65 އަހަރުވިއަސް ވެރިކަމަށް ކުރިމަތިލެވޭ ގޮތަށް ޤާނޫނު އަސާސީ އިޞްލާޙުކޮށްފި

އުމުރުން 65 އަހަރުވެފައިވާ މީހުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭ ގޮތަށް ޤާނޫނު އަސާސީ އިޞްލާޙު ކޮށްފިއެވެ.

ކެލާ ދާއިރާގައި މެންބަރު އަލީ އާރިފު މަޖިލީހަށް ހުށަހެޅުއްވި މި އިޞްލާޙު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.

މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބު ކުރާ މީހަކީ އުމުރުން ތިރީސް ފަސް އަހަރުގެ މީހަކަށް ވާންޖެހޭނެކަމެށެވެ. އެ މަޤާމަށް ކުރިމަތިލެވޭނެ އެންމެ މަތީ އުމުރެއް ކަނޑައަޅާފައެނުވެއެވެ. އެހެންނަމަވެސް 2015 އަހަރުގެ ޖޫން މަހުގެ 24 ވަނަދުވަހު މަޖލީހުގެ 78 މެންބަރުގެ ތާއީދާއެކު ޤާނޫނު އަސާސީއަށް ބަދަލުގެނެސް ވެރިކަމަށް ކުރިމަތިލެވޭ އެންމެ ދޮށީ އުމުރަކީ 65 އަހަރުކަމަށް ވަނީ ކަނޑައަޅާފައެވެ.

ޤާނޫނު އަސާސީ ތަސްދީޤު ކުރިއިރު އޮތް ގޮތަށް ވެރިކަމަށް ކުރިމަތިލެވޭ ޢުމުރު ބަދަލު ކުރުމަށް އިސްލާޙު ހުށައަޅުއްވަމުން އަލީ އާރިފް ވިދާޅުވީ، އެގޮތަށް އިޞްލާޙު ހުށައެޅުއްވީ، ދުނިޔޭގެ އެއްވެސް ޤައުމެއްގައި ރައީސްކަމަށް ކުރިމަތިލެވޭނެ އެންމެ މަތީ ޢުމުރެއް ކަނޑައަޅަފައިނުވާއިރު، ރާއްޖޭގައިވެސް، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ރައީސްކަމަށް ކުރިމަތިލުމުގެ ހައްގު އޮންނަންޖެހޭނެކަމަށް ޤަބޫލުކުރެވޭތީ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކޮށްފި

އައްޑޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މިއަދު ހެނދުނު އައްޑޫ ސިޓީގެ ހިތަދޫގައި ...

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުން ޝަރީފް އިސްތިއުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުން އަހްމަދު ޝަރީފް އިސްތިއުފާ ދެއްވައިފިއެވެ. ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ...

މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑު ހިފަހައްޓާނަން: ރައީސް

މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސް ޞާލިހުގެ އަތްޕުޅުގައިކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ...