47 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

    ރާއްޖެއިން އިތުރު 47 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 1078 އަށް އަރައިފިއެވެ.

    މި މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި، ބްނގްލަދޭޝްގެ 22 މީހުންގެ އިތުރުން ނޭޕާލް 2 މީހަކާއި، އިންޑިއާއަށް ނިސްބަތްވާ 4 މީހުންނެވެ.

    މިއާއެކު ދިވެހިންގެ ތެރެއިން ކޯވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 379 އަށް ވަނީ އިތުރުވެފައެެވެ. އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންގެ އަދަދު މިހާރުވަނީ 557 އަށް އަރާފައެވެ. ރާއްޖެއިން ޕޮޒިޓިވްވި އިންޑިއާ ރައްޔިތުންގެ އަދަދު މިހާރުމިވަނީ 100 އިން މައްޗަށް އަރާފައެވެ. ޕޮޒިޓިވްވި އިންޑިއާ މީހުންގެ ޖުމަލް އަދަދަކީ މިހާރު 103 އެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ނޭޕާލްގެ ދެ މީހަކުވެސް ހިމެނެއެވެ. އެއާއެކު ރާއްޖޭގައި ތިބި ނޭޕާލް މީހުންގެ ތެރެއިން ޖުމްލަ 15 މީހަކަށްވަނީ ބަލިޖެހިފައެވެ.

    ކޯވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން، 9 މީހަކަށް ހޮސްޕިޓަލުތަކުގައިދަނީ ފަރުވާދެމުންނެވެ. އަދި މީގެތެރެއިން ދެ މީހަކަށް ވެންޓިލޭޓަރުގައިވެސް ފަރުވާދެމުން އެބަދެއެވެ.

    ރާއްޖެއިން ކޯވިޑް19 ފެނުނުތާ މިއަދަށް 70 ދުވަސްވެފައިވާއިރު ޕޮޒިޓިވްވި 49 މީހުން ވަނީ ބަލިން ރަނގަޅުވެފައިވެއެވެ.

    ކޯވިޑް19 އަސް ޕޮޒިޓިވްވާ މީހުންގެ އަދަދު އެންމެ އިތުރުވާނެކަމަށް ސިއްޙީ ތަޖުރިބާކާރުން ލަފާކުރި ދުވަސްތައް މިހާރު މިވަނީ ފެށިފައެވެ. ނަމަވެސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު، ކުރިން ޕޮޒިޓިވްވާނެކަމަށް ލަފާކުރި އަދަދު ކޮންމެވެސް މިންވަރަކަށް ދަށްވާނެކަމަށް އެންއީއޯސީން ވަނީ ވިދާޅުވެފައެވެ.

    މަސްދަރު: ޕީއެސްއެމް ނިއުސް

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    އައްޑޫގައި ރިސޯޓް ތަރައްގީކުރަން ބިން ހިއްކަން ނިންމައިފި

    އައްޑޫ ސިޓީގައި ރިސޯޓް ތަރައްގީކުރަން ބިން ހިއްކަން ނިންމައިފި އެވެ. އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫ ސިޓީގައި ...

    މީދޫ ގެއަކަށް ވަދެ، ދެ އަންހެނަކަށް އަނިޔާ ކުރިމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

    ސީނު މީދޫ ސަންބީމުއަށް ރޭ ދަންވަރު މީހަކު ވަދެ، އެގޭ ރަމީޒާއާއި ރަމީޒާގެ މަންމަ ފާތުމަތުދީދީ އަނިޔާކޮށްފިއެވެ. މީދޫ ...

    ޒަރޫރީ ބޭނުންތަކަށް ނޫންގޮތަކަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފި

    މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ޟަރޫރީ ބޭނުންތަކަށާއި، ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި ނޫންގޮތަކަށް މީހުން ދިރިއުޅޭ އެއްރަށުން ...

    އެމްއެންޑީއެފްގެ ސްކްރީންގައި ފަލަސްތީނުގެ ދިދަ

    އެމްއެންޑީއެފް ގެ ހެޑްކްއާޓަރ، ބަންޑާރަކޮށީގައި ހުންނަ ބޮޑު ސްރީންގައި ފަލަސްތީންގެ ބޮޑު ދިދަ އަޅުވައިފިއެވެ. އެމްއެންޑީއެފުގެ ބޮޑު ސްކްރީންގައި ފަލަސްތީނުގެ ...

    އާފިޔާގެ ވާހަކަތައް ބަދަލުވެ، އިބްތިހާލް މަރާލިކަމަށް ބުނީ މަޖުބޫރުވެގެން ކަމަށް ބުނެފި

    މީގެ ތިން އަހަރު ކުރިން ވ. ރަކީދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އިބްތިހާލްގެ މަރުގެ ޒިންމާ މީގެ ...

    އަންނަ މަހު ސްކޫލުތަކާއި ކޮލެޖްތައް ހުޅުވާލަނީ

    ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލަފައާއި އެކު އަންނަ މަހު ސްކޫލުތަކާއި ކޮލެޖްތައް ހުޅުވައި ކިޔެވުން ފަށަން ...