އައްޑޫ ޔޫތު ޗެލެންޖް 2020- މިއީ މޮޅުވުން މަޖުބޫރު މެޗެއް – އަހުމަދު ރަޝީދު

20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް ކަޕް ގައި  މިއަދު ހަވީރު ފޭދޫޓީމާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން މަޖުބޫރު ކަމަށް މީދޫޓީމްގެ އެސިސްޓެންޓް ކޯޗް އަހުމަދު ރަޝީދު ބުނެފިއެވެ.

“މިއީ މޮޅުވުން މަޖުބޫރު މެޗެއް. ފޭދޫޓީމް އޮތީ އަހަރެމެންނަށް ވުރެ ދެ ޕޮއިންޓު ކުރީގައި. އަދި މަރަދޫޓީމް އޮތީ 3 ޕޮއިންޓު ކުރީގައި. ހިތަދޫޓީމް އޮތީ 2 ޕޮއިންޓު ކުރީގައި.” އަހުމަދު ރަޝީދު ބުންޏެވެ.

އަހުމަދު ބުނީ މިމުބާރާތުގެ ފައިނަލަށް ހޮވެނީ ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ކަމަށްވެފައި ފައިނަލުން ފުރުސަތު ހޯދަން ބޭނުންކަމަށްވާނަމަ މިއަދުގެ މެޗުން ފޭދޫޓީމް ބަލިކޮށް 3 ޕޮއިންޓް ހޯދަން ޖެހޭ ކަމަށާއި އަދި ކުރިއަށްހުރި މެޗްތަކުންވެސް މޮޅުވުން މަޖުބޫރުކަމަށެވެ.

” މިއަދުގެ މެޗުން  ކުޅުންތެރިންގެ ހުރިހާ ހިތްވަރެއް ދީ 3 ޕޮއިންޓު ހޯދަން މަސައްކަތް ކުރާނަން. ”  އަހުމަދު ރަޝީދު ބުނެފައިވެއެވެ.

ފޭދޫޓީމް

އަހުމަދު  ބުނީ ފޭދޫޓީމް ފިޒިކަލް ގޮތުން މީދޫޓީމަށް ވުރެ ވަރުގަދަ ވާނެކަމަށާ އެހެންކަމުން  ޓީމް  މޮޅުވުމަށް  އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ރަނގަޅަށް ޑިފެންސް ކުރުން ކަމަށާއި އެގޮތަށް ކަންތައް ކޮށްގެން ނޫނީ މޮޅުވުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

މިއަދު ހަވީރު ފޭދޫޓީމާ ދެކޮޅަށް މީދޫޓީމް  ނިކުންނަ އިރު، މީދޫޓީމްގެ އެންމެ މުހިންމު 3 ކުޅުންތެރިއަކަށް އަނިޔާގެ މައްސަލަ ދިމާވެފައިވާކަމަށާ އެތިން ކުޅުންތެރީންގެ އަނިޔާ އެއްކޮށް ރަނގަޅު ނުވާ ކަމަށްވެސް އަހުމަދު ރަޝީދު ވަނީ ބުނެފައިވެއެވެ.  އެހެންނަމަވެސް މި މެޗުން އެތިން ކުޅުންތެރީން ނުފެނުމަށްވުރެ ފެނުން ގާތް ކަމަށް އޭނާ ބުންޏެވެ.

މިމުބާރާތުގައި މީދޫޓީމް ކުޅުނު ފުރަތަމަމެޗްގައި މަރަދޫޓީމާ ވާދަކޮށް 1 ލަނޑު 1 ލަނޑުން އެއްވަރުވެ 1 ޕޮއިންޓް ލިބިފައިވާއިރު މިއަދުގެ މެޗްގައި މީދޫއާއި ވާދަކުރާ ފޭދޫޓޫމްވަނީ އެޓީމް ކުޅުނު ފުރަތަމަމެޗްގައި ހިތަދޫ އެފްސީގެ ޖޫނިއާޓީމް ބަލިކޮށް 3 ޕޮއިންޓް ހޯދާފައެވެ.

ފޯރިގަދަވާނެކަމަށް ބެލެވޭ މިމެޗްގެ ކުޅުން ފެށޭނީ މިއަދު ހަވީރު 4:00 ގައެވެ.

ވީމާ މިމެޗް ބެއްލެވުމަށާ މިމެޗްގައި ވާދަކުރާ މީދޫޓީމަށް ހިތްވަރުދީ ސަޕޯޓްކޮށްދެއްވުމަށް ވީހާވެސް ގިނަފަރާތްތަކުން ދަނޑަށް ވަޑައިގެން ދެއްވުމަކީ މީދޫޓީމްގެ ފަރާތުން އެދޭ ވަރަށްބޮޑު އެދުމެއްކަމަށްެސް މީދޫޓީމްގެ އެސިސްޓެންކޯޗް އަހުމަދު ރަޝީދުވަނީ ބުނެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީ : ގޭގެއަށްގޮސް ސާމްޕަލް ނެގުން ހުއްޓާލައިފި – އޭއީއެޗް

އައްޑޫސިޓީގައި ކޮވިޑް 19 ގެ ކޭސްތައް ވަރަށްބޮޑަށް އިތުރުވެ ސާމްޕަލް ނެގުމުގައި ދަތިތަކާ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވުމާއެކު ގޭގެއަށްގޮސް ...

ލީގުކަޕް: ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ފުލަމް އަތުން ލިވަޕޫލަށް އުނދަގޫ މޮޅެއް

އިގިރޭސި ލީގުކަޕް ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ފުލަމް އަތުން މޮޅުވެ ...