• Categories
  • Archives

އައްޑޫއާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އައްޑޫ ސިޓީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޝް އިސްމާޢީލާއި މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. ޢަބްދުﷲ މައުސޫމާއި އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގެ ބައެއް ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އައްޑޫ ސިޓީ ކައުންސިލުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިޤްތިޞާދީ ހަބެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްޤީ ކުރުމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން އައްޑޫ ސިޓީގެ އިޤްތިޞާދު ފުޅާކޮށް، ޒަމާނީ ސިޓީއެއްގެ ގޮތުގައި އައްޑޫ ތަރައްޤީކުރުމަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކޮށް، އިޤްތިޞާދީ ސިނާޢަތްތައް ތަރައްޤީކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ކަމާގުޅޭ އިދާރާތަކާއެކުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އައްޑުއާއި ހުވަދުއާ ދޭތެރޭގައި ސީ ޕްލޭން ދަތުރުތައް ފެށުމުގެ މަސައްކަތުގެ އިތުރުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލާއި، ކާރގޯ ފެސިލިޓީސްއާއި، އެއަރޓްރެފިކް ކޮންޓްރޯލް ޓަވަރު އަދި އެހެނިހެން ވަޞީލަތްތައް ތަރައްޤީކުރުމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއާ އެކުގައި މުހިންމު މަޝްރޫއެއް ކުރިޔަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އައްޑޫ ސިޓީއާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާ ދެމެދު ޤަވާޢިދުން ކޮންމެ ދުވަހަކު ވައިގެ ދަތުރުތައް ބޭއްވުމާ ގުޅޭގޮތުންވެސް މަޝްވަރާކުރަމުންދާކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް، ވަކިން ޚާއްޞަ ގޮތެއްގައި އައްޑޫ ސިޓީއާއި ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. މިގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ވަރަށް ބޮޑު ބާރަކަށް މިކަން ވެގެންދާއިރު، އައްޑުއާއި ފުވައްމުލަކާއި ހުވަދުއާ ދޭތެރޭގައި ރައްޔިތުން ދަތުރުފަތުރުކޮށް ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ދެކުނު ރަށްތައް އިޤްތިޞާދީ ގޮތުން ގުޅުމަކީ ކޯވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، އިޤްތިޞާދު އާރާސްތުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ދެކުނު އަތޮޅުތަކާއި އައްޑޫ ސިޓީ އިޤްތިޞާދީގޮތުން ގުޅާލުމުގެ އިތުރުން، އައްޑޫ ސިޓީގެ މަގުތަކުގެ ތެރެއިން 40 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއްގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. މި މަޝްރޫޢުތަކަކީ އައްޑޫ ސިޓީ ޙަޤީޤީ މާނައިގައި ލާމަރުކަޒުކޮށް، އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ނުހަނު މުހިންމު މަޝްރޫޢުތަކެކެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ޢަލީ ޚާލިދު އައްޔަންކުރައްވައިފި

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް މ.ފިނިފަރު، ޢަލީ ޚާލިދު އައްޔަން ކުރައްވައިފިއެވެ. ޢަލީ ޚާލިދަކީ ...

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނާއި ހިތުގެ ފަރުވާގެ ހިދުމަތް ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކާޑިއެކް ހިދުމަތާއި ސީޓީގެ ހިދުމަތް ރަސްމީކޮށް ރޭ ފަށައިފި އެވެ. ކުޅުދުއްފުށީގައި ހުންނަ ހދ ...

ނިއުމާ ފިލްމު ކުޅުން ހުއްޓާލަނީ

ފިލްމީ ދާއިރާގައި ތޭވީސް އަހަރުވަންދެން މަސައްކަތްކުރުމަށްފަހު ފިލްމީތަރި ނިއުމާ މުޙައްމަދު ފިލްމު ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ. އުމުރުން އެންމެ ...

ނޭމާ ނުލިބިދެކަމަށް ބަލައި ސަންޗޯ ހޯދުމުގެ މަސައްކަތް ބާސާއިން ފަށައިފި

ޕީއެސްޖީއަށް ކުޅެމުންއަންނަ ބާސެލޯނާގެ ކުރީގެ ފޯވާޑް ބްރެޒިލްގެ ނޭމާ ނުލިބިއްޖެނަމަ ބްރޯޝިއާ ޑޯޓްމަންޓަށް ކުޅެމުންއަންނަ އިންގްލެންޑް ސަންޗޯ ގަތުމަށް ...

ކޮވިޑް 19 – އެއްރަށުން އަނެއްރަށަށް ދަތުރުކުރުން މަނާކޮށް މުޅިރާއްޖެ ލޮކް ޑައުންއަކަށް

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް  ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ...

ރާއްޖެއިން އިތުރު 156 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 156 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހަކަށް މިއަދުވެއްޖެއެވެ. ހެލްތު ...