60 ފަރާތަކަށް ބީއެމްއެލްގެ ފަރާތުން މޮޓޮރައިޒްޑް ވީލް ޗެއަރ ހަދިޔާކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތްތަކަށް މިއަހަރު ތެރޭގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފިއެވެ.

ވީލް ޗެއަރ ހަދިޔާކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގޮތުގައި، ބޭންކުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމަށާއި، މިފަދަ ޚާއްސަ މޮޓޮރައިޒްޑް ވީލްޗެއަރ ލިބުމުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިފައިވާކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ބީއެމްއެލް އިން ކުރިއަށް ގެންދާ ‘އަހަރެންގެ ބޭންކް’ ޕްރޮގްރާމްގެ ދަށުން 2017 ވަނަ އަހަރު ފެށުނު މި ޕްރޮގްރާމްގެ ދަށުން ވަނީ މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 76 ފަރާތަކަށް މޮޓްރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފައެވެ.

މުޖުތަމައަށް އެހީތެރިވުމަށް ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކަށް ބީއެމްއެލް އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު ހިޝާންގެ ޕާސްޕޯޓު ހިފަހައްޓައިފި އެމްބެސެޑަރުގެ ލަގަބު އަތުލައިފި

ޖެންޑާ މިނިސްޓްރީން އަހްމަދު ހިޝާންއަށް ދީފައިވާ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރުގެ ލަގަބު އޭނާގެ އަތުން ނެގުމަށްފަހު ހިޝާންގެ ޕާސްޕޯޓް ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 14  އޯގަސްޓް 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

މޫސުން ގޯސް، ކ.އަތޮޅާއި އައްޑޫ ސިޓީއާ ދެމެދަށް އެލާޓް ނެރެފި

ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް ...