This option will reset the home page of this site. Restoring any closed widgets or categories.

Reset


މިސައިޓް ސާފްކޮށް ފެނިވަޑައިގަންނަވާނީ "ފަޔަރފޮކްސް" އިން - އަދި ތިރީގައިވާ ފޮންޓްތައް ޑައުންލޯޑްކޮށް އިންސްޓޯލްކޮށްގެނެވެ

ވިޔަފާރިކުރާތަންތަނުން ކަރަންޓްގެ އަގުބޮޑުކޮށްފިނަމަ އެކަމާދެކޮޅަށް މުޒާހިރާ ކުރާނެކަމަށް ހުސެން ސޯލިހު ވިދާޅުވެއްޖެ

ސަދަންޔުޓްލިޓީޒް ލިމިޓެޑުން ހިންގަމުންދާ އިންޖީނުގެ ތަކުން ވިޔަފާރިކުރާތަންތަނުގެ ކަރަންޓްގެ އަގުބޮޑުކުރުމަށް ކުރަމުންދާ މަސައްކަތަށް ދެކޮޅުހަދައި މުޒާހިރާކުރާނެކަމަށް ޑީއާރުޕީގެ ސ.ހިތަދޫ ގޮފީގައި އިސްކޮށް ހަރަކާތްތެރިވާ ހުސެން ސޯލިހު ވިދާޅުވެއްޖެވެ. ހުސެން ސޯލިހު މިހެން ވިދާޅުވީ އިއްޔެ މީދޫގައި ޑީއާރުޕީގެ ފަރާތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ހުސެން ސޯލިހުވިދާޅުވީ  ވިޔަފާރިކުރާތަންތަނުން ކަރަންޓްގެ އަގުބޮޑުކޮށްފިނަމަ އިންޖީނުގޭދޮށަށް އެއްވެ އެކަމާ ދެކޮޅަށް މުޒާހިރާކުރާކޮށް އިންޖީނުގެތައް އެމީހުންގެ ބެލުމުގެ ދަށަށް ގެންނާނެކަމަށެވެ. އަދި ހުޅުދޫއާއި މީދުގެ ރަށްޔިތުންގެ ފަރާތުން ހުސެން ސޯލިހު އެދި ވަޑައިގަތީ އެގޮތަށް ކަރަންޓްގެ އަގުބޮޑުކޮށްފިނަމަ ހުޅުދޫއާއި މީދޫގެ ރަށްޔިތުންވެސް ހުޅުދޫ މީދޫ އިންޖީނުގޭ ދޮށަށްއެއްވެ އެކަމާ ދެކޮޅަށް މުޒާހިރާ ކޮށް ހުޅުދޫމީދޫ އިންޖީނުގެވެސް އެމީހުންގެ ބެލުމުގެދަށަށް ގެނައުމަށް މަސައްކަތްކުރުމަށެވެ.



ކޮމެންޓު ކުރައްވާ