ޖަރުމަނުގެ ފުރަތަަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުން 10 ކުޅުންތެރިއަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ޖަރުމަނުގެ ފުރަތަަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުން 10 ކުޅުންތެރިއަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. ޖަރުމަން ލީގުގެ ކުޅުންތެރީން ކޮވިޑް19 އަށް ޕޮޒިޓިވް މިވީ މާރޗްމަހުގެ މެދުތެރޭގައި ހުއްޓާލި ލީގުގެ ކުޅުން އަލުން ފަށަން ތައްޔާރުވަމުން ދަނިކޮށެވެ.

ލީގުގެ ކުޅުން މިމަހުގެ ފަހުކޮޅު ފެށުމަށް ޓީމުތަކުން އަންނަނީ ފަރިތަކުންތައް ފަށާފައެވެ. ހުރިހާ ކުލަބަކުން ކުޅުންތެރީން ކޮވިޑް 19 އަށް ޓެސްޓް ކުރުމަށްފަހު އަލުން ފުޓްބޯޅަ ސީޒަން ފަށަން ސަރުކާރުން ދެކޮޅު ނަހަދާނެކަމަށް ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ގަބޫލް ކުރެއެވެ. މިކަން ކުރުމަށް ޖަރުމަނުގެ ދެޑިވިޝަންގެ ހުރިހާ ކުޅުންތެރީން ކޮވިޑް 19 އަށް ޓެސްޓްކުރިއިރު 10 ކުޅުންތެރިއަކުވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

މީގެ ދެދުވަސްކުރީން ޖަރުމަން ބުންޑަސްލީގާގެ ކްލަބް ކޯންގެ ތިންކުޅުންތެރިއަކުވެސްވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. ބައެއް ކުޅުންތެރީން ޕޮޒިޓިވްވިކަމުގައިވިޔަސް އިޖުތިމާއީ ގައިދުރުކަމުގެ މިންގަޑުތަކަށް އަަމަލުކޮށް ޓީމުތަކުން ފަރިތަކުރުންތައް ކުރިއަށް ގެންދަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މަސްދަރު: ޕީއެސްއެމް ސްޕޯޓްސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ޓަރޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނިންމާ، މިއަހަރު ޚިދުމަތްދޭން ފަށާނަން – މިނިސްޓަރ ނާޒިމް

އައްޑޫ ސިޓީގައި ސަރުކާރުން ޤާއިމުކުރާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނިންމާ، މިއަހަރުގެ ތެރޭގައި އެތަނުން އާއްމުން ...

މިރެއިން ފެށިގެން ތިނަދޫގައި ކާފިއު ހިންގަނީ!

މުޖުތަމައުތެރެއިން ގިނަ އަދަދެއްގެ ބަޔަކު ފައްސިވެ މިވަގުތު މޮނީޓަރިންގ އަށް ލެވިފައިވާ ގދ. ތިނަދޫގައި މިރެއިން ފެށިގެން ކާފިއު ...

އެންމެ ބޮޑު ޗެލެންޖަކީ ދޮގުތަކަށް ރައްދުނުދެވުން، ހާމަކުރެވެންހުރި ވަރަށް ހާމަކޮށްދޭނަން: ރައީސް

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިމާވި އެންމެ ބޮޑު ޗެލެންޖަކީ އިދިކޮޅުން ކެމްޕެއިންތެރޭގައި ސަރުކާރާ ގުޅޭގޮތުން ފެތުރި ދޮގު ...