އައްޑޫ ސިޓީއަށް 5 އަސް ގެނައުމަށް އެގްރިކަލްޗަރ މިނިސްޓްރީން ހުއްދަދީފި

އައްޑޫ ސިޓީއަށް 5 އަސް ގެނައުމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހުއްދަދީފިއެވެ.

އައްޑޫގެ ޒުވާނުންތަކެއް އިސްނަގައިގެން އެސިޓީއަށް އަސްތަކެއް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށާއި އެކަމަށް ބޭނުންވާ ހުއްދަތަށް ކަމާގުޅޭ މިނިސްޓްރީންތަކުން ހޯދާފައިވާކަމުގައި މިއަދު ބޭއްވި ރައްޔިތުންގެ ޖަލްސާގައި މަޖިލީހުގެ ރައީސް ރައިސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އައްޑޫ އަށް އަސްގެނައުމަށް ކުރަމުންދާ މަސައްކަތް އެކަމުގެ މަސައްކަތްކުރާވާ ޒުވާނާ އެމަނިކުފާނާއި ހިއްސާކުރައްވާފައިވާކަމަށެވެ.

އެގޮތުން އަސްތައް ގެނައުމުން އައްޑޫ ރައްޔިތުންނަށްވެސް އަދި އެސިޓީއަށް ޒިޔާރާތްކުރާ ފަތުރުވެރިންނާއި މެހެމާނުންނަށްވެސް އެޔަށް އަރާލެވޭނެ ގޮތް މިކަން އިންތިޒާމުކުރާ ފަރާތުން ހަމަޖައްސަވާނެކަމަށް ޤަބޫލުކުރައްވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އަދި މިއީ ޝައުގުވެރި އަޖުމަބަލާލުން ރަނގަޅު ކަމަކަށް ވެގެންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަސްތައް ރާއްޖެ ގެންނަނީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެނިމަލް ބޯޑުގެ ނަގަންޖެހޭ ހުއްދަ ނަގައިގެންނެވެ. އަދި އަސްތައް ގެންނަނީ ޖަހަންޖެހޭ ވެކްސިންޖަހައި އެތަކެތި ބަލަހައްޓާނެ އެކަށީގެންވާ ތަނެއްހަމަޖައްސައިގެންކަމަށެވެ.

މީހުންދިރިއުޅޭ ރަށަކަށް އަސް ގެނައުމުގެ މަސައްކަތް ދިވެހިބަޔަކު ފަށާފައިވާއިރު މީގެކުރިން ރާއްޖޭގެ ބައެއް ރިސޯޓްތަކަސްވެސް ވަނީ އަސްގެނެސްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަޖިލިސް ހުޅުވުމުގެ ކުރިން ޓެކްސް ބޮޑުކުރުމުގެ ބިލް ހުށަހަޅަނީ

މަޖިލިސް ހުޅުވުމުގެ ކުރިން ޓެކްސް ބޮޑުކުރުމުގެ ބިލްް ހުށަހެޅުމަށް ނިިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ. ޓީޖީއެސްޓީ އަދި ޖީއެސްޓީ ...

ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާންޑަށް ތަފާތު އާ ކޮންޓެންޓް ތަޢާރަފްކޮށްފި

ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ފީޗަރ ނުވަތަ ވީ.އޯ.ޑީ އަށް މުޅިން އާ މުނިފޫހިފުލުވުމާއި ދީނީ ކޮންޓެންޓް ...

ދެވަނަ ބުރަށް ކޯލިޝަން ހެދުމަށް ޕާޓީތަކާއި ލީޑަރުންނަށް ޑރ މުޢިއްޒު ދަޢުވަތުދެއްވައިފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ސިޔާސީ ޕާޓީތަކާއި ލީޑަރުން ޕީޕީއެމް ޕީއެންސީ ކޯލިޝަންއާއި ގުޅިވަޑައިގެން ކުރިއަށްދިއުމަށް ޕީއެންސީގެ ރިޔާސީ ...