This option will reset the home page of this site. Restoring any closed widgets or categories.

Reset


މިސައިޓް ސާފްކޮށް ފެނިވަޑައިގަންނަވާނީ "ފަޔަރފޮކްސް" އިން - އަދި ތިރީގައިވާ ފޮންޓްތައް ޑައުންލޯޑްކޮށް އިންސްޓޯލްކޮށްގެނެވެ

އޮމަދޫ އަތިރިމަތީގައި މަރާލާފައި އޮތް ފެނުނު ތުއްތު ކުއްޖާގެ މަންމަ އާއި މާމަ އުމުރަށް ޖަލަށް

ތ. އޮމަދޫ އަތިރިމަތީގައި ޕްލާސްޓިކް ކޮތަޅަކަށް ލައި ވަޅުލާފައި އޮއްވާ ފެނުނތުއްތު ކުއްޖާގެ މަރުގެ މައްސަލާގައި އެ ކުއްޖާގެ މަންމަ އާއި މާމަ އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށް، އެ ކުއްޖާގެ މަންމަގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖިނާއީ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖިނާއީ ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި، އެ ތުއްތު ކުއްޖާގެ މަންމަ އޮމަދޫ، ކަސްތޫރިމާގޭ، އުމުރުން 31 އައިމިނަތު ހުސެއިންގެ މައްޗަށާއި އެ ތުއްތު ކުއްޖާގެ މާމާ އުމުރުން 64 އަހަރުގެ ސަކީނާ އަލީގެ މައްޗަށް އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ އެ ކުއްޖާ މަރާލި ކަމަށް އޭނާ މަންމަ އެއްބަސްވެފައިވާތީ އާއި، އެ ކުއްޖާ ވިއްސުމަށްފަހު ފެން އެއްޗަކަށްލައި ގަންބައިގެން އެކުއްޖާ މަރާލުމުގައި ބައިވެރިވެފައިވާ ކަމަށް އެ ތުއްތު ކުއްޖާގެ މާމަ ވެސް ޝަރީއަތުގެ މަޖިލީހުގައި އެއްބަސްވެފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލާގައި، ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ ދައުލަތުން ކުރި ށ. ކަނޑިތީމު، އެއްގަމުގޭ އުމުރުން 21 އަހަރުގެ ހަސަން ޝިމާމް، ޝަރީއަތުގައި އެ ދައުވާއަށް އިންކާރުކޮށްފައިވާ ކަމަށާއި ޝަރީއަތުގެ އަޑުއެހުންތަކުގައި އައިމިނަތު އޭނާގެ ދަރިފުޅު މާރާލުމުގައި އޭނާގެ ފިރިމީހާ ބައިވެރިވެފައިވާ ކަމަށް ބުނެފައިވާ ވީ ނަމަވެސް، ޝިމާމްގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ކާފީ އެކި ލިބިފައިނުވާ ކަމަށް ކަނޑައަޅައި، އޭނާގެ މަށްޗަށް ކުށް ސާބިތުނުވާ ކަމަށް ގާޒީ ނިންމެވީ ކަމަށް ވެސް ޖިނާއީ ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއްގައި އައިމިނަތު ވަނީ އޭނާ ދަރިފުޅު މަރާލި ގޮތް ކިޔައިދީފަ އެވެ. އައިމިނަތު ބުނީ ދަންވަރުގެ ވަގުތެއްގައި އޭނާ ވިހޭ އެ ކުއްޖާ މަރާލުމުގައި ބައިވެރިވީ އޭނާގެ މަންމަ ސަކީނާ އާއި އޭރުގެ ފިރިމީހާ ޝިމާމު ކަމަށެވެ. އަދި އެ ކުއްޖާ ވިހެއީ އެ ގޭ ފާހާނާތެރޭގައި ކަމަށާއި އޭނާ ވިއްސީ އޭނާގެ މަންމަ ކަމަށް ވެސް އައިމިނަތު ވަނީ ޝަރީއަތުގެ މަޖިލީހެއްގައި ކިޔައިދީފަ އެވެ.

އައިމިނަތު ހުސެއިންގެ މައްޗަށް ދައުލަތުން ވަނީ އިތުރު ދެ ދައުވާއެއް ވެސް ކޮށްފަ އެވެ. އެއީ ކައިވެންޏެއް ކުރުމަށް ދޮގު މައުލޫމާތު ދިނުމާއި ޒިނޭކުރުމުގެ ކުށުގެ ދައުވާ އެވެ.



1 Comment

  1. shiyam

    mihaaru ziney eh nukuraane. ey badhu ahulaagy amaleh.

ކޮމެންޓު ކުރައްވާ