This option will reset the home page of this site. Restoring any closed widgets or categories.

Reset


މިސައިޓް ސާފްކޮށް ފެނިވަޑައިގަންނަވާނީ "ފަޔަރފޮކްސް" އިން - އަދި ތިރީގައިވާ ފޮންޓްތައް ޑައުންލޯޑްކޮށް އިންސްޓޯލްކޮށްގެނެވެ

ޑީއާރުޕީގެ ފަރާތުން އިއްޔެ ސ. މީދޫގައި އާއްމު ބައްދަލުވުމެއް ބާއްވައިފި

ޑީއާރުޕީގެ ފަރާތުން މީދޫގައި ބޭއްވި އާއްމު ބައްދަލުވުމެއް އިއްޔެ ހަވީރު މީދޫ އިޖްތިމާއީ މަރުކަޒުގައި އޮތެވެ. މިބައްދަލުވުމުގައި ޑީއާރުޕީގެ ނާއިބް ޒައީމުންކަމުގައިވާ އިލްހާމު އަހުމަދާއި މަރަދޫ އިބްރާހިމް ޝަރީފް ( މަވޯޓާ ޝަރީފް) ގެ އިތުރަށް ވިލިމާފަންނު ދާއިރާގެ މެމްބަރު މުހައްމްދު ނިހާނާއި ވައިކަރާދޫ ދާއިރާގެ މެމްބަރު އަލީ އާރިފް ބައިވެރި ވެފައިވެއެވެ. އަދި މީގެ އިތުރަށް ޑީއާރުޕީގެ އިސްސަފުގައި ހަރަކާތްތެރިވާ  އަލީ ޝަރީފާއި މުހައްމަދު ވަހީދުވެސް މިބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ. އަދި މިހުރިހާ ބޭފުޅުންވެސް މިބައްދަލުވުމުގައި އިއްޔެ ވާހަކަފުޅު ދައްކަވާފައިވެއެވެ.

މިބައްދަލުވުމުގައި ވާހަކަދެއްކެވި ބޭފުޅުންގެ ތެރެއިން ޑީއާރުޕީ މީދޫގޮފީގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުﷲ އިބްރާހިމްދީދީ ވިދާޅުވީ މީދޫގައި ޑީއާރުޕީގެ ކަންތައްތަކުގައި މީގެ ކުރީން އެމީހުންނާއިއެކު އިސްކޮށްހަރަކާތްތެރިވަމުން އައިސްފައިވަނީ އެންމެ ހަތަރުމީހުންކަމަށް ވިޔަސް މިހާރު އެގޮތް މީދޫގައި ބަދަލުވެފައިވާކަމަށާ މިގޮތުން ހޮޓާތަކާއި ޖޯލިފަތި ތަކުގައިކުރެވޭ ސިޔާސީ ބަހުސްތަކުގައިވެސް އެމީހުންނާއިއެކު ބައިވެރިވާމީހުންގެ އަދަދު ގިނަވެފައިވާކަމަށް އަބަދުﷲ އިބްރާހިމްދީދީ ވިދާޅުވިއެވެ.

މިބައދަލުވުމުގައި ވާހަކަ ދެއްކެވި ޑީއާރުޕީގެ އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅުން މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ކުރިއަށް އޮތް ކައުންސިލް އިންތިޚާބް ޑީއާރުޕީން ކާމިޔާބުކުރުމަށް ބޭނުންވާތީ މީދޫއާއި ހުޅުންވެސް ވީހާގިނަ އަދަދެއްގެ ބަޔަކު ޑީއާރުޕީގެ ފޯމްތަކުގައި ސޮއިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އިއްޔެ ބައްދަލުވުމުގައި މިބޭފުޅުން މިހާރުގެ ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައިވާއިރު ޑީއާރުޕީގެ އިސްސަފުން މީގެ ކުރީން ފެނިފައިވާ ޑޮކްޓަރ ފާތިން ހަމީދު ދިއެފްއެމުން އިއްޔެ ފޮނުވި ވަންޓު ވަން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އިދިކޮޅު ކޮންމެ ޕާޓީއަކީވެސް ވެރިކަން ހިންގާފަރާތްތަކަށްވުރެ ރަގަޅު ސަރުކާރެއް ގެނެވޭވަރުގެ ގާބިލްކަން އޮތްބައެއްކަން ދައްކުވައިދޭން ޖެހޭނެކަމަށާ ނަމަވެސް އެކަން ޑީއާރުޕީގެ އިސްސަފުތަކުން މިހާރު ފެންނަން ނެތްކަމަށް ފާތިން ހަމީދު ވިދާޅުވިއެވެ.

އިއްޔެ މީދޫގައި ބޭއްވުނު މިބައްދަލުވުމުގައި ޑީއާރުޕީ މީދޫ ގޮފީގެ ފަރާތުން ޑޭލައިޓް އަބްދުލް ހަކީމާއި ހުޅުދޫ ޑީއާރުޕީ ގޮފީގެ ފަރާތުން ހުޅުދޫ މުޝްތަރީގޭ ޒޫނާވެސް ވާހަކަ ދެއކެވިއެވެ.



ކޮމެންޓު ކުރައްވާ