This option will reset the home page of this site. Restoring any closed widgets or categories.

Reset


މިސައިޓް ސާފްކޮށް ފެނިވަޑައިގަންނަވާނީ "ފަޔަރފޮކްސް" އިން - އަދި ތިރީގައިވާ ފޮންޓްތައް ޑައުންލޯޑްކޮށް އިންސްޓޯލްކޮށްގެނެވެ

ހަގީގަތެއްނެތް ވާހަކަ– އެތައްބައެއްގެ ނުރުހުމާއި ނަފްރަތަށް ހުޅުވޭ ދޮރެއް

އިސްލާމްދީނަކީ ހަމަހަމަކަން އެންމެބޮޑަށް ދައްކުވައިދޭ ދީނެވެ. ހަމައެހެންމެ ބަހާއި އަމަލުން ހެޔޮކަންތައް ކުރުމަށް ބާރުއަޅާފައިވާދީނެވެ. އެއީ އެކަމުގެ ސަބަބުން ނަފްސުތަކަށް ހެޔޮ އަސަރުތަކެއް ކުރާނެތީއެވެ. މާތްﷲ މިދުނިޔެއަށް އިންސާނުން ފޮނުވާފައިވަނީ އެކަލާންގެ ޚަލީފާއިންގެގޮތުގައެވެ. އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެ އުޅުމަށެވެ. އެހެންކަމުން އެފަދަކަމަކަށް ހުރަސްއެޅޭ ކޮންމެ ކަމަކުން ތިމާ ދުރުވާންޖެހުނު ނަމަވެސް މިއަދު މިމުޖުތަމައުގައި މިވަނީ ބަދަލު ހިފުމުގެ ރޫހުއާލާވެފައެވެ. ސިޔާސީ ބޭނުންތަކަށާއި އެހެނިހެންވެސް މާއްދީ ބޭނުންތަކަށް ނެތިމޮށުމާއި އެކަކުއަނެކަކަށް މަލާމާތުގެ ބަސްތައް ރައްދުކުރުމުގެ އިތުރުން އެއްވެސް ހަގީގަތެއްނުވާ ވާހަކަތަކުން މިމުޖުތަމައުގައި ފިތުނަފަސާދަ އުފައްދަން މަދުބަޔަކުނަމަވެސް ކުރަމުންދާ މަސައްކަތް ވެގެންދަނީ އިންސާނިއްޔަތާއި ދެކޮޅަށް ހިންގޭ ބޮޑު “ޖަރީމާ” އަކަށެވެ.
މިއއަދު އެއްވެސް ހަގީގަތެއް އަސްލެއް ބިނާނުކޮށް ދައްކާ ވާހަކަތަކެއް ގަބޫލްކުރެވި އަނެކާގެ މައްޗަށް ނަފްރަތުއުފެދި ރުޅިއައުން މިއަދުމިވަނީ އާންމުވެފައެވެ. އަދި އެފަދަގޮތަކަށް ދެކެވޭ އެވާހަކައެއްގެ ހަގީގަތް ބެލުމެއްނެތެވެ. އައިކޮޅަށް ދުއްވާލުމަކީ ބަޔަކުމީހުން އުފަލެއްގެގޮތުގައި މިއަދު ކުރަމުންދާކަމެކެވެ.
ރަށުގެ ހާލަތު މިއަދުމިވަނީ ބަދަލުވެފައެވެ. އެއްބަޔަކު އަނެއްބަޔަކާ ހިފި ، ވާދަވެރިހިފުން ގަދަ ހިފުމަކަށްގޮސް އެންމެފަހުން ކޮންމެވެސް އެއްބަޔަކު މިވަނީ ކާމިޔާބުކޮށްފައެވެ. އެހެންކަމަށްވާއިރު ކުރިންއޮތްޒާތީ ހަސަދަތަކުން ތިމާގެ ނަފްސު ޠާހިރުކޮށް ގައުމާއި ރަށުގެ ކުރިމަގާއިގެން ފަށާފައިވާ ދަތުރު މަޑުޖެހުމަކަށް އަޅުގަޑުމެން އެދިގެން ނުވާނެވެ. ނަމަވެސް މިފަދަ ވަގުތުތަކެއް އައިސްދާނެކަމަށް ބެލެވެމުންދާ ފަހަރު މިހާރު ވަރަށް ގިނައެވެ. އާއްމުންގެ ވިސްނުން މިއަދު ބަދަލުވެފައިވާއިރު ޚިޔާލާއި ފިކުރު މިއަދު ބަދަލުކުރަން މަޖްބޫރުވެއްޖެވެ. އެހެންކަމަށްވާއިރު އެވިސްނުން ބަދަލުކުރަން ޖެހެނީ ބަދަލުހިފުމުގެ ރޫހުގައި ދޮގުހަދައިގެން އެކަކު އަނެކަކުގެ ހިތުގައި ފިތުނަޔަށް މަގުހުޅުވައިގެނެއް ނޫނެވެ. މިނިވަންކަމަކީ ތިމާގެ ހިތަށް އެރިގޮތަކަށްއުޅެ ހިތައް އައި އެއްޗެއް ލިޔެ ހިތައް އެރިހާއެއްޗެއް ދުލުން ބޭރުކުރުމެއް ނޫނެވެ. މިގޮތަށް މިނިވަންކަމުގެ ބޭނުން ހިފާމީހާއަށް ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުގައި ދެއްވާފައިވާ ނަމަކީ ހަވާނަފްސަށް ތަބާވާ މީހާގެ ނަމެވެ. އަދި ހަވާ ނަފްސަށް ތަބާވާ މީހާއަށްވުރެ ފުރެއްދުންތެރިކަންބޮޑު އެއްވެސް މީހަކު ނުވާނެކަމަށް ކީރިތިގުރުއާނުގައި އަންގަވާފައިވެއެވެ.
މިއަދު އަޅުގަޑުމެގެތެރޭގައި ތިމާމެންނަކީ ރަށުގެދާދާއިންކަމަށްހެދިގެން މީހުންގެ އަބުރާއިބެހުމާއި މީހުންނަށް ހުތުރުއެއްޗެހި ގޮވައި މީހުންގެ ގަދަރާއި ކަރާމާތް ގެއްލުވާލަން މަސައްކަތްކުރާބަޔަކު އެބަ އުޅެއެވެ. މިހުރިހާކަމެއް އެބަޔަކު ކުރަމުންދަނީ ލިބިފައިވާ މިނިވަންކަމާއި ލިބިފައިވާ ތަނަވަސްކަމުގެ ނާޖާއިޒް ބޭނުން ހިފައިގެންނެވެ. އަދިމިހުރިހާކަމެއް ކުރަނީ ރަށުގެ ކަންތައް އިސްލާހުކުރުމުގެ ނަމުގައި އަޅުގަޑުމެންގެތެރޭގައިވާ ނުވިސްނޭ އަދި އަމިއްލަ އެދުމުންފުރިގެންވާ މީހުންގެ ބޭނުންކޮށްގެންނެވެ. އެހެން ނަމަވެސް މިފަދަގޮތަކަށް ކަންތައްތައްކުރުމަކީ އެއްވެސް އިންސާނަކު ކުރުން އެކަށީގެންވާކަމެއްނޫނެވެ.
މަކަރާއި ހީލަތްހެދުމާއި ދޮގުވާހަކަތައް ފަތުރައި ދޭތެރެ ޖެއްސުމަކީ މުޖުތަމައު ފަސާދަވެގެންދާނެ ކަމަށްކަށްވާއިރު މިފަދަ ކަންތައްތަކަކީ ތިމާގެ އަގު އެހެންމީހުންގެ ކުރިމަތީގައި އަރައިގެންދާނެ ކަމެއްކަމަށްބަލައިގެން ވަކިމީހެއްގެ އަގުވައްޓާލަން ދޮގު ހެކިދިނުންފަދަކަންމަކުން ތިމާމެންގެ ނަފްސުން ޠާހިރުކުރަން އެބަޖެހެއެވެ. އަދި އެފަދަކަންތައްތަކުންދުރުވެ އެސުންފާ އާދަހަރުލާފައިނުވާ ސާފު މުޖުތަމައަކަށް މިމުޖުތަމައުހެދުމަށް މިއަދު އަތުކުރިއޮޅާލަންވެއްޖެވެ.
މިއަދު މިނިވަންކަމުގެ ނަމުގައި ސާބިތުނުހިފޭ ދޮގުވާހަކަތަކެއް ދައްކައިގެން ބައެއްގެ ލޮލުގައި އަދުންތަކެއް އެޅުވިދާނެއެވެ. އެހެންނަމަވެސް ޚަބަރުދާރުވެތިބެ ހަދާން ބަހައްޓަންޖެހޭ ކަމަކީ ކުރާނުބައި އަމަލުތަކާއިމެދު މާތްﷲ ޣާފިލުވެ ވޮޑިގެން ނުވާކަމެވެ.



ކޮމެންޓު ކުރައްވާ