އައްޑޫސިޓީގެ އަވަށްތަކުން ފިޠުރު ޒަކާތް ބަލައިގަތުމާބެހޭ

އައްޑޫސިޓީގެ އަވަށްތަކުގެ އަވަށު އޮފީސް ތަކަށް އޮންލައިންކޮށް މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން 02 ރަމަޟާން 1441  (25 އެޕްރީލް 2020)  ވާ ހޮނިހިރު ދުވަހުންފެށިގެން  27 ރަމަޟާން 1441  (20 މެއި 2020) ވާ ބުދަ ދުވަހުގެ  މެންދުރު 12:00 ގެ ނިއަލަށް ހަމަޖެހިފައިވާނެކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ފިތުރު ޒަކާތް ދެއްކުމާއިބެހޭގޮތުން އައްޑޫސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި އާންމުކޮށް ކައި އުޅުނު ބާވަތްތަކުން (ގޮވާމުން)  2.4 ކިލޯގެ މިންވަރެވެ. ނުވަތަ އެ ޢަދަދަށްވާ އަގެވެ.

މިގޮތުން އައްޑޫސިޓީގެ އަވަށްތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އަގުތައް ތިރީގައި ދަންނަވާފައިއެވަނީއެވެ.

އާދައިގެ ހަނޑުލުންނަމަ މީހަކަށް   -/12ރ  )ބާރަ ރުފިޔާ )
ތައިލެންޑްގެ ހުދު ހަނޑުލުންނަމަ މީހަކަށް -/31ރ  (ތިރީސް އެއް ރުފިޔާ )
ބާސްމަތީ މުޅުހަނޑުލުންނަމަ މީހަކަށް -/55ރ  (ފަންސާސް ފަސް ރުފިޔާ)
ރަތްހަނޑުލުންނަމަ މީހަކަށް -/62ރ  (ފަސްދޮޅަސް ދެ ރުފިޔާ)
އާދައިގެ ފުށް މީހަކަށް 9/- ރުފިޔާ (ނުވަ ރުފިޔާ)

 

ފިތުރު ޒަކާތުގެ ފައިސާ ޖަމާކުރުމަށް ހަމަޖެހިފައި ވަނީ ކައުންސިލް އިދާރާއިން ހަމަޖައްސަވާފައިވާ ތިރީގައި އެވާ ބީ.އެމް.އެލް އެކައުންޓަށެވެ.

އެކައުންޓް ނަންބަރ: 7708700341004

އެކައުންޓް ނަން: 1277-Kharadhu 2

އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކުމަށްފަހު ފައިސާ ޖަމާކުރި ނުވަތަ ފައިސާ ޓްރާންސްފަރކުރި ސްލިޕް އެ މީހަކު ހިމެނޭ އަވަށެއްގެ ވައިބަރ ނަންބަރަށް ފޮނުއްވައި ދެއްވުމަށްވެސް ސިޓީކައުންސިލުގެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.  އަދި ސްލިޕްގެ ރިމާކްސް ގައި ޒަކާތުގެ ގޮތުގައި ފައިސާ ދެއްކެވި މީހުންގެ އަދަދާއި، ރޭޓް އަދި ފައިސާ ދެއްކި ފަރާތުގެ ނަމާއި އެޑްރެސް ލިޔުއްވުމަށްފަހު ފޮނުވައި ދެއްވުމަށްވެސް ސިޓީކައުންސިލުން އެދިވަޑައިގެންފައިވެއެވެ.

ތިރީގައި ދަންނަވާފައި އެވަނީ ފިތުރު ޒަކާތް އޮންލައިންކޮށް ދެއްކުމަށްފަހު ނުވަތަ ޓްރާންސްފާރ ކުރުމަށްފަހު ސްލިޕް އަދި ތަފްސީލް ވައިބަރަ ކޮށް ފޮނުވަންޖޭ ނަމްބަރު ތަކެވެ.

# އަވަށް ވައިބަރ ނަންބަރ
1 ހިތަދޫ އަވަށް 9494495
2 މަރަދޫ އަވަށް 7900621
3 މަރަދޫ ފޭދޫ އަވަށް 7651634
4 ފޭދޫ އަވަށް 7902809
5 ހުޅޫދޫ އަވަށް 7938600
6 މީދޫ އަވަށް 7842725

 

 

 

 

 

 

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗެމްޕިއަންސް ލީގު: ޗެލްސީއާއި ރެއާލްގެ މެޗް އެއްވަރުވެގެން ނިމިއްޖެ

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި ރެއާލް މެޑްރިޑާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރުވެގެން ...

ޑިއުޓީ ކުޑަކުރުމުން ސަރަހައްދީ ބަނދަރުތަކަށް ލިބޭ އާމްދަނީ ދަނީ އިތުރުވަމުން: ރައީސް

ސަރަހައްދީ ބަނދަރުތަކުން ނަގާ ޑިއުޓީ ކުޑަކުރުމާއިއެކު މިދިޔަ އަހަރު އެތެރެކުރި މުދަލުގެ އަގު 566 މިލިއަން ރުފިޔާއަށްވުރެ މަތިވެފައިވާކަމަށް ...

ކޯޓުން ގޮތެއް ނިންމަންދެން ހިތަދޫގެ ގޯތިތައް ހުސްކުރުން މަޑުޖައްސާލަން އަންގައިފި

އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ހުސް ކުރުމަށް އެ ސިޓީ ކައުންސިލުން އެންގި ...