241 ކޮމިޓީއަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހާޒިރުކޮށްފި

advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީއިން ކުރިއަށް ގެންދާ އިންކުއަރީއަށް ރައްޔިތުންގެ މަޖިލީހުގު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

މަޖިލީހުން ކުރި ޓުވީޓެއްގައި ވަނީ 241 ކޮމިޓީއަށް މެންބަރު އިލްޔާސް ހާޒިކުރައްވާ ސުވާލު ކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުކޮށްފައެވެ.

މެމްބަރު އިލްޔާސް 241 ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، މީގެ ކުރިން މެމްބަރު ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ބަޔަކު ހަމަލާއެއް ދޭން ރާވަމުންދާ ކަމުގެ މައުލޫމާތު އާންމުންގެ މީހަކު ހިއްސާކުރުމުން އެކަން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަަމަށެވެ. އަދި އެ އެމައުލޫމާތު ވަގުތުން ރައީސް ނަޝީދާ ހިއްސާ ކުރައްވާފައިވާނެ ކަމަށް ވެސް މެމްބަރު އިލްޔާސް ވަނީ ވިދާޅުވެފައެވެ.

މި ކަމާ ގުޅިގެން މިނިސްޓަރ މާރިޔާ ކުރީން ވިދާޅުވެފައިވަނީ އެ ކަން ފުލުހުންނަށް އަންގަން އިލްޔާސަށް އެންގެވި ކަމަށެވެ. އެހެން ނަމަވެސް އިލްޔާސް ވިދާޅުވާ ގޮތުން ފުލުހުންނަށް އެ ކަން އަންގަން މިނިސްޓަރ އަންގާފައިނުވެއެވެ.

އިލްޔާސް ވިދާޅުވީ އޭނާގެ ފަރާތުން ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދޭން ޖެހޭ އެއްބާރުލުމާއި މައުލޫމާތު ހިއްސާ ކުރަމުން ގެންދާ ކަމަށެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިންްދްރެއްލާގެ ހެދުމާއެކު އަނެއްކާވެސް އައިޝްވާރިއާ އެތައް ބައެއްގެ ހިތް އަތުލައިފި

އުމުރުން މިހާރު 44 އަހަރުވެފައިވާ އައިޝްވާރިއާ ރާއީގެ ރީތިކަމުގެ ވާހަކަދައްކާލަން އެބަޖެހެއެވެ. އަދިވެސް އެ ރީތިކަމާއި ފަރިކަމަށް ބަދަލެއް ...

އައްޑޫއާއި ފުވައްމުލަށް ސިޓީގައިވެސް މިސްކިތްތަކުގައި ޖަމާޢަތް ނުހެދުމަށް އަންގައިފި

މިއަދުގެ ( 18 އެޕްރީލް 2020 ވަނަ ދުވަހުގެ ) މަޣުރިބް ނަމާދުން ފެށިގެން 23 އެޕްރީލްވާ ބުރާސްފަތި ...

މީދޫގައި މަސައްކަތް ކުރަމުން އަންނަ ބަގްލާދޭޝް މީހަކު މިރޭ ކުއްލި ގޮތަކަށް މަރުވެއްޖެ

މީދޫގައި މަސައްކަތް ކުރަމުން އަންނަ ބަގްލާދޭޝް މީހަކު މިރޭ ކުއްލި ގޮތަކަށް މަރުވެއްޖެ ތަފްސީލް އަންނަނީ