ފްރެންޗް ލީގުގައި ޕީއެސްޖީއާ އޮލިމްޕިކް މާސެއިލް ބައްދަލުކުރި މެޗުގައި މާސެއިލްގެ އަލްވާރޯ ގޮންޒަލޭޒް ޕީއެސްޖީގެ ބްރެޒިލްގެ ތަރި ނޭމާއާއި ނަސްލީގޮތުން ދިމާކުރިކަމަށް ބުނެ ނޭމާ އަލްވާރޯގެ ގަޔަށް އަތްލާ ހަމަލާ ދީފައިވާތީ ނޭމާއަށް 7 މެޗުގެ ސަސްޕެންޝަނަކާއި ނޭމާއާއި ނަސްލީގޮތުން ދިމާކުރުމުގެ ކުށުގައި މާސެއިލްގެ އަލްވާރޯ ގޮންޒަލޭޒްއަށް 10 މެޗުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތްކަމަށް ކުޅިވަރު ދިރާސާ ކުރާ ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.

ޕީއެސްޖީއާއި މާސެއިލް ބައްދަލުކުރި މެޗުގައި ނޭމާއަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކީ ވީއޭއާރ ރިވިޔު އިން ނޭމާ ގޮންޒަލޭޒްގެ ގައިގާ ޖެހިކަމަށް ފެނުމުންނެވެ. ރަތް ކާޑު ދެއްކުމުން ދަނޑުން ފައިބަމުން ވެސް ނޭމާ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި މެޗަށް ފަހުގައި ވެސް ގޮންޒަލޭޒް އޭނާއާ ނަސްލީގޮތުން ދިމާކުރި ކަމަށާއި، އެކަން ރެފްރީގެ ސަމާލުކަމަށް ގެނައުމުން ވެސް ރެފްރީ އެކަމާ އަޅާނުލިކަމަށް ބުނެ ނޭމާ ވަނީ ވާހަކަދައްކާފައެވެ.

މި ހާދިސާއާ ގުޅިގެން ނޭމާ އާއި ގޮންޒަލޭޒްއަށް އަންނާނެ އަދަބެއްގެ ކުޑަ ބޮޑުމިން އަދި އިތުރު އަދަބެއް ދޭނެކަން ނުވަތަ ނޫންކަން ވެސް ކަށަވަރު ވާނީ ފްރާންސްގެ ޕްރޮފެޝަނަލް ފުޓްބޯޅަ ގަވާނިންގ ބޮޑީ (އެލްއެފްޕީ) އިން މި މައްސަލަ އިތުރަށް ބެލުމަށްފަހު ގޮތެއް ނިންމުމުންނެވެ.

ފްރާންސްގެ ނޫހެއްކަމުގައިވާ އާރއެމްސީ ސްޕޯޓްސސް އާ ހަވާލާދީ ޑެއިލީ މެއިލްގައި ބުނެފައިވާ ގޮތުގައި އެލްއެފްޕީގެ ގަވާޢިދު ބުނާގޮތުން ނޭމާގެ ކުށުގެ އަދަބެއްގެ ގޮތުގައި ގިނަވެގެން 7 މެޗުގެ ސަސްޕެންޝަނެއް ދެވިދާނެއެވެ. އަދި  މި ހާދިސާއާ ގުޅިގެން މާސެއިލްގެ އަލްވާރޯ ގޮންޒަލޭޒްއަށް 10 މެޗުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތްކަމަށް ވެސް މީޑިޔާ ރިޕޯޓްތައް ބުނެއެވެ

ޕީއެސްޖީ އަތުން މާސެއިލް މޮޅުވި މެޗުގެ އިތުރު ވަގުތުގައި މެޗު ހޫނުވެ ހަމަނުޖެހުން ހިނގާ 05 ކުޅުންތެރިންނަށް ރަތްކާޑު ދައްކާ ދަނޑުންވަނީ  ފޮނުވާލާފައެވެ. އަދި މުޅި މިމެޗުގައި 12 ރީނދޫ ކާޑު ވެސް ދެއްކިކަން ފާހަގަ ކޮށްލެވެއެވެ.

ޕީއެސްޖީއާ އޮލިމްޕިކް މާސެއިލް ބައްދަލުކުރި މެޗު
ޕީއެސްޖީއާ އޮލިމްޕިކް މާސެއިލް ބައްދަލުކުރި މެޗު
ޕީއެސްޖީއާ އޮލިމްޕިކް މާސެއިލް ބައްދަލުކުރި މެޗު
ޕީއެސްޖީއާ އޮލިމްޕިކް މާސެއިލް ބައްދަލުކުރި މެޗު

މަސްދަރު: ދުވަސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގުރުއާން ހިތުދަސްކޮށްގެން ދެއްވާ މެޑަލް ސ. މީދޫ މެރިހާނާ މަރިޔަމްދީދީ ހާސިލްކޮށްފި

ކީރިތިި ގުރުއާން ހިތު ދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަބަދުﷲ ޔާމީން އަބަދުލް ގައްޔޫމް ދެއްވާ މެޑަލްއާއި ހަނދާނީލިއުން ސ. މީދޫ ...

ޒަމާނީ ޑިމޮކްރަސީއަކީ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑި: ރައީސް

އިޤްތިޞާދީ ފުދުންތެރިކަމާއެކު ލިބޭ ކުރިއެރުމުގައި، އުފާވެރިކަމާއެކު ރައްޔިތުން ދިރިއުޅޭ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑިއަކީ، ޒަމާނީ ޑިމޮކްރެސީ ...