ހުޅުދޫ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވޭނެ

އައްޑޫ ސިޓީ ހުޅުދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެވެ. މައުލޫމާތު ލިބފައިވާގޮތުގައި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިސެންޓަރުގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް ނާއިބް ރައީސް ފައިސަލް ނަސީމު ވަޑައިގަންނަވާގޮތައްވަނީ ހަމަޖެހިފައެވެ.

ހުޅުދޫގައި ގާއިމްކޮށްފައިވާ ފެންޕްލާންޓްގެ ދެނުނުން އޮތް ހުސްބިމުގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ މިސެންޓަރުގެ މަސައްކަތް ސަރުކާރުން މިހާރުވަނީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލްކޮށްފައެވެ.  ޕްލޭނިން މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައިވަނީ ހުޅުދޫގައި ޑިޓޮކްސިފިކޭޝަން ސެންޓަރެއް ގާއިމްކުރުމަށް ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި ވަނީ 15.9 މިލިއަން ރުފިޔާ އަށް ކަމަށެވެ.

ހުޅުދޫގައި ގާއިމްކުރާ ޑްރަގް ޑިޓޮކްސްސިފިކޭޝަން ސެންޓަރ އިމާރަތުގެ ކުރެހުމެއް – ނޭޝަނަލް ޑްރަގް އޭޖެންސީ

މި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް އިންޑިއާ ސަރުކާރުން ވަނީ 7.9 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ފޯރުކޮށްދީފައެވެ. ދައުލަތުގެ ބަޖެޓުން މި މަޝްރޫއަށް ހޭދަކުރުމަށް ނިންމާފައި ވަނީ 7.1 މިލިއަން ރުފިޔާއެވެ.

ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރެވުނު ހުޅުދޫ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ މަސައްކަތް ނިންމުމަށް ދީފައި ވަނީ 180 ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމެޖެހިފައި ވަނީ ހުޅުދޫގައި ކޮންޓްރެކްޓު އުސޫލުން ޑްރަގް ރިހެބްލިޓޭޝަން އެންޑް ޑީޓޮކްސިފިކޭޝަން ސެންޓަރެއް ގާއިމްކުރުމެވެ.

މި މަޝްރޫއު ހިންގުމަށް ވެވުނު އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައި ވަނީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކޮށްފައި ވަނީ އެކުންފުނީގެ ޑިރެކްޓަރ މާޒިން އިބްރާހިމް ފާރޫގެވެ.

އެންޑީއޭ އިން މީގެ ކުރީން ހާމަކޮށްފައިވާގޮތުން ހުޅުދޫގައި  ޢިމާރާތްކުރެވޭ މި ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރުގައި އެއްފަހަރާ 60 މީހުންނަށް ޚިދުމަތް ދެވޭނެ ކަމަށާއި އޭގެ ތެރޭގައި ރެޒިޑެންޝަލް ފަރުވާގައި 30 މީހަކަށާއި ކޮމިއުނިޓީ ފަރުވާގައި 30 މީހަކަށް ފަރުވާދެވޭނެ ކަމަށެވެ.

މި ސެންޓަރުގައި ޤާއިމުކުރެވޭ ވަސީލަތްތަކުގެ ތެރޭގައި ޑޮކްޓަރ އެގްޒެމިނޭޝަން ރޫމަކާއި، ނަރސިންގ އެގްޒެމިނޭޝަން ރޫމާއި ނަރސިންގ ސްޓޭޝަނެއްގެ އިތުރުން ކައުންސެލަރުންގެ އިންޓަރވިއު ރޫމާއި، ޑައިނިންގ އޭރިއާ، ބަދިގެ، ކްލާސް ރޫމް، އެޑްމިނިސްޓްރޭޓިވް އޮފީސް، ކްލިނިކަލް އޮފީސް، ކުޑަކަމުދާ ތަކެތި ޓެސްޓުކުރެވޭ ގޮތަށް ސެކިއުރިޓީ އޮފީސް، މަލްޓި ޕަރޕަސް ހޯލް، ކްލައިންޓުންގެ އެކޮމޮޑޭޝަން ބްލޮކްސް، ސްޓާފް އެކޮމޮޑޭޝަން ބްލޮކް، ލޯންޑްރީ އޭރިއާ، ސްޓާފް މެސްރޫމް، ކޮންފަރެންސް ރޫމް، މިސްކިތް، ފެމިލީ މީޓިންގ ރޫމް، ލައިބްރަރީ އަދި ޕާކިންގ ގަރާޖް ހިމެނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ރައްޔިތުން ސިނަމާލޭ ބުރިޖް ވެދުމާދިއުން” މިނަމުގައި އިއްޔެ ސިނަމާލެ ބްރިޖްގައި ޙާއްސަ ހަރަކާތްތަކެއް ބާއްވައިފި

“ރައްޔިތުން ސިނަމާލޭ ބުރިޖް ވެދުމާދިއުން” މިނަމުގައި އިއްޔެ ސިނަމާލެ ބްރިޖްގައި ބޭއްވި ޙާއްސަ ހަރަކާތްތަކުގައި 85 ހާހަށްވުރެ ގިނަ ...

ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި

ކާނިވާ ސަރަހައްދުގައި އަޅަމުން އަންނަ މިސްކިތް ކައިރީގައި ރޭ ފުލުހަކަށް ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ. ފުލުހުން ބުނީ ...

އައްޑޫގެ މަޝްރޫއުތައް އަވަސްކުރަން، ދުވަސްކޮޅަކަށް އަސްލަމް އައްޑޫ ސިޓީގައި މަޑުކުރައްވަނީ

އައްޑޫ ސިޓީގައި މި ސަރުކާރުން ހިންގާ މަޝްރޫއުތައް އަވަސްކުރަން ދުވަސްކޮޅަކަށް އައްޑޫ ސިޓީގައި މަޑުކުރަން ނިންމާފައިވާ ކަމަށް ހައުސިން ...