މަރަދޫފޭދޫ ބަލިކޮށް 3 ވަނަ ސެމީފައިނަލްގައި ކުޅޭނެ ޓީމަކަށް ފޭދޫ ފާހި ސްޕޯޓްސް ހޮވިއްޖެ

” އައިވީ މިކްސްޑް ވޮލީ މުބާރާތުގެ  ” ގެ ސެމީފައިނަލްގެ ދެވަނަމެޗް ފޭދޫ ފާހި ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފިއެވެ.

ހޮނިހިރު ހަވީރު މަރަދޫފޭދޫ ވޮލީކޯޓްގައި ކުޅެވުނު މިމެޗް ފާހި ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފައިވަނީ 3 ސެޓް 2 ސެޓުންނެވެ.

މިމެޗްގެ ފުރަތަމަ ސެޓް 25-20 އިން ފާހި ސްޕޯޓްސް ހޯދިކަމުގައިވިޔަސް ދެވަނަ ސެޓް 25-19 އިން ހޯދީ މަރަދޫފޭދޫޓީމެވެ.

ތިންވަނަ ސެޓް 25-18 އިން ފޭދޫޓީމް ހޯދާފައިވަނިކޮށް 4 ވަނަ ސެޓް 25-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން ހޯދީ މަރަދޫފޭދޫޓީމެވެ.

މިމެޗްގެ 5 ވަނަ ސެޓް 17-15 އިން ކާމިޔާބުކޮށް 3 ވަނަ ސެމީފައިނަލްގައި ފޭދޫޓީމާ ވާދަކުރާނެޓީމަކަށް ފޭދޫ ފާހި ސްޕޯޓްސް ކްލަބް ވަނީ ހޮވިފައެވެ.

މިމެޗްގެ މޭން އޮފްދަމެޗަކަށް ފާހި ސްޕޯޓްސްގެ މޫނާ ހޮވާފައިވާއިރު މިމެޗްގެ ކްއިން އޮފްދަމެޗަކަށް ފަޑިޔާރުން ހޮވާފައިވަނީވެސް ފާހި ސްޕޯޓްސްގެ ނުސްރާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖާބިރުގެ އިންޒާރެއް ޔާމިނާއި އަދީބާއި މައުމޫނަށް: ގޮޅިއަށްލާފައި ނޫނީ ހުއްޓައިނުލާނަން

އޭނާގެ އަތުން ލާރި ފޭރުނު އެންމެން ގޮޅިއަށް ލާފައި ނޫނީ ހުއްޓައިނުލައްވާނެކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ...

އިތުރު 11 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އިތުރު 11 މީހަކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މި 11 މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ ...

އައްޑޫ ހިތަދޫގައި އަލަށް އިމާރާތްކުރި މިސްކިތް ނައިބު ރައީސް ހުޅުވައިދެއްވައިފި

އައްޑޫސިޓީގެ ހިތަދޫގައި އަލަށް އިމާރާތްކޮށްފައިވާ މިސްކިތް މަސްޖިދުލް ވާލިދައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ހުޅުވައިދެއްވައިފިއެވެ. މިއަދު ...