އައްޑު ސިޓީ ގަމުން ކޮވިޑް 19 އަށް 2 މީހަކު ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީ ގަމުން 2 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވުމާއި ގުޅިގެން ހުރިހާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އައްޑޫ ސިޓީ ކައުންސިލުން އެދިއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ވަބާ ރާއްޖޭގެ ގިނަ ރަށްތަކަކަށް ފެތުރިފައިވާ އިރު، މި ބައްޔަށް ޕޮޒިޓިވްވަމުންދާ ފަރާތްތައް، އައްޑޫ ސިޓީ އިން މަދުން ނަމަވެސް ފެންނަން ފަށާފައިވާ ކަމަށެވެ.

އަދި ކޮވިޑް 19 ގެ މި ބަލިމަޑުކަން އައްޑޫ ސިޓީ އަށް އިތުރަށް ފެތުރިގެން ނުދާނެ ގޮތަކަށް ޢާއްމު ދިރިއުޅުމުގައި ރައްޔިތުންގެ ޢަމަލުތައް ބެހެއްޓުމާއިއެކު، ހުރިހާ ރައްޔިތުން ގުޅިގެން ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ތިއްބެވުމަކީ، މި ބަލިމަޑުކަން އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އެޅޭނެ މައިގަނޑު ފިޔަވަޅެއް ކަމުން އެގޮތަށް އަމަލު ބެހެއްޓުމަށް ކައުންސިލުން ވަނީ އެދިފައެވެ.

އެގޮތުން، ފޭސް މާސްކް އެޅުމާއި ގިނަގިނައިން އަތް ދޮވުމާއި ސެނިޓައިޒަރ ބޭނުން ކުރުމާއި މީހުން ގިނައިން އެއްވާ ތަންތަނަށް ގޮސް އުޅުމުގައި 3 ފޫޓް ގެ ދުރުމިން އިޚްތިޔާރު ކުރުންފަދަ ކަންކަމަށް އަބަދުވެސް ރައްޔިތުން ސަމާލުވެ ތިއްބެވުމަށް އެދިފައިވެއެވެ. އަދި ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވެގެން ނޫނީ މޫނާއި ލޮލާއި ނޭފަތާއި އަނގަމަތީގައި އަތްލައި ނުހެދުމަށް ސަމާލުކަން ދެއްވުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.

މީގެ އިތުރުން، ސަރުކާރުގެ އޮފީސްތަކުން ޚިދުމަތް ހޯދަން އަންނަ އިރު ފޭސް މާސްކް ބޭނުން ކުރެއްވުމަށާއި ކޮންމެ އޮފީހަކުން ވެސް ޚިދުމަތަށް އެދިގެންނާއި އެނޫން ބޭނުންތަކުގައި ދާ ފަރާތްތަކުން ފަސޭހައިން އަތް ދޮވެވޭނެ ނުވަތަ ސެނެޓައިޒް ކުރެވޭނެ ނިޒާމެއް ޤާއިމުކޮށްފައި ބެހެއްޓުމަށް ވަނީ އަންގާފައެވެ.

އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ 24 ރަށަކުން 89 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން މާލެ ފިޔަވައި 3 ކޮވިޑް ފެސިލިޓީއެއްގައި 7 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މަސްދަރު: ރާއްޖެ އެމްވީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ކޮބާހޭ ފަންޑު ކުރި މީހާ”

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އަށް ފަންޑު ކުރި މީހުން ...

‏‏”މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021″ ގެ ބައިވެރިންނަށް މީދުން ހޫނު މަރުހަބާއެއް

“މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021” ގެ ބައިވެރިން މީދުއަށް އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ‏”މޯލްޑިވްސް ޖެޓްސްކީ ޓުއަރ ...

“ތަޢުލީމީ ދާއިރާ އެހެން ހަރުފަތަކަށް ގެންނަންޖެހޭ”

އައްޑޫސިޓީގެ ތަޢުލީމީ ދާއިރާ އެހެން ހަރުފަތަކަށް ގެންނަންޖެހޭ ކަމަށް މޭޔަރ އަބްދުﷲ ޞާދިޤް ވިދާޅުވެއްޖެއެވެ. މޭޔަރ މިހެން ވިދާޅުވީ ...