެ ހަރަކާތްތަކުގައި ބައިވެރިވާން ފަށާފައިވާއިރު ޔާސީނަކީ ރާއްޖޭގައި ގައުމީ ފެންވަރުގައި ބާއްވާފައިވާ ތަފާތު ވޮލީ މުބާރާތްތަކުގައި ތަފާތު ޓީމްތަކަށް ކުޅެފައިވާ ތަޖުރިބާކާރު މޮޅު ވޮލީ ކުޅުންތެރިއެކެވެ. އަދި މީގެ އިތުރަށް ޔާސީން މީދޫޓީމްގައި ހިމެނިގެން ވާދަކުރި އެއްވެސް މުބާރާތެއްގެ އެއްވެސް މެޗަކުން މީދޫޓީމް ބަލިވެފައިނުވާއިރު ޔާސީން ހިމެނިގެން މީދޫޓީމް ވާދަކުރި އެކުވެރިކަމުގެ އެއްވެސް މެޗަކުންވެސް މީދޫޓީމް ބައިވެފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ފުވައްމުލަކުގައި 2017 ވަނަ އަހަރު ބޭއްވުނު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މީދޫޓީމް ހޯދާފައިވާއިރު 2017 ވަނަ ފޭދޫގައި އައްޑުއަތޮޅުގެ ޓީމްތަކަށް ވާދަކުރެވޭގޮތައް ބޭއްވުނު އަންހެން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މީދޫޓީމަށް ލިބުނުއިރު އެޓީމްގެ ކޯޗެއްގެ ގޮތުން މަސައްކަތްކޮށްދީފައިވަނީވެސް ޔާސީނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފިކުރެއްގެ ދިރުމުގެ މެމްބަރުންނަށް އަޅާނެ ފިޔަވަޅެއްގެ ގޮތެއް ނުނިމުނު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މަޖިލިސް މެމްބަރުންނާއިމެދު ފިޔަވަޅު ...

އައްޑޫސިޓީގެ ހިތަދޫން އިތުރު 20 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކޮވިޑާއި ގުޅިގެން މިވަގުތު ކާފިއު ހިންގުމަށްފަހު  މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ  އައްޑޫ ސިޓީގެ ހިތަދޫން  އިއްޔެ  20 މީހަކު ...

ކޯވިޑް-19: ކެފޭ ރެސްޓޯރަންޓް ތަކުގައި ޝީޝާ ބުއިން މަނާކޮށްފި

ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރެންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުން ...