• Categories
  • Archives

ބަދަހިކަޕް ނެޓްބޯޅަ މުބާރާތް: ޗެމްޕިއަން އެޗް.އެމް.ޕީ.އާރް.ސީ – އެންމެ މޮޅު ކުޅުންތެރިއަކަށް ރަބާބު

މީދޫ އެކުވެރިންގެ ޗޭނުން އިންތިޒާމުކޮށްގެން މީދޫގައި ބޭއްވި ” އެމްއީސީ ބަދަހިކަޕް ” ނެޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން  ހުޅުމީދޫ ޕޮލިސް ރިކްރިއޭޝަން ކުލަބް ހޯދައިފި އެވެ.

ހުޅުމީދޫ ޕޮލިސް ރިކްރިއޭޝަން ކުލަބް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މީދޫ ކުޅިވަރުއެރީނާގެ ނެޓްބޯޅަ ކޯޓްގައި ރޭކުޅެވުނު ފައިނަލްމެޗްގައިހުޅުދޫ ޔޫތު ބަލިކުރުމަށްފަހުގައެވެ.

ދެޓީމްގެ ކުޅުންތެރީންގެ ފަރާތުން ވާދަވެރި އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ކުޅިބަލން ގިނައަދަދެއްގެ ބަޔަކު ހާޒިރުވެ ދެޓީމްގެ ކުޅުންތެރީންނަށް ސަޕޯޓް ކުރަމުން ގޮސްފައިވާއިރު މިމެޗް ފެށިގެން ފުރަތަމަ 2 ޕޮޓްގެ ލީޑެއް ހުޅުދޫ ޔޫތުން ހޯދިއެވެ. އެހެންނަމަވެސް ފަހަތުންއަރާ ޕޮލިސްޓީމުންވަނީ ލީޑު ހޯދާފައެވެ.

މިގޮތުން މިމެޗުގައި ކުޅެވުނު 15 މިނިޓްގެ 4 ކުއާޓާރ   35 ޕޮޓު 26 ޕޮޓުން ކާމިޔާބުކޮށް ހުޅުމީދޫ ޕޮލިސް ރިކްރިއޭޝަން ކުލަބް ވަނީ މިމުބާރާތުގެ ޗެމްޕިއަކަން ހޯދާފައެވެ.

ފައިނަލްމެޗްގެ ކުޅުން ނިމުމުން މުބާރާތުގެ ނަތީޖާ ފާޅުކޮށް ކާމިޔާބީތަށް ހޯދި ކުޅުންތެރިންނަށާ ޓީމްތަކަށް މެޑެލް އާއީ ޓްރޮފީ ހަވާލުކޮށްދިނުމުގެ ރަސްމިއްޔާތު ބޭއްވުނެވެ.

މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވިފައިވަނީ:
– އާސިޔަތު ޝިފްނާ އަބަދުލްކަރީމް (މިފްކޯ )
– އާމިނަތު ރަބާބު އިބްރާހިމް  (ޓީމް ހުދުހުދު )

– ޖޫޒަން ޒަރީރު (ހުޅުމީދޫ ޕޮލިސް )
– ފާތިމަތު ރިޝާ (ހުޅުމީދޫ ޕޮލިސް)
– ޝާމިލާ އަބްދުލް މަޖީދު (ހުޅުމީދޫ ޕޮލިސް )
– ސަވާ އިބްރާހިމް (ހުޅުދޫޔޫތު )
– އަމީޝާ ސަލާމް (ހުޅުދޫޔޫތު )

-ފެއަރ ޕްލޭޓީމް: ޓީމް ހުދުހުދު

ފެއާޕްލޭ ކުޅުންތެރިޔާ : އާނިޔަތު ނަބީލާ ޖަލީލު/ ހުޅުމީދޫ ޕޮލިސް

އުއްމީދީ ކުޅުންތެރިޔާ : އާމިނިތު އިމްނާ އިނާޔަތުﷲ / ޝަރީފީ ޕްރީ ސްކޫލްގެ ޓީމް ހުދުހުދު

މިމުބާރާތުގެ އެންމެ މޮޅު ކޯޗް:  ހުޅުމީދޫ ޕޮލިސްޓީމުގެ ކޯޗް: އިޒްނީ ނިޒާރު

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: ހުދުހުދު ޓީމްގެ އާމިނަތު ރަބާބް އިބްރާހީމް

މިމުބާރާތުގެ އެކިމަގާމްތަކަށް ހޮވުނު ކުޅުންތެރިންނަށާ ޓީމްތަކަށް މެޑެލް އާއީ ޓްރޮފީ ހަވާލުކޮށްދެއްވީ ރޭ ކުޅެވުނު ފައިނަލްމެޗްގެ ޝަރަފްވެރި މެހުމާނާ މީދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މާނާ މުމްތާޒާއި އައްޑޫމީދޫ ދާއިރާގެ ކައުންސިލަރު ހިޔާޒު ހަސަންގެ އިތުރަށް ސްޕްރިންޑެންޓް އޮފް ޕޮލިސް އަހުމަދު އާޠިފު އަދި ސަދަން ޑިވިޝަން ކޮމާންޑަރ ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އަމީނު އަބްދުއްރަހީމް  އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުންދިޔަ ޒުވާނަކު ނިޔާވެއްޖެ

މަސްތުވާތަކެތީގެ މައްސަލައެއްގައި މާފުށީ ޖަލުގައި 25 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުންދިޔަ ޒުވާނަކު ރޭ ނިޔާވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސް ...

ވެރިންގެ ތެރެއިން ޤައުމުގެ ޙައްޤުގައި ބަސްބުނީ ރައީސް ޔާމީން އެކަނި – މިނިސްޓަރ ސައީދު

ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި ވެރިންގެ ތެރެއިން ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ބަސް ބުނަން ކެރުނު ހަމައެކަނި ވެރިއަކީ ...

ހީނާ އެކެޑެމީގެ ޓީމަކާ ހުޅުމީދޫ އީޓީއެފްގެ ޓީމަކާ ދެމެދު ކުޅެވޭ އެކުވެރިކަމުގެ ފުޓްބޯޅަމެޗް ހުކުރުދުވަހު ހަވީރު

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ކުރީގެ ކޯޗު އަހުމަދު ސަލީމް (ހީނާ އަހުމަދު ސަލީމު ) ގެ ...

50 މީހަކު ގޭގައި ކަރަންޓީން ކުރުމަށް މާލެން އައްޑުއަށް ފޮނުވަނީ

ގޭގައި ކަރަންޓީން ކުރުމަށް މާލެން އައްޑުއަށް 50 މީހަކު ފޮނުވުމަށް ތައްޔާރު ވަމުންދާ ކަމަށް ނޭޝަނަލް އެމަޖެންސީ ސެންޓަރ ...

ބަލިކަށި ސަރުކާރެއް ޤާއިމްކުރަން ޖާގަދިނުމަކީ ޤައުމަށް ވެވޭ ޚިޔާނާތެއް – ޑރ.ޝަހީމް

ބޭރުގެ ފިއްތުންތަކަށް ދީލާލާނެ ބަލިކަށި ސަރުކާރެއް ރާއްޖޭގައި ޤާއިމްކުރުމަށް ޖާގަ ދިނުމަކީ ޤައުމަށްވެވޭ ވަރަށްބޮޑު ޚިޔާނާތެއްކަމަށް ރައީސުލް ޖުމްހޫރިއްޔާ ...

ހުވަދު އަތޮޅާއި އައްޑުއާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފި

ހުވަދު އަތޮޅާއި އައްޑުއާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ...