ސ. ހުޅުދޫ ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީ ހުޅުދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ހުޅުމީދޫ ސިއްހީމަރުކަޒުގެ ބޭފުޅަކު ވީއޯއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ.

އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ، ކަރަންޓީންގެ 14 ދުވަސް ހަމަވެގެން ކުރި ޓެސްޓުންނެވެ.

“ސާދަ ދުވަސް ހަމަވެގެން އިއްޔެ ހެނދުނު ނެގި ސާމްޕަލް ޕޮޒިޓިވްވި ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްވަނީ އަންގާފައި،” ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވި އެވެ.

” އެ މީހާ ކަރަންޓީންކޮށްފައި ވަނީ ވަކި ގެއެއްގައި އޭނާ އެކަނި . އޭނާއާ އެއްވެސް މީހަކު ބައްދަލުވެފައި ވާކަމުގެ މައުލޫމާތު ލިބިފައެއްނެތް ، އެކަން މިހާރު ދަނީ ބަލަމުން. ” ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވި އެވެ.

މިއީ ހުޅުދޫން ކޮވިޑް19 އަށް  މީހަކު ކޮވިޑަށް ޕޮޒިޓިވި ފުރަތަމަ ފަހަރެވެ.

މާލެއިން ރަށްރަށަށް ދާ މީހުން 14 ދުވަހަށް ހޯމް ކަރަންޓިން ކުރެ އެވެ. އަދި އެ މީހަކު ދޫކޮށްލަނީ، ކަރަންޓީންގެ މުއްދަތު ހަމަވެ، ކޮވިޑަށް ހަދާ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ ކަންބޮޑުންތަކަށް ހައްލެއް

ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ލިބޭގޮތަށް ހަމަޖައްސައިފިއެވެ. މިގޮތަށް ހަމަޖައްސަވާފައިވަނީ ސިއްހީ ...

ކޯޓުން ގޮތެއް ނިންމަންދެން ހިތަދޫގެ ގޯތިތައް ހުސްކުރުން މަޑުޖައްސާލަން އަންގައިފި

އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ހުސް ކުރުމަށް އެ ސިޓީ ކައުންސިލުން އެންގި ...

އާދީއްތަ ދުވަހުން ފެށިގެން އައްޑޫސިޓީގެ ސްކޫލްތަކުގައި ކިޔަވައިދޭނެ

އައްޑޫސިޓީގައި  ކޮވިޑް ގެ ހާލަތު ގޯސް ވުމާއި ގުޅިގެން އައްޑޫގެ ގުޅިފައވާ ރަށްތައް 28 އޯގަސްޓް 2021 އިން ...