ޓްރީޓޮޕް ހޮސްޕިޓަލްގެ ހިދުމަތްތައް ހުޅުމާލޭ ހޮސްޕިޓަލްގެ ލޮލުގެ ފަރުވާދޭ ސެންޓަރަށް

    ކޯވިޑަށް ޕޮސިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލް ސަރުކާރަށް ދިނުމަށް ފަހު އެ ހޮސްޕިޓަލުގެ ހިދުމަތްތައް ދޭ ތަނެއްގެ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލްގެ ލޮލުގެ ފަރުވާދޭ ސެންޓަރު ހުންނަ އިމާރާތް ހަމަޖައްސައިފި އެވެ.

    ޓްރީ ޓޮޕް ހޮސްޕިޓަލް ތިން މަސްދުވަހަށް ސަރުކާރަށް ދިނުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު ސެންޓަރާއި އެ ހޮސްޕިޓަލާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރީ އޭޕްރިލް މަހުގެ26 ވަނަ ދުވަހު އެވެ. އެ ހޮސްޕިޓަލް ރަސްމީކޮށް ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުން ކުރަން ފަށާނީ މިއަދުން ( 2 މެއި 2020 އިން )  ފެށިގެންނެވެ.

    ޓްރީ ޓޮޕް ހޮސްޕިޓަލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރޭ11:30 އިން ފެށިގެން އެ ހޮސްޕިޓަލްގެ އެމަޖެންސީ ރޫމްގެ ހިދުމަތް މެދުކަނޑާލާނެ ކަމަށެވެ. އަދި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ އެންމެން ރޭގެ ނިޔަލަށް އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާގެ ކަންކަން ކުރިޔަށް ގެންދަން ފެށޭނެ ކަމަށެވެ.

    ޓްރީ ޓޮޕުން ބުނީ މިއަދުން ފެށިގެން އެ ހޮސްޕިޓަލްގެ އެމަޖެންސީ ރޫމްގެ ހިދުމަތާއި ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ވަގުތީ ގޮތުން ދޭނީ ހުޅުމާލޭ ހޮސްޕިޓަލްގެ ލޮލުގެ ބަލިތަކާއި ބެހޭ ހާއްސަ ސެންޓަރު ހުންނަ އިމާރާތުންނެވެ. އެ ހޮސްޕިޓަލުން ބުނީ ޓްރީ ޓޮޕްގެ ހިދުމަތްތަކަށް އެ އިމާރާތް ހަމަޖައްސައިދީ ސަރުކާރުން ކަމަށެވެ. އަދި މިހާރުވެސް ދެމުންދާ ގޮތަށް މެދުކެނޑުމެއް ނެތި ޓެލެމެޑިސިންގެ ހިދުމަތްވެސް ދެމުން ދެމުންދާނެ ކަމަށް ބުނެފައިވެ އެވެ.

    އެ ހޮސްޕިޓަލްގެ އެމަޖެންސީ ކްލިނިކްގެ ހިދުމަތް ހޯދުމަށް3351610 އަށް ގުޅުމުން ހިދުމަތް ލިބޭނެ ކަމަށް ބުނެ އެވެ. އަދި އެމްބިއުލާންސްގެ ހިދުމަތް1610 އަށް ގުޅުމުން ލިބޭނެ ކަމަށް ބުނެ އެވެ.

    މިއަދުން ފެށިގެން ( މެއި 2020 އިން ) ފެށިގެން ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދޭނީ އައިޖީއެމްއެޗުން ބަދަލު ކުރެވޭ ކޯވިޑްގެ ބަލި މީހުންނަށް އެކަންޏެވެ. ސަރުކާރާއި ޓްރީޓޮޕް ހިންގާ ކުންފުންޏާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލްގެ މުވައްޒަފުންނާއި ވަސީލަތްތައް ސަރުކާރުން ބޭނުން ކުރާނެ އެވެ.

    ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ބަލި ޖެހޭ މީހުންގެ ތެރެއިން ހާލު ސީރިއަސްވާ މީހުންނަށެވެ. މިހާރު ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ11 ވަނަ ފަންގިފިލާ (ޑީއެޗް11) ގައި އެވެ.

    އެތަނުގައި ހުރީ10 އެނދެވެ. އާންމުންގެ މެދުގައި ކޯވިޑް-19 ފެތުރެން ފެށުމާއި އެކު ހާލު ގޯސްވެ ޑީއެޗް11 އަށް ބަދަލު ކުރަން ޖެހޭ މީހުން ދަނީ އިތުރުވަމުންނެވެ. މިހާރުވެސް ޑިއެޗް11 ގެ އައިސީޔޫގައި ހަ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    އައްޑޫ ސިޓީގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އިތުރުކޮށްފި

    ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގެ ފިހާރަތައް ހުޅުވައިގެން ޚިދުމަތް ދިނުމަށް މީގެ ކުރީން ސިޓީ ކައުންސިލުން ނިންމާފައިވާ ...

    ތަފާތު އޮފަރ ތަކަކާއެކު ސްޕަރ ނެޓް ބްރޯޑްބޭންޑްގެ ޚިދުމަތް އައްޑޫ ސިޓީއަށް

    100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް އައްޑޫސިޓީގެ މަރަދޫއާއި ...

    “ސާފު ރާއްޖެ، އަހަރެންގެވެސް ޒިންމާ” ކެމްޕޭން ރަސްމީކޮށް ފަށައިފި

    ދިވެހިންގެ ކިބައިގައި ކުރިއްސުރެ ހުރި ސާފުތާހިރުކަމުގެ ސިފަ އަލުން އަށަގަނުވައި، މި ރާއްޖެ ސާފުތާހިރު ހިތްގައިމު ތަނެއްގެ ގޮތުގައި ...

    ކޯވިޑް-19 : މި ހަފްތާގައި އެކަނިވެސް 500 މީހުން ޕޮޒިޓިވްވި، ގިނައީ އެއްވެސް ކްލަސްޓަރއަކާ ގުޅުމެއްނެތް މީހުން

    މި ހަފްތާތެރޭގައި 500 މީހަކަށް ކޯވިޑް-19 ޖެހުނުއިރު އޭގެ ތެރޭގައި ގިނައީ އެއްވެސް ކްލަސްޓަރއަކާއި ގުޅުމެއްނެތް މީހުންކަމަށް ޓެކްނިކަލް ...

    މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ތުރުކީ ވިލާތުގެ ފިރިހެނަކު ހޮވިއްޖެ

    މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓު މިއަދު ރާއްޖެ އަތުވެއްޖެވެ. މި އަހަރު ރާއްޖެ ...

    އެންޓި-ޑިފެކްޝަން އަދި އަބުރުގެ ޤާނޫނު އުވާލަނީ

    ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑިގެއްލޭ ގޮތަށް އެކުލަވާލާފައިވާ ޤާނޫނާއި އަބުރުގެ ޤާނޫނު އުވާލުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް އިދިކޮޅު ...