• Categories
  • Archives

ހިތަދޫއާއި ފޭދޫ ގަދަ ހިފުމަކަށް

މިހާރު މީދޫގައި ހިގަމުންދާ 20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅެވޭ މެޗަކީ ގަދަ ހިފުމެއްގެ ގޮތުގައި ބެލެވޭ މެޗެވެ. އެއީ  3 މެޗުން 6 ޕޮއިންޓް ލިބިފައިވާ ފޭދޫޓީމާއި 3 މެޗުން 6 ޕޮއިންޓް ލިބިފައިވާ ހިތަދޫއެފްސީ  ބައްދަލު ކުރާ މިމެޗަކީ މިމުބާރާތުގެ ފައިނަލުން  ޖާގައެއް ހޯދުމަށްޓަކައި ދެޓީމަށްވެސް ވަރަށް މުހިއްމު މެޗަކަށް ވާތީއެވެ.

މިމެޗްގައި ބައްދަލުކުރާ ހިތަދޫޓީމަށާ ފޭދޫޓީމަށް މިމެޗް ނުހިމަނައި ބާކީ 1 މެޗު އެބައޮތެވެ. އެހެންކަމުން މިއަދުގެ މެޗު ކާމިޔާބުކުރާ ޓީމަކަށް ފައިނަލްގެ ފުރުސަތު ވަރަށް ބޮޑަށް ތަނަވަސް ވެގެންދާނެއެވެ.

ވީމާ މިއަދުގެ މިމެޗަކީ  ފޯރި ގަދަވާނޭ މެޗަކަށް ވަނީ ބެލެވިފައެވެ.

މިއަދުގެ މެޗުން ފޭދޫޓީމް މޮޅުވެއްޖެނަމަ އެޓީމަށް ލިބޭނީ 9 ޕޮއިންޓެވެ. މިއަދުގެ މެޗުން ހިތަދޫޓީމު މޮޅުވިއަސް އެޓީމަށްވެސް ލިބޭނީ 9 ޕޮއިންޓެވެ.

މިއަދުގެ މެޗުން ހިތަދޫޓީމް މޮޅުވެއްޖެ ނަމަ އެޓީމަށް ފައިނަލްގެ ފުރުސަތު ގާތްގަޑަކަށް ޔަގީންވީއެވެ. އެއީ  ދެން އެޓީމަށް އޮތްމެޗަކީ ހިތަދޫ ޖޫނިއާސްއާއި ބައްދަލުކުރާމެޗުކަމަށް ވެފައި އެމެޗުން ހިތަދޫޓީމް މޮޅުވާނެކަމަށް ވަރަށް ބޮޑަށް ބެލެވޭތީއެވެ. އެމެޗުން ހިތަދޫޓީމް މޮޅުވެއްޖެނަމަ އެޓީމަށް 12 ޕޮއިންޓް ލިބޭނެއެވެ.

ފޭދޫޓީމަށް ދެން އޮތްމެޗަކީ މަރަދޫ ޓީމާ ބައްދަލުކުރާމެޗެވެ. މަރަދޫޓީމަށް 4 މެޗުކުޅެގެން މިހާތަނަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. މިއަދު ގެ މެޗުން ފޭދޫޓީމް ބަލިވެ ފޭދޫއާއި މަރަދޫ ބައްދަލުކުރާ މެޗުން މަރަދޫޓީމް އެއްވަރުވެ ނުވަތަ މޮޅުވިޔަސް ފައިނަލަށް ހޮވޭނީ މަރަދޫޓީމެވެ. އެއީ އެމެޗް އެއްވަރުވެއްޖެނަމަ މަރަދޫޓީމަށް 11 ޕޮއިންޓް ލިބޭނެތީއެވެ. އަދި އެޓީމް މޮޅުވެއްޖެނަމަ 13 ޕޮއިންޓް ލިބޭނެތީއެވެ.

މިއަދުގެ މެޗުން ފޭދޫ މޮޅުވެ އަދި މަރަދޫޓީމާ ބައްދަލުކުރާ މެޗުން ފޭދޫ މޮޅުވެއްޖެނަމަ އެޓީމަށްވެސް 12 ޕޮއިންޓް ލިބިގެން  ފައިނަލްގެ ފުރުސަތު ލިބެން އެބައޮތެވެ.

ހިތަދޫޓީމް- ފޮޓޯ: ލުބުނާ މަޖީދު މުޚްތާރުމިއަދުގެ މެޗް އެއްވަރުވެގެން ނިމިއްޖެނަމަ މަރަދޫ އަދި ފޭދޫ އަދި މީދޫޓީމަށްވެސް ފައިނަލްގެ ފުރުސަތު ލިބެން އެބައޮތެވެ. އެކަމަކު އެއީ ކުރިއަށްހުރި މެޗްތަކުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ.

6 ޓީމް ވާދަކުރާ މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ބައްދަލު ކުރުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ފައިނަލަށް ހޮވޭ ގޮތަށެވެ.

މިގޮތުން މިމުބާރާތުގައި މިހާތަނަށް ކުޅެވުނު މެޗްތަކުގެ ނަތީޖާއަށް ބަލާއިރު 3 މެޗުން ފޭދޫޓީމަށްލިބިފައިވަނީ 6 ޕޮއިންޓެވެ. ހިތަދޫ އެފްސީ އަށް 3 މެޗުން  6 ޕޮއިންޓް ލިބިފައިވާއިރު މަރަދޫ ޓީމަށް 4 މެޗުން 10 ޕޮއިންޓް ލިބިފައިވެއެވެ.  މީދޫޓީމަށް 4 މެޗުން ލިބިފައިވަނީ 7 ޕޮއިންޓެވެ.

އައްޑޫގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ ފޭދޫއާއި ހިތަދޫ  ގަދަ ހިފުމަކަށް ނުކުންނަ މިމެޗްގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ޔުނައިޓެޑް ބްރަދާސްއާއި ބްރަދާސް ޔުނައިޓެޑް ސެމީފައިނަލަށް

އައްޑުއަތޮޅު ހުޅުމީދޫގައި  މިހާރު ކުރިއަށްދާ ” ބެސްޓް ފުޓްސަލް މުބާރާތް 2018 ” ގައި  ރޭ އެފްސީ ލަކީއާއި ...

ތައިލެންޑްގައި އެކްސިޑެންޓްވި ހުޅުދޫ އަހުމަދު ސައީދު ނިޔާވެއްޖެ

ތައިލެންޑުގައި މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ހިނގި އެކްސިޑެންޓުގައި އަނިޔާވި ސ. ހުޅުދޫ ވައިޖެހޭގޭ އުމުރުން 44 އަހަރުގެ ...

ދިރާސީ އައު އަހަރާއެކު 25 ސްކޫލެއްގެ ދަރިވަރުންނަށް އެ ސްކޫލުތަކުން ހެނދުނުގެ ނަސްތާ ލިބޭނެ

ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދޭން ފެށުމުގެ ޕައިލެޓު ޕްރޮގްރާމްގެ ދަށުން ދިރާސީ އާއަހަރު ފެށޭއިރު 25 ސްކޫލްގައި މި ...

ތޮއްޑޫގައި ހޯމް ކަރަންޓީންގައި ހުރި ކުޑަ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އއ. ތޮއްޑޫގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ޕޮޒިޓިވް ވެފައިވަނީ އުމުރުން ...

އެޕްރީލް ފަހަކުން ފެށިގެން ކިޔަވައިދޭ ހުރިހާތަނެއް ބަންދު ކުރަން އަންގައިފި !

ތައުލީމުދޭ ހުރިހާ ތަނެއްގެ ކިޔެވުން މިމަހު ފަސް ވަނަ ދުވަހުން ފެށިގެން އިތުރު އެއް ހަފުތާއަށް ބަންދު ކުރަން ...

ފެބްރުއަރީ މަސް ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލުން ރައްޔިތުންނަށް ޚިދުމަތް ލިބިގެންދާނެ- މިނިސްޓަރ ނާޒިމް

ހުޅުމާލޭގައި އިމާރާތް ކުރި ޓްރީ ޓޮޕް ހޮސްޕިޓަލް އަންނަ މަހުގެ ތެރޭގައި ހުޅުވި ޚިދުމަތް ލިބިގެންދާނެ ކަމަށް ހެލްތް ...