ހުޅުދޫ އަވަށު އޮފީހުގެ ޑިރެކްޓަރ ގެ މަގާމްގައި ހުންނެވި މޫސާ ސިއްދީގު އެމަގާމުން ވަކިކޮށްފިއެވެ. މޫސާ ސިއްދީގު މަގާމުން ވަކިކޮށްފައިވާކަމުގެ މައުލޫމާތު ލިބުމުން ހުޅުދޫ ކައުންސިލަރު އިބްރާހިމް ޝުކުރީއަށް ގުޅުމުން ޝުކުރީ ވަނީ އެކަން ޔަގީންކޮށްދީފައެވެ.

” މޫސާ ސިއްދީގު މަގާމުން ވަކިކޮށްފައިވަނީ އަޅުގަޑާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއްނެތި . މޫސާ ސިއްދީގު މަގާމުން ވަކިކުރިކަން އެގުމާއިގުޅިގެން ކަމާއިބެހޭ ފަރާތްކަށް އެކަން އޮޅުން ފިލުވަން ގުޅިން . އެކަމަކު އެއްވެސް ފަރާތަކުން ފޯނަށް ޖަވާބް ނުދެއްވާތީ އެކަން އިތުރަށް އޮޅުން ފިލާގޮތެއް ނުވި ، އެހެންކަމުން ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި އެމައްސަލަ އެޖެންޑާކޮށްދެއްވުމަށް  މޭޔަރު ސޯބެއަށް އަޅުގަޑު ދެންނެވިން . އެކަމަކު ސޯބެ އެމައްސަލަ މިއަދުގެ ބައްދަލުވުމަށް އެޖެންޑާކޮށް ނުދެއްވި . ސޯބެ ވިދާޅުވީ ސިވިލްސާވިސް ކޮމިޝަނުން ނިންމާފައިވާ މައްސަލައެއް އެޖެންޑާކޮށްގެން ބަހުސްކުރިއަސް ކައުންސިލަކަށް އެކަމުގައި ކުރެވޭނެ ކަމެއް ނޯންނާނެކަމަށް  ”  ހުޅުދޫ ކައުންސިލަރު ޝުކުރީ ވީއޯއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މޫސާ ސިއްދީގު ހުޅުދޫ އަވަށު އޮފީހުގެ ޑިރެކްޓަރ ގެ މަގާމް ހަމަޖެހިގެން ހުޅުދޫ އޮފީހުގައި މަސައްކަތް ކުރައްވަން ފައްޓަވާފައިވަނީ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުއެވެ.

ތަފްސީލް އަންނަނީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޭއެފްސީ ކަޕުގެ ބައެއް މެޗުތައް އައްޑޫގައި

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ބައެއް މެޗުތައް އައްޑޫގައި ކުޅެން ނިންމައިފިއެވެ. އޭއެފްސީ ކަޕްގެ ބައެއް ...

ހަމަސް ދުވަހަށްފަހު އެނބުރި އައިސް ޖޮކޮވިޗް މޮޅެއް ހޯދައިފި

ކުރިން ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި އޮތް ސާބިއާގެ ނޯވަކް ޖޮކޮވިޗް އަނިޔާއިން ސަލާމަތްވެ، އެނބުރި ...

އިތުރު ފަރުވާއަށް ރައީސް ނަޝީދު މާދަމާ ޖަރުމަނަށް

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ގެއްލުންތަކަށް ...