• Categories
  • Archives

ފޭދޫ ރޮއްވާލުމަށްފަހު މަރަދޫ ފައިނަލަށް

މިހާރު މީދޫގައި ހިގަމުންދާ އައްޑޫސިޓީ އަންޑަރ 20 ޔޫތު ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ފޭދޫޓީމް ރޮއްވާލުމަށްފަހު މަރަދޫޓީމް ދަތުރުކޮށްފިއެވެ.

ފޭދޫޓީމް ރޮއްވާލުމަށްފަހު މަރަދޫޓީމް ފައިނަލަށް ދަތުރުކުރީ  މިއަދު މިދެޓީމް ބައްދަލުކޮށް ކުޅުނު މެޗް 3-3 ގެ ނަތީޖާއަކުން އެއްވަރުވެ މަރަދޫޓީމަށް 11 ޕޮއިންޓް ލިބިގެންނެވެ.

މިއަދުގެ މެޗުން މޮޅުވެގެން ނޫންގޮތަކަށް ފައިނަލަށް ދެވެންނެތް ފޭދޫޓީމުން މިމެޗްގެ ފުރަތަމަ ހާފްގައި 2-0 ގެ ނަތީޖާއަކުން ކުރިހޯދާފައިވުމުން ގިނަބަޔަކު ހީކުރީ މިއަދުގެމެޗުން ފަސޭހަކަމާއެކު ފޭދޫޓީމް ކާމިޔާބުކޮށް ފައިނަލުން ޖާގަހޯދާނެކަމަށެވެ.

އެހެންނަމަވެސް މެޗްގެ ދެވަނަ ހާފްގެ ކުޅުމުގައި މަރަދޫޓީމުން 3 ލަނޑު ޖަހައިގެން 3-2 ގެ ލީޑެއް ހޯދިއެވެ. ފޭދޫޓީމުން އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗްގެ އެންމެ ފަހު މިނިޓްގެ ތެރޭގައެވެ.

މިއަދުގެ މެޗްގައި ފޭދޫޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 34 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީނީ ޝިޔާހުއެވެ. އެޓީމުގެ ދެވަނަ ލަނޑުގެ އޭގެ ދެމިނިޓްފަހުން 36 ވަނަ މިނިޓްގެ ތެރޭގައި ކާމިޔާބުކޮށްދިނީ ހާމީއެވެ.

މިމެޗްގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނީ 2-0 ގެ ނަތީޖާއަކުން ފޭދޫޓީމް ކުރި ހޯދައިގެންނެވެ.

2-0 ގެ ނަތިޖާއަކުން ދެރަވެފައި އޮތުމުން މަރަދޫޓީމުން ދެވަނަ ހާފްގެ ކުޅުން ފެށީ ވަރަށް ބޮޑުތަން ރަގަޅުކޮށްގެންނެވެ. ނަތީޖާއެއްގެ ގޮތުން މިމެޗްގެ ދެވަނަ ހާފްގެ ކުޅުން ފަށައިގެން ދެވަނަ މިނިޓްގައި މަރަދޫޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އައިކުއެވެ.  އަދި އެޓީމުގެ ދެވަނަ ލަނޑު ދެވަނަ ހާފްގެ 32 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށް ދިނީވެސް އައިކުއެވެ.

މަރަދޫޓީމުން ގާތްގާތުގައި ދެލަނޑު ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރުމުން ފޭދޫޓީމް ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިގެން ދިޔަތަން ފެނުނެވެ. އެހެންކަމުނ އޭގެ ފައިދާ މަރަދޫޓީމުން ނަގާ ދެވަނަ ހާފްގެ 40 ވަނަ މިނިޓްގައި އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ލީޑު ހޯދިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ލައުސަންއެވެ.

މަރަދޫޓީމުން ދެވަނަ ހާފްގެތެރޭގައި 3 ލަނޑު ޖަހައިގެން މެޗްގެ ލީޑު  ހޯދުމުން ފޭދޫޓީމުން މެޗްގެ ނަތީޖާ ހަމަހަމަކޮށް އަދިމެޗުން މޮޅުވުމަށް ވަރަށް ބޮޑަށް ކުރިއަށް ޖެހި މަސައްކަތް ކުރަމުން ގޮސް މެޗްގެ 90 ވަނަ މިނިޓްގައި އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ.

އެހެން ނަމަވެސް މެޗްގެ އިތުރުވަގުތުގެ ގޮތުގައި ދެއްކި 4 މިނިޓްގެ ކުޅުން ނިމިގެން ދިޔައިރުވެސް ފޭދޫޓީމަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި މެޗް ނިމިގެން ދިޔައީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އައިކް- މަރަދޫޓީމަށް މިއަދުގެ މެޗްގައި ދެލަނޑު ކާމިޔާބުކޮށްދީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި- ފޮޓޯ : ލުބުނާ

މިނަތީޖާއިން މެޗްގެ ނިމިގެން ދިއުމުން 11 ޕޮއިންޓާއެކު ޕޮއިންޓްގެ ގޮތުން 1 ވަނަ ލިބިގެން މަރަދޫޓީމްވަނީ މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. މިމެޗުން އެއްވަރުވުމުން 8 ޕޮއިންޓް ލިބި ފޭދޫޓީމަށް ލިބެނީ ޕޮއިންޓް ޓޭބަލްގެ 4 ވަނައެވެ.

މިމުބާރާތުގެ ފައިނަލްގައި މަރަދޫޓީމާ ވާދަނުކުރާނެ ޓީމަކަށް ހޮވިފައިވަނީ ހިތަދޫއެފްސީއެވެ. ހިތަދޫ އެފްސީ ފައިނަލަށް ހޮވުނީ މީދޫޓީމާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ ގޯލްގެ ތަފާތުން ކުރިލިބިގެންނެވެ. ހިތަދޫ އެފްސީއަށާ މީދޫޓީމަށްވެސް ލިބިފައިވަނީ 10 ޕޮއިންޓެވެ.

ހިތަދޫއާއި މަރަދޫ ބައްދަލުކުރާ ފައިނަލްމެޗްގެ ކުޅުން އޮންނާނީ އަންނަމަހުގެ 2 ވަނަ ދުވަހު ހަވީރު މީދޫ ބޯޅަ ދަނޑުގައެވެ. މިދެޓީމް މިމުބާރާތުގައި ބައްދަލުކޮށް ކުޅުނު މެޗް 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މަރަދޫޓީމެވެ.

މިއަދު ކުޅެވުނު މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިއަދުގެ މެޗްގައި މަރަދޫޓީމަށް 2 ލަނޑު ކާމިޔާބުކޮށްދިން އައިކުއެވެ.

މަރަދޫޓީމް ފޮޓޯ : މަރަދޫ އެފްސީ ފޭސްބުކް ޕޭޖް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މީދޫގައި ރުއްއިންދުމުގެ ޕްރޮގްރާމެއް ބާއްވައިފި

މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ” އައްޑޫނަލަފެހި ” ޕްރޮގްރާމްގެ ދަށުން މީދޫގެ ކައުންސިލް އިދާރާއިން އިސްނަގައިގެން ...

ކުޅިވަރާބެހޭ ވަޒީރު މަހުލޫފާއި އޭއެފްސީގެ ރައީސް ބައްދަލު ކުރައްވަނީ

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ދައުވަތަކަށް ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު އޭއެފްސީގެ ރައީސް ބަހުރޭނުގެ ...

މުއްސަދުގެ ގޯލުން އެފްސީ ޝައުގަށް މޮޅެއް

މުއްސަދުގެ ގޯލުން ގައުމު އެފްސީގެ މައްޗަށް އެފްސީ ޝައުގު ކުރި ހޯދައިފިއެވެ. މިހާރު މީދޫގައި ކުރިއަށް ގެންދާ ގަންބުރި ...

އައްޑޫއާއާއި އިންޑިއާއި ދެމެދު ވައިގެ ދަތުރުތައް ފެށުމާ ގުޅޭގޮތުން އިންޑިއާ ސަފީރާ މަޝްވަރާކޮށްފި

އައްޑޫ ސިޓީގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުތަކާއި ގުޅޭގޮތުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާއެކު އައްޑޫ ...

ޑރ. މަޖީދު އަވަހާރަވެއްޖެ

ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ އިޚްތިރާމާއި ލޯބި ހޯއްދަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަންވެސް ...

ހުވަދުއަތޮޅުގައި ސީޕްލޭން ހަބެއްވެސް ޤާއިމް ކުރެވޭނެ – ރައީސް

ގދ.ފަރެސްމާތޮޑާގައި މި ސަރުކާރުން އަޅާ އެއާޕޯޓާއެކު އެ ސަރަޙައްދުގައި ސީޕްލޭން ހަބެއްވެސް ޤާއިމް ކުރެވިގެން ދާނެ ކަމަށް ރައީސުލްޖުމްޖޫރިއްޔާ ...