ދިވެހިގައުމީ ޕާޓީގެ ފަރާތުން ބާއްވާ ބައްދަލުވުމެއް މިއަދު ހަވީރު އަތޮޅުމަދަރުސާގައި އޮންނާނެ
ދިވެހިގައުމީ ޕާޓީގެހުޅުދޫ މީދޫގެ މެމްބަރުންނާއި ހުޅުދޫއާއި މީދޫގައި ތިއްބެވި މިޕާޓީއަށް ހެޔޮއެދޭފަރާތްތަކާއި ބައްދަލުކުރެއްވުމަށް އެޕާޓީގެ ފަރާތުން ބާއްވާ ބައްދަލުވުމެއް މިއަދު ހަވީރު 4.00 ގައި ސ.އަތޮޅުމަދަރުސާގައި ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިބައްދަލުވުމުގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައިވަނީ ގައުމީޕާޓީގެ ކައުންސިލިން މެމްބަރުންކަމުގައިވާ ޑރ. މުހައްމަދު ޖަމީލު އަހުމަދާއި އިމާދު ސޯލިހެވެ.















