• Categories
  • Archives

ގައިޑްލައިންއާއި ހިލާފުވާ ގެސްޓްހައުސްއަކަށް ފިޔަވަޅު އަޅަންޖެހިއްޖެނަމަ ފަހަކަށް ނުޖެހޭނެ- ޓޫރިޒަމް މިނިސްޓްރީ

މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދުތަކުގެ ގެސްޓްހައުސްތައް މިއަދު ހުޅުވަން ސާރުކާރުން ނިންމަވާފައިވާކަމަށާއި، ގައިޑްލައިންއާއި ހިލާފުވާ ގެސްޓްހައުސްއަކަށް ފިޔަވަޅު އަޅަންޖެހިއްޖެނަމަ އެކަމަށް ފަސްނުޖެހޭނަކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަސްއަދު ރިޒާ ވިދާޅުވީ، ގެސްޓްހައުސްތައް ހުޅުވާލިނަމަވެސް އެޗްޕީއޭގެ ގައިޑްލައިންއަށް އަމަލުކުރާނަމަ ކޯވިޑްގެ ނުރައްކާ އިތުރުވެގެން ނުދާނެކަމަށާއި ޓޫރިޒަމް މިނިސްޓްރީން ރަށްރަށުގެ ކައުންސިލްތަކާއި ޓާސްކް ފޯސްއާއި ވަރަށް ގާތުން މަސައްކަތްކުރާނެކަމަށެވެ.

މީދޫގައި ހިންގާ ޗާމިންގ ގެސްޓްހައުސް

ގެސްޓްހައުސް ސިނާއަތްފަދަ މުހިންމު ސިނާއަތެއް ގިނަ ދުވަހަށް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ގިނަ ފަރާތްތަކަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ގެސްޓްހައުސް ސިނާއަތަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ވިޔަފާރިއަކަށްވުމުގެ ސަބަބުން ރަށުގެ އެހެން ވިޔަފާރިތަކަށްވެސް އާމްދަނީގެ ގޮތުގައި ގިނަގުނަ ފައިދާތަކެއް ލިބިގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީއަށް ބެލިކަމުގައި ވިޔަސް މިދިޔަ އަހަރު ހަމައެކަނި ގްރީން ޓެކްސްގެ ގޮތުގައިވެސް 3 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއް ގެސްޓްހައުސް އިންޑަސްޓްރީން ލިބިފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީދޫގައި ހިންގާ ޒެން ހޮޓެލްގެ ސްއިމިންގ ޕޫލް

ކޯވިޑްއަށްފަހު ގެސްޓްހައުސްތައް ހުޅުވާލާއިރު ޓޫރިޒަމް މިނިސްޓްރީން ރަށެއްގައި ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދެނީ އެރަށެއްގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންއަށް ފެތޭނަމައެވެ. ގައިޑްލައިންތަކަށް ފެތޭ ރަށްރަށުގެ ގެސްޓްހައުސްތަކުން ޓޫރިޒަމް މިނިސްޓްރީއަށް އެސްއޯޕީތައް ހުށައަޅަންޖެހެއެވެ. އަސްއަދު ވިދާޅުވީ، މިއަދުން ފެށިގެން   މާލެ ކައިރި ބައެއް ރަށްރަށުގެ ގެސްޓްހައުސްތަކަށް މިހާރުވެސް ބުކިން ލިބިފައިވާކަމަށެވެ.

“ގެސްޓްހައުސްތަކުގެ އެސްއޯޕީތައް ލިބުމާއިއެކު އެބަލައި ކައުންސިލްތަކަށް ފޮނުވާފައި ގެސްޓްހައުސްގެ އިންސްޕެކްޝަނެއް ހަދާފައި ގައިޑްލައިންއާއި އެއްގޮތައް ކަންކަން އެރޭންޖްވެފަ ހުރެއްޖިއްޔާ ހުއްދަ ދޭނަން. މިހާރު ޓޫރިޒަމް މިނިސްޓްރީއަށް އެބަހުރި ގާތްގަނޑަކަށް 500 އަށްވުރެ ގިނަ އެނދު ހިމެނޭގޮތައް 22 އަކަށް ގެސްޓްހައުސްއިން އެސްއޯޕީތައް ލިބިފައި. މިއަދު އެބަހުރި ބައެއް ރަށްރަށަށް ހަމަ އެރައިވަލްސްވެސް. ފާހަގަކޮށްލާނަން އެގޮތުން މާލެ ކައިރީގެ ބައެއް ރަށްރަށަށް އެބަހުރި 30 ރޫމް އިން 40 ރޫމްއިން ޓޫރިސްޓުން އަންނަން  ބުކް ކޮށްފައި.” އަސްއަދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި 600 އަށްވުރެ ގިނަ ގެސްޓް ހައުސް މިހާރުވެސް އެބަހުއްޓެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ އެނދުގެ ނިސްބަތައް ބަލާނަމަ 20 އިންސައްތައެވެ. މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ 10 އިންސައްތަ އައީ ގެސްޓްހައުސްތަކަށްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. ރާއްޖޭގެ 6000 އަށްވުރެ ގިނަ ވަޒީފާ ސީދާގޮތުން ގުޅިފައިވަނީ ގެސްޓްހައުސް ސިނާއަތަށްށެވެ. އެހެންކަމުން މިއީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ބައެކެވެ.

މަސްދަރު: ނާރެސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ވީއައިއޭގެ ޓާމިނަލް އަޅާ ބިންލާދިން ގްރޫޕު ސައުދީ ސަރުކާރުގެ ބާރުގެ ދަށަށް؟!

ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އެޅުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕު، ސައުދީ ...

ކޯވިޑް-19: އިޓަލީ 2 ދެ މީހުން ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް ފުރިފަހުން

ރާއްޖެއިން  ފުރައިންދިޔަ އިޓަލީ 2 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ ކަރަންޓީނަށް ކަނޑައަޅާ މުއްދަތު ހަމަކޮށް ފުރުވާލިފަހުންކަމަށް ...

އަގު ބޮޑުކޮށްފިނަމަ މަޖޫރިންނާއި މުދާ އުފުލާ އުޅަނދުތައްވެސް މި ސަރުކާރުން ކޮންޓްރޯލް ކުރާނެ – ސައީދު

މާލެ ތެރޭގައި މުދާ އުފުލާ ގަޑިއަށް ބަދަލު ގެނައުމުން މުދާތައް ކްލިޔާ ކުރާ މަޖުރީންނާއި އަދި އެމްޕީއެލްއިން މުދާ ...

ފެނަކައިގެ މާބަނޑު މުވައްޒަފުންނަށް ގޭގައި މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިފި

ކޮރޯނާ ވައިރަސް ފެތުރެމުން ދާތީ ފެނަކަ ކޯޕަރޭޝަންގައި މަސައްކަތްކުރާ މާބަނޑު އަންހެނުން ގޭގައި ތިބެ މަސައްކަތް ކުރެވޭނެ އިންތިޒާމް ...

މީދޫއިން މަސްވެރިކަން ކުރަން ނުކުތް ދޯންޏެއް ބަންޑުން ޖަހާލައިފި

  މީދުން މަސްވެރިކަމަށް ނިކުތް ކުޑަ ދޯންޏެއް ބަންޑުންޖަހާލުމުން ދޯނި ބަންޑުން ޖަހާލި ވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވި ޑިންގީއަކަށް ...

ދިރާގު ފައިބަރ ކަނެކްޝަނާއި ދިރާގު ޓީވީ ހިލޭ ގުޅައިދޭ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

ދިރާގު ފައިބަރ ކަނެކްޝަން އާއި ދިރާގު ޓީވީގެ ހިދުމަތް ހިލޭ ގުޅައިދޭ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފިއެވެ. ދިރާގުން ބުނި ...