4 ލަނޑު 2 ލަނޑުން ލިވަޕޫލްއަތުން ރޯމާ މޮޅުވެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ދަތުރުކޮށްފިއެވެ.

ލިވަޕޫލަށް ފައިނަލުން ޖާގަލިބުނީ  ސެމީ ފައިނަލުގެ ދެ ވަނަ ލެގުން މިރޭ ރޯމާ އަތުން 2-4 އިން ބަލިވެ، ދެ ލެގުގެ އެގްރިގޭޓުން 6-7 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ފުރަތަމަ ލެގުގައި ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ 5 ލަނޑު 2 ލަނޑުންނެވެ.

މިއީ 2007 ވަނަ އަހަރަށްފަހު މުބާރާތުގެ ފައިނަލަށް ލިވަޕޫލް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ 2012 ވަނަ އަހަރަށްފަހު މުބާރާތުގެ ފައިނަލަށް އިނގިރޭސި ޓީމެއް ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

މުބާރާތުގެ ފައިނަލްގައި ލިވަޕޫލް ބައްދަލުކުރާނީ ރެއާލް މެޑްރިޑާއެވެ. ރެއާލް އަކީ ފާއިތުވި ދެ އަހަރުވެސް މި މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމެވެ.

ރެއާލް އާއި ލިވަޕޫލް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިނގިރޭސީން ބަލިކޮށް، ބެލްޖިއަމުން ތިންވަނަ ހޯދައިފި

ފީފާ ވޯލްޑް ކަޕްގައި އިނގިރޭސީން ބަލިކޮށް، ބެލްޖިއަމުން ތިންވަނަ ހޯދައިފިއެވެ. ތިންވަނަ ހޮވުމަށް ރަޝިއާގެ ސެއިންޓް ޕީޓާސްބާގް ސްޓޭޑިއަމްގައި ...

މީދޫ ޓުއަރިޒަމް ޒޯނުގެ   ގޮޑުދޮއް ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

 މީދޫ ޓުއަރިޒަމް ޒޯނުގެ   ގޮޑުދޮއް ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މީދޫގެ ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާއި މީދޫ ...

ޓޫސްޕޫން ކެފޭ މާދަމާ ހުޅުވަނީ

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ” ޓޫސްޕޫން” ކެފޭ ގެ ފޮޓޯތަކެއް ...