ދުވާލަކު 1000 ޓެސްޓްކޮށް، އަތޮޅުތަކުގައި ޓެސްޓްކުރަން ފަށަނީ

މާލޭ ސިޓީން ކޯވިޑް-19އަށް ޓެސްޓްކުރުމުގެ ކެޕޭސިޓީ 1000 އިތުރުކޮށް ޖޫންމަހުގެ ކުރީކޮޅު އަތޮޅުތަކުގައި ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ހެލްތް މިނިސްޓަރ ޢަބްދު ﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާއި ގުޅިގެން ޕީ.އެސް.އެމް ނިއުސްއިން ކުރިއަށްގެންދާ ޚާއްސަ ކަވަރޭޖުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާ ދުވާލެއްގެ މައްޗަށް ބައްޔަށް ޓެސްޓްކުރެވޭ ނިސްބަތް އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

އެގޮތުން އައި.ޖީ.އެމް.އެޗްގެ ޓެސްޓިންގ ކެޕޭސިޓީ މިހާރު ދުވާލެއްގެ މައްޗަށް 600 ގައި ހުރިއިރު، މިމަހުގެ ތެރޭގައި އެ ޢަދަދު 1000 އަށް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ކޯވިޑް-19އަށް ޓެސްޓްކުރެވޭނެ އިންތިޒާމް މިމަހުގެ ނިޔަލަށް ނުވަތަ މި ފެށޭ ޖޫންމަހުގެ ކުރީކޮަަޅު ހަމަޖެހިގެންދާނެކަމަަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

“މިމަހުގެ ނިޔަލަށް އައި.ޖީ.އެމް.އެޗްގެ ކެޕޭސިޓީ 1000 އަކަށް އިތުރު ކުރުމަށް މަސައްކަތް ކުރަމުންމިދަނީ. މިމަހުގެ ނިޔަލަށް ނުވަތަ ޖޫންމަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ޑަބްލިއު.އެޗް.އޯ މެދުވެރިކޮށް އަޅުގަނޑުމެންނަށް ޖީންއެކްސްޕާޓް ކާޓްރިޖްތައް ރާއްޖެއަށް އައުމާއެކީގައި އަތޮޅު ތެރޭގައި ޓެސްޓްކުރުން ފެށިގެންދާނެ. މީގެއިތުރުން ޕީ.ސީ.އާރް މެޝިންތައް ބޭނުންކޮށްގެންވެސް އަތޮޅުތަކުގައި ޓެސްޓްކުރުމުގެ އިންތިޒާމްތައް އެބަ ހަމަޖެއްސޭ. ދަނީ ހަމަޖައްސަމުން” މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ، ކޯވިޑް-19 މާލޭގައި ފުރަތަމަ ފެތުރިގެންދިޔަ ނިސްބަތާއި ބަލާފައި މިހާރުވެސް ޓެސްޓިންގ ކެޕޭސިޓީ ވަރަށް ބޮޑުތަން އިތުރުކުރެވިފައިވާކަމަށެވެ. އަދި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދަށާއި، ބަލި ފެތުރެމުންދާ ޓްރެންޑާއި އެއްގޮތަށް ޓެސްޓްކުރުމުގެ ކަންކަންވެސް ފުޅާކޮށް ހަރުދަނާކުރަމުންދާކަމަށް މިނިސްޓަރ އަމީން ވިދާޅުވެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް 1274 މީހުންނަށް ވަނީ ކޯވިޑް ބަލި ޖެހިފައެވެ. މި ބަލީގައި މިހާރު 1164 މީހުން ފަރުވާ ހޯދަމުން އަންނައިރު މި ބަލިން ރަނގަޅުވި މީހުންގެ އަދަދުވަނީ 109 އަށް އަރާފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

2017 ވަނަ އަހަރުގެ ލޮއުރިއަސް ކުޅިވަރު ޝަޙްސިއްޔަތުގެ މަޤާމް ފެޑެރާއަށް

2017  ވަނަ އަހަރުގެ ލޮއުރިއަސް ކުޅިވަރު ޝަޙްސިއްޔަތުގެ މަޤާމް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިއާ ރޮޖަރ ފެޑެރަރ ހޯދައިފިއެވެ. ...

ކޮވިޑް-19 : ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ

ކޯވިޑް-19އަށް ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ރޭ މެންދަމު ނިޔާވީ ދަރުމަވަންތަ ...

ނަރުހުންގެ މުސާރަ %15 ބޮޑުކޮށްފި

އަލަށް އަމަލުކުރަންފެށި ނަރުހުންގެ ވަޒީފާގެ އޮނިގަނޑާއެކު ނަރުހުންގެ މުސާރަ %15 ބޮޑުކޮށްފިއެވެ. ހެލްތް މިނިސްޓްރީން ބުނީ މި މަހުގެ ...