މީދުއަށް ސަހާފް ފަދަ ޒުވާން ގިނަކުޅުންތެރީން މިއަދު މިވަނީ ބޭނުންވެފައި

ހުޅުމީދޫގައި ބޭއްވުނު ބެސްޓް ފުޓްސަލް މުބާރާތުގައި ވާދަކުރިޓީމްތަކުތެ ކުޅުނުތެރީންގެ ތެރެއިން  އެންމެ ރަނގަޅަށް ކުޅުނީ ކޮން ކުޅުންތެރިއެއްތޯ ސުވާލު ކޮށްފިނަމަ އެންމެންގެވެސް ޖަވާބަކަށް ވާނީ އަޚުންޓީމަށް ކުޅުނު ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ސަހާފް ކަމުގައެވެ.

ބެސްޓް ފުޓްސަލް  މުބާރާތުގައި ވާދަކުރި އަޚުންޓީމަށް ސަހާފް ކުޅުމުން ސަހާފްގެ އަސްލު ފެންވަރު ދައްކާނުލެވި މުބާރާތުން އެ ޓީމު ކަޓައިގެން ދިޔަނަމަވެސް ސަހާފް ވަނީ ފިސާރި ރަނގަޅަށް އޭނާގެ ކިބައިގައި ހުރި ފުޓްބޯޅައިގެ ހުނަރު ދަށްކާލަދީފައެވެ.

މި މުބާރާތުގައި ސަހާފްގެ ފަރާތުން ފެނުނު އުންމީދީ ކުޅުމުން މީދޫގެ ގިނަބަޔަކު ދެކެނީ ދެން މީދޫގެ ފުޓްބޯޅައިގައި އެންމެ އަލިގަދަ ތަރިއަކަށް ވެގެންދާނެ އެއްކުޅުންތެރިއަކީ ސަހާފް ކަމުގައެވެ.

ސަހާފަކީ ސ. އަތޮޅުމަދަރުސާގެ ގްރޭޑް 9 ގައި ތައުލީމު ހާސިލުކުރަމުންދާ އުމުރުން 14 އަހަރުގެ ޒުވާން ކުޅުންތެރިއަކަށް ވާއިރު ދެން ސަހާފަށް ބޭނުންވަނީ “ފުޓްބޯޅަގެ ޑިސިޕްލިންގ” އާއި ފުޓްބޯޅައިން ކުރިއަށް ދިއުމުގެ އަޒުމާއި ހިތްވަރާއި ޖޯޝެވެ.

މީދުއަށް ސަހާފް ފަދަ ޒުވާން ގިނަކުޅުންތެރީން މިއަދު މިވަނީ ބޭނުންވެފައެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނައިބު ރައީސް އަރިހުގައި ފުވައްމުލަކު ރައްޔިތުންނަށް ފައިނަލް މެޗު ބަލައިލުމުގެ ފުރުސަތު، ނަސީބުވެރި ފަރާތްތަކަށް ބޮޑެތި އިނާމްތަކެއް

ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުގައި މިރޭ ކުޅެވޭ ވޯލްޑްކަޕް ފައިނަލްމެޗް ބަލާލުމަށް ފުވައްމުލަކު ރައްޔިތުންނަށް ނާއިބު ...

މާލޭ ސިޓީ މޭޔަރު ޝިފާގެ އިތުބާރު ނެތްކަމުގެ ވޯޓު މިއަދު ނަގަނީ

މާލޭ ސިޓީ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރުގެ ނެތްކަމުގެ މައްސަލައިގެ ވޯޓު ނެގުން މިއަދަށް ތާވަލުކޮށްފިއެވެ. މާފަންނު އުތުރު ...

ލިވަޕޫލްގެ މާނޭ ގަތުމަށް ރެއާލްމެޑްރިޑުން ތައްޔާރުވަނީ

ލިވަޕޫލްގެ ސެނެގޯލްގެ ފޯވާޑް މާނޭ ގަތުމަށް ރެއާލްމެޑްރިޑުން ތައްޔާރުވަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ . މީޑިއާ ރިޕޯޓްތައް ...