“އައްޑޫ އެވޯޑު 2019” ގައި ބައިވެރި ނުވާނަން- ހުޅުދޫ ކައުންސިލަރު ޝުކުރީ

    އައްޑޫ ސިޓީ ކައުންސިލުން ދިނުމަށް ހަމަޖެހިފައިވާ “އައްޑޫ ސިޓީ އެވޯޑު ހަފްލާ 2019″  ސ.ގަމުގެ އީކުއޭޓަރ ވިލެޖްގައި ބާއްވަން ނިންމާފައިވަނީ ނުފޫޒުގެ ބޭނުންކޮށްގެން ކޮރަޕްޝަނަށް މަގުފަހިވާގޮތައްކަމަށާ އެހެންކަމުން އެ އެވޯޑް ހަފްލާ ބޮއިކެޓް ކުރައްވާނެކަމަށް ހުޅުދޫ އަވަށުގެ ކައުންސިލަރު އިބްރާހިމް ޝުކުރީ ވިދާޅުވެއްޖެވެ.

    ވީއޯއެމްއަށް މައުލޫމާތުދެއްވަމުން ޝުކުރީ ވިދާޅުވީ އައްޑޫސިޓީ އެވޯޑް ހަފްލާ މީގެ ކުރީން 2 ފަހަރުވެސް ބާއްވާފައިވަނީ އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުތެރެއިން ކޮންމެވެސް އެއްރަށެއްގައިކަމުން މިފަހަރުގެ ހަފްލާ ސ. އަތޮޅުމަދަރުސާގައި ބާއްވައިދިނުމަށް އެދިފައިވާނެކަމަށެވެ. އެހެންނަމަވެސް ސިޓީ ކައުންސިލުގައި ހިމެނޭ ގުޅިފައިވާ ރަށްރަށުގެ މެމްބަރުން ގުޅިގެން ނުފޫޒުގެ ބޭނުންކޮށް އެހަފްލާ ގަމުގެ އީކުއޭޓަރ ވިލެޖްގައި ބޭއްވުމަށް ކައުންސިލުން ފާސްކުރީ އަމިއްލަ ވިޔަފާރިކުރާ މީހަކަށް މާލީގޮތުން މަންފާތަކެއް ހޯދައި ދިނުމުގެ ބޭނުމުގައިކަމަށް ގަބޫލްކުރައްވާކަމަށެވެ. ވީމާ އެމައްސަލަ ރަށްޔިތުންގެ މަޖިލިހުގެ ކަމާއިބެހޭ ކޮމިޓީއަށް ހުށަހަޅުއްވާ އަދި އެހަފްލާ ބޮއިކެޓް ކުރައްވާނެކަމަށްވެސް ޝުކުރީވަނީ ވިދާޅުވެފައެވެ.

    ” އައްޑޫސިޓީގެ ބަޖެޓުން ވަރަށް ބޮޑުޚަރަދެއްކޮށްގެން ބާއްވާ އައްޑޫސިޓީ އެވޯޑް ހަފްލާ 2019 ސ. އަތޮޅުމަދަރުސާގައި ބޭއްވުމަށް ހުށަހެޅީ  އަތޮޅުމަދަރުސާގެ ހޯލަކީވެސް މިފަދަ ހަފްލާއެއް ބޭއްވޭފަދަ ޖާގައިގެ ގޮތުން ބޮޑު ތަނަވަސް ހޯލަކަށްވެފައި އައްޑޫސިޓީ ކައުންސިލުން އެފަދަ ބޮޑު ޚަރަދެއް ކޮށްގެން ބާއްވާ ހަފްލާތައް ހަމަހަމަ ގޮތެއްގައި އައްޑޫސިޓީގެ އަވަށްތަކުގައި ބޭއްވުމުގެ ބޭނުމުގައި ، އެހެންނަމަވެސް ސިޓީކައުންސިލްގެ ގުޅިފައިވާ ރަށްތަކުގެ މެމްބަރުން ގުޅިގެން  ހުޅުދޫއާއި މީދޫ ބާކީކުރުމުގެ ސިޔާސަތުގެ ދަށުން ގަމުގައި އެވޯޑް ހަފްލާ ބޭއްވުމަށް ނިންމީ .  ދާދީފަހުން އައްޑޫސިޓީ ހިތަދޫގައި ބޭއްވުނު ޓީޗާސް ކޮންފަރެންސް ހިތަދުއަށް ނިސްބަތްވާ ސްކޫލެއްގައި ބޭއްވިއިރު އެސްކޫލްގައި އެހަފްލާ ބޭއްވި ހޯލް އޭސީކުރުމަށް ސިޓީ ކައުންސިލުގެ ބަޖެޓުންވަނީ ބޮޑު ހޭދައެއްކޮށްފައި .  އެހެންވީމާ ކީއްވެގެންތޯ އައްޑޫސިޓީ އެވޯޑް ހަފްލާ ހުޅުމީދުއަށް ނިސްބަތްވާ އަތޮޅު މަދަރުސާގެ ހޯލްގައި ބޭއްވުމަށް އެބޭފުޅުން ދެކޮޅު ހަދަނީ  .  އެހެންކަމުން ނުފޫޒުގެ ބޭނުންކޮށް ހުޅުމީދޫ ބާކީ ކުރުމަށްފަހު ބާއްވާ އެހަފްލާގައި ހުޅުދޫއާއި މީދޫގެ ރަށްޔިތުންގެ ހައްގުގައި އަޅުގަޑު ބައިވެރި ނުވާނަން. އަދި އެހްފަލާ ގަމުގެ އީކުއޭޓަރ ވިލެޖްގައި ބޭއްވުމަށް ނިންމި މައްސަލަ މަޖިލިހުގެ ކަމާއިބެހޭ ކޮމިޓީއަށް ހުށަހެޅުމުގެ މަސައްކަތް މިހާރުދަނީ ކުރަމުން . ” ޝުކުރީ ވިދާޅުވިއެވެ.

    އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފައިވާގޮތުން  އައްޑޫސިޓީ  އެވޯޑަކީ އައްޑޫއަށް އެކި ގޮތްގޮތުން ރީތި ނަމާއި ފަޚުރާއި ޝަރަފް ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނާއި، އެފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެއް ކަމަށެވެ.

    އެގޮތުން މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ހަތަރު ގިންތިއަކަށްވެސް ސިޓީ ކައުންސިލުންވަނީ ހާމަކޮށްފައެވެ.  އެއީ

    – ޝަރަފުވެރި ކަމުގެ އިނާމް
    – ޚިދުމަތުގެ އިނާމް
    – ހިތްވަރު ދިނުމުގެ އިނާމް
    – މަތީ ދަރަޖައިގެ އިނާމް

    މި އެވޯޑަށް ނަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއަދުގެ  14:00 ގެ ކުރިން އައްޑޫ ސިޓީ ކައުންސިލް އިދާރާ އަށް އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހެއެވެ.

    “އައްޑޫސިޓީ އެވޯޑް 2019” ގެ އެވޯޑަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ކައުންޓަރުން، ރަސްމީގަޑީގައި ލިބެން ހުންނާނެއެވެ. އަދި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ވެބްސައިޓް www.adducity.gov.mv އިން ޑައުންލޯޑް ކުރެވެން

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި

    ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލުކޮށްފި އެވެ. ގެފުޅުގެ އުރަކޮޅު ބަދަލުކުރަނީ ކޮންމެ ހައްޖު ދުވަހެއްގެ ފަތިސް ...

    12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފި

    ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ. ސުޕްރީމް ...

    އައްޑޫގައި ވަކި ދަޢުލަތެއް ޤާއިމްކުރުމަށް މަޝްވަރާކޮށްފި

    އައްޑޫ ސިޓީގައި ވަކި ދަޢުލަތެއް ޤާއިމްކުރަން އެސިޓީގެ ބައެއް ކައުންސިލް މެމްބަރުންނާ އެމްޑީޕީގެ އިސް ބޭފުޅުންނާއެކު ކުރީގެ ރައީސް ...

    ވޯލްޑިވްސް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރީގެ ގައުމީ ސެޓަރު މުހައްމަދު ރަނޭޝް ހޮވިއްޖެއެ

    ވޯލްޑިވްސް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރީގެ ގައުމީ ސެޓަރު މުހައްމަދު ރަނޭޝް ހޮވިއްޖެއެވެ. މައްސަލަ ބޮޑުވެފައިވާ ވީއޭއެމްގެ ...

    ކޯވިޑް-19 : މި ހަފްތާގައި އެކަނިވެސް 500 މީހުން ޕޮޒިޓިވްވި، ގިނައީ އެއްވެސް ކްލަސްޓަރއަކާ ގުޅުމެއްނެތް މީހުން

    މި ހަފްތާތެރޭގައި 500 މީހަކަށް ކޯވިޑް-19 ޖެހުނުއިރު އޭގެ ތެރޭގައި ގިނައީ އެއްވެސް ކްލަސްޓަރއަކާއި ގުޅުމެއްނެތް މީހުންކަމަށް ޓެކްނިކަލް ...

    އިތުރު 06 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

    ރާއްޖެ އިން އިތުރު 06 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ މީގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި ...