އައްޑޫސިޓީގައި ވިޔަފާރިކުރުމުގެ ގަޑިތަކަށް ބަދަލުގެނެސްފި

މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެފައިވާ ފަރާތްތައް ގިނަވަމުން ދިއުމާއި މިބަލިއަށް ޕޮޒިޓިވް ވެފައިވާ މީހުން ކުއްލިގޮތަކަށް މާލެން ފެންނަން ފެށުމާއި ގުޅިގެންއައްޑޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން (  18 އެޕްރީލް 2020ން ފެށިގެން )   ސިއްހީ ޚިދުމަތްދޭ ކްލިނިކް ތަކާއި ބޭސްފިހާރަތައް ފިޔަވައި ވިޔަފާރިކުރާ ފިހާރަތަކާއި އާއްމުޚިދުމަތްދޭ ތަންތަނުން ޚިދުމަތް ދިނުމުގައި ތިރީގައި މިދަންނަވާ ގޮތުގެ މަތީން ޢަމަލުކުރުމަށް އައްޑޫސިޓީ ކައުންސިލުން އަންގަވައިފިއެެވެ.

# އާއްމު ވިޔަފާރި ކުރާފިހާރަތަކާއި، ޢާއްމުޚިދުމަތް ދޭތަންތަން ހުޅުވިފައި ހުންނަންވާނީ ހެނދުނު 09:00އިން ހަވީރު 05:00އަށް.

ވިޔަފާރި ކުރާތަންތަނުން ހަވީރު 5:00އިން ރޭގަނޑު 10:00އަށް ޑެލިވަރީ ކޮށްދިނުން.

# ހޮޓާ ރެސްޓޯރަންޓް ފަދަތަންތަނުން ހެނދުނު 09:00 އިން ރޭގަނޑު 12:00އަށް ހަމައެކަނި ޓޭކް އަވޭއާއި، ޑެލިވަރީގެ ޚިދުމަތްދިނުން.

# ގާޑިޔާތަކުގެ ވިޔަފާރި ހެދުނު 09:00ން ހަވީރު 05:00އަށް ޓޭކް އަވޭއާއި ޑެލިވަރީ، ކޮށްދިނުން.

މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނު ނަމްބަރު 2010/7 “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވާގޮތުގެމަތިން ޤާނޫނީ ފިޔަވަޅު އެޅޭނެކަން ސިޓީކައުންސިލުން ޢާންމުކޮށްފައިވާ އިއުލާނުގައި ހާމަކޮށްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރު 36 މީހަކު ކޮވިޑް19 އަށް ޕޮޒިިޓިވް ވެއްޖެ

އިތުރު 36 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މި  36 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 29 ...

ރިޔާސީ ކެމްޕެއިނާއި، މެނިފެސްޓޯގެ މަސައްކަތް ރޯދަމަސް ނިމުމާއެކު ފަށާނަން: ފައްޔާޒް

ރިޔާސީ ކެމްޕެއިނާއި، މެނިފެސްޓޯގެ މަސައްކަތް ރޯދަމަސް ނިމުމާއެކު ފަށާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު އިސްމާއީލު ...