advertisement

1972 ވަނަ އަހަރު ޖަރުމަނުގެ ބުންޑަސް ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖަހައިގެން ކުރީގެ ޖަރުމަނު ފޯވާޑް ގާޑް މުލާ ހެދި ރެކޯޑެކް އޭގެ 49 އަހަރުފަހުން ބަޔާންމިއުނިކަށް ކުޅެމުންއަންނަ ޕޮލެންޑްގެ ލެވަންޑޮސްކީ މުގުރާލައިފިއެވެ.

 ބުންޑަސްލީގާގައި 1972 ވަނަ އަހަރު 40 ލަނޑު ޖަހައިގެން އެއްސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހިކަމުގެ ރެކޯޑް މިހާތަނަށް އޮތީ ޖަރުމަނުގެ ގާޑް މުލާއަތުގައެވެ.  އެހެން ނަމަވެސް އޭގެ 49 އަހަރުފަހުން އެރެކޯޑް ލެވަންޑޯސްކީ މިގުރާލީ 41 ލަނޑު ޖަހައިގެންނެވެ.

މުލާގެ ރެކޯޑް ލެވަންޑޮސްކީ މުގުރާމީ ރޭ ބުންޑަސް ލީގާގައި މިސީޒަނުގައި ކުޅެވުނު އެންމެ ފަހުމެޗްތަކުގެ ތެރެއިން  ބަޔާން މިއުނިކާއި އޯގްސްބާގް ބައްދަލުކުރިމެޗްގައި ލެވަންޑޮސްކީ ކާމިޔާބުކުރި ލަނޑުންނެވެ. 5 ލަނޑު 2 ލަނޑުން ބަޔާން މިއުނިކް މޮޅުވި މިމެޗްގައި ލެވަންޑޮސްކީ ކާމިޔާބުކުރި ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ މެޗްގެ އެންމެ ފަހުމިނިޓްގެތެރޭގައެވެ.

ރޭ ބަޔާން މިއުނިކް ލީގުގައި ކުޅުނު އެންމެ ފަހުމެޗް ކުޅުމުގެ ކުރީން އެޓީމްވަނީ މިސީޒަންގެ ލީގު ކަށަވަރުކޮށްފައެވެ. ރޭ ކުޅެވުނު މެޗުން ބަޔާން މިއުނިކް މޮޅުވުމުން އެޓީމަށް 34 މެޗުން ލިބިފައިވަނީ  ވަނީ 78 ޕޮއިންޓެވެ . ދެވަނަ ލިބުނު ލިޕްޒީގުއަށް ލިބިފައިވަނީ 65 ޕޮއިންޓެވެ.  ތިންވަނައަށް ދިޔަ ޑޯޓްމަންޑަށް 64 ޕޮއިންޓް ލިބިފައިވާއިރު ވަނަ 4 ވަނައަށް ދިޔަ ވޮލްވްސްބާގް އަށް ލިބެނީ 61 ޕޮއިންޓެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޮމިކްރޮން ވޭރިއަންޓުން ދިފާއުވުމަށް ބޫސްޓާ ޑޯޒް ޖެހުމަށް ރައީސް އިލްތިމާސްކުރައްވައިފި

ކޮވިޑް19ގެ އައު ވޭރިއަންޓު އޮމިކްރޮން އިން ދިފާއުވުމަށްޓަކައި ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހަމުން ގެންދާ ވެކްސިންގެ ބޫސްޓާ ...

ކުޅިވަރުގެ ގިނަ ކަންތައްތަކެއް ކުޅުދުއްފުއްޓަށް ލިބިގެންދާނެ: މަހުލޫފް

ކުޅިވަރުގެ ދާއިރާގެ ގިނަ ކަންތައްތަކެއް ކުޅުދުއްފުއްޓަށް ލިބިގެންދާނެކަމަށާއި އެއީ މި ސަރަހައްދަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކަންތައްތަކެއްކަމަށް ޔޫތް މިނިސްޓަރު ...

ނޮވެމްބަރު 3 ގައި އިންޑިޔާއިން އެހީވިއިރު އޮތްފަދަ ޙާލަތެއް ރާއްޖެއަކު ނެތް – މެނޮން

ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ބަޔަކު ސްރީ ލަންކާގެ ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިންނާ އެކު ރާއްޖެއަށް އަރައި ...