އެމް.އީ.ސީ ބަދަހިކަޕް 2020 ގެ ނަމުގައި މީދޫގައި ނެޓްބޯޅަ މުބާރާތެއް ބާއްވަނީ

މީދޫ ޗޭނު ޖަމްއިއްޔާއިން  އިންތިޒާމުކޮށްގެން ” އެމް.އީސީ  ބަދަހިކަޕް 2020 ” ގެ ނަމުގައި ހުޅުދޫއާއި މީދޫގެ މުވައްސަސާތަކުގެ މެދުގައި ބާއްވާ  ނެޓްބޯޅަ މުބާރާތެއް އަންނަ ނޮވެމްބަރު  11 ގައި ފަށާގޮތަށް ހަމަޖައްސައިފިއެވެ.

އަންނަ މަހު ފަށާ މިމުބާރާތުގެ މަޤްޞަދަކީ ހުޅުދޫއާއި މީދޫގެ  އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން އާއްމުގޮތެއްގައި  ހުޅުދޫއާއި މީދޫގައި ކުޅިވަރު މުބާރާތްތައް ބޭއްވެމުން ނުދާތީ އަންހެން ކަނބަލުން ކުޅިވަރަށް އަހުލުވެރިކުރުވުން ކަމަށް ޗޭނު ޖަމްއިއްޔާއިން މައުލޫމާތު ދެއެވެ. އަދި މީގެ އިތުރަށް ހުޅުދޫއާއި މީދޫގެ މުވައްސަސާތަކުގެ  މެދުގައި އެކުވެރިކަން އާލާކުރުމަށާއި ނެޓްބޯޅައަށް އޮންނަ ލޯބި އިތުރުކުރުމަކީވެސް މިމުބާރާތުގެ މަޤުޞަދެއްކަމަށް ޗޭނު ޖަމްއިއްޔާއިން މުބާރާތާއިބެހޭގޮތުން އާއްމުކޮށްފައިވާ ގަވާއިދުގައި  ހާމަކޮށްފައިވެއެވެ.

2019 އޮކްޓޯބަރ މަހު ބޭއްވުނު ބެލެނިވެރީންނާއި ޓީޗަރުންގެ ނެޓްބޯޅަ މުބާރާތް

މިމުބާރާތުގައި ބައިވެރިވާ ކޮންމެ މުވައްސަސާއަކުން މުބާރާތުގައި ބައިވެރިވުމުގެ ފީއެއްފެ ގޮތުގައި 300 ރުފިޔާ ދައްކަވަން ޖެހޭއިރު ނޮވެމްބަރ 11 ވަނަދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ މެދުގައި ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ޓީމެއް ފައިނަލަށް ހޮވޭ ގޮތަށެވެ. އަދި ދެވަނަ ޓީމެއް ފައިނަލަށް ހޮވޭގޮތައް ހަމަޖެހިފައިވަނީ ލީގު ބުރުން 2 ވަނަ ޓީމާއި 3 ވަނަ ޓީމުގެ މެދުގައި އިތުރުމެޗެއް ކުޅުމަށްފަހު އެމެޗުން މޮޅުވާ ޓީމެއް ފައިނަލަށް ހޮވޭ ގޮތަށެވެ.

ހުޅުދޫއާއި މީދޫގެ ޓީމްތަކުގެ މެދުގައި މިދިޔަ އަހަރުވެސް ނެޓްބޯޅަ 3 މުބާރާތެއް ބޭއްވިފައިވެއެވެ. އެއީ  ސްޕަވެލިއުމާޓުން ޝިޔާސާ ރަޝީދު އިންތިޒާމްކޮށްގެން މީދޫ ކަންމާތެ ދަނޑި ސެޕްޓެމްބަރ މަހުގެ ތެރޭގައި ބޭއްވި ނެޓްބޯޅަ މުބާރާތަކާއި ނޮވެމްބަރ މަހުގެ ތެރޭގައި ހެއްޔޯ ނެޓްބޯޅަ މުބާރާތުގެ ނަމުގައި މީދޫ ކުޅިވަރު އެރީނާގައި   ބޭއްވުނު ނެޓްބޯޅަ މުބާރާތެއްގެ އިތުރަށް ހުޅުދޫ ސްކޫލުން އިންތިޒާމްކޮށްގެން ބެލެނިވެރީންނާއި ޓީޗަރުންގެ މެދުގައި އޮކްޓޯބަރ މަހުގެ ތެރޭގައި ބޭއްވުނު ނެޓްބޯޅަ މުބާރާތެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޗޭނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  މީދޫ ” ކަންމާތެ ދަނޑި” އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވެކްސިންޖެހޭ އުމުރުގެ އެންމެން ފުރަތަމަޑޯޒް ޖެހި ފުރަތަމަ ރަށަކަށް މަތިވެރި

އއ. މަތިވެރީގައި، ކޯވިޑުން ދިފާއުވުމަށް ވެކްސިންޖެހޭ އުމުރުފުރާގެ އެންމެން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނަމޫނާ ދައްކައިފިއެވެ. ހެލްތު ...

މާލެ ސަރަހައްދުގެ ރެސްޓޯރެންޓްތައް ހަފްތާއަކަށް ބަންދު ކޮށްފި

ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި އިންތިހާއަށް ގިނަ ވުމާ ގުޅިގެން މާލޭ ސަރަހައްދުގެ ރެސްޓޯރެންޓްތައް ބަންދުކުރަން އަންގައިފިއެވެ. ކޮވިޑާއި ގުޅިގެން ...

އައްޑޫއަށް 37 މިލިއަން ޑޮލަރުގެ ކަރަންޓްގެ މަޝްރޫއެއް

އައްޑޫސިޓީގެ ކަރަންޓް ވިއުގައަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ޗައިނާާގެ ކުންފުންޏަކާއި އެކު ސޮއިކޮށްފިއެވެ. މިއަދު ހެނދުނު މާގިރި ހޮޓެލްގައި ...