އަބްދުﷲ ސައީދުއާއި އަލީހަމީދު އަދި ނިހާން އާއި މުހުތާޒު ގޭބަންދަށް ބަދަލުކޮށްފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ޕީޖީ މުހުތާޒު ހުސެއިން އަދި މާމިގިލީ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ނިހާން ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ބޭފުޅަކު މިނިވަންކުރަން ފެބްރުއަރީ 1ގައި ކުރެއްވި އަމުރަށްފަހު ހައްޔަރުކޮށް ތަފާތު ތިން ދައުވާއެއް ސާބިތުވެ އަބްދުﷲ ސައީދުގެ މައްޗަށް ތިން އަހަރަށްވުރެ ދިގު ޖަލު ހުކުމެއް އައިސްފައި ވާއިރު، އަލީ ހަމީދުގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ ތިން އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ.

މުހުތާޒާއި ނިހާން ޖަލަށްލާން ހުކުމްކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރު ކުރަން ކޯޓުން އަމުރެއް ނެރުނު މައްސަލައެއް ޝަރީއަތަށް ސާބިތުވުމުންނެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދު ގޭ ބަންދަށް ބަދަލުކޮށްފައިވާއިރު، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ސ. މީދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދެ ފަނޑިޔާރުން ޖަލަށް ލީ އިންސާފުން ނޫން ކަމަށާއި ދެބޭފުޅުން މިނިވަން ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަރަދޫ ސްކޫލް ޕްރީ ސްކޫލަކަށް ބަދަލު ކުރަން ނިންމުމުން ބެލެނިވެރިން އިހްތިޖާޖުކޮށްފި

އައްޑޫސިޓީގެ މަރަދޫ ސްކޫލް، ޕްރީ ސްކޫލަކަށް ހަދަން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމުމުން ބެލެނިވެރިން އެކަމާއި ދެކޮޅަށް އިހްތިޖާޖް ކޮށްފިއެވެ. ...

14-4-2020 ގައި އެއަރބަސް އިން ގަމަށް ދަތުރުކުރި އެންމެންނާ އެމީހުންނާ ކޮންޓެކްޓްވި އެންމެން ގޭގައި މަޑުކޮށްދެއްވާ

14 އެޕްރީލް 2020 ވަނަ ދުވަހު އިރުއޮއްސި 18:30 ގައި ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި މޯލްޑިވިއަންގެ އެއަރބަސް ...

މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރުމަކީ “ދިވެހީންގެރާއްޖެ” ކާމިޔާބު ކުރުމުގައި އޮތް ދެވަނަ މަންޒިލު: ރައީސް

“ދިވެހިންގެރާއްޖެ”އަށް ދާން ފެށި ދަތުރުގައި އަދި ހާސިލްވީ ދެބައިކުޅައެއްބައި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރުމަކީ އެ ...