އައްޑޫސިޓީގެ 4 ސަރަޙައްދެއް ހިމާޔަތްކުރުމަށް ރައީސް ނިންމަވައިފި

އައްޑޫސިޓީގެ ބައެއް ސަރަޙައްދުތައް ހިމާޔަތްކުރުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ. އައްޑޫ ސިޓީން ހިމާޔަތްކުރުމަށް ނިންމާފައިވާ ސަރަހައްދުތަކަކީ، ކޮޑަ ކަނޑަ އާއި ކަނޑިހެރަ، ހިތަދޫ މާކިޅި އާއި މެދެއާރަ އަދި ފެހެލެ ކިޅި، ހުޅުދޫ މާފިށި ކިޅިއާއި (ކޭވަކާ ގޮނޑޮ)، ހުޅުދޫ އަދި މީދޫގެ މެދަށް އޮންނަ މަތިކިޅި ސަރަޙައްދެވެ.

މީދޫ އެކޯގާޑަން ސަރަހައްދު : މިސަރަހައްދު ވަނީ ހިމާޔަތްކުރެވިފައި

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު ހިމާޔަތްކުރެއްވުމަށް ނިންމެވި 4 ސަރަޙައްދަކީ އައްޑޫ ސިޓީ ބަޔޮސްފިއަރ ރިޒާވަކަށް ހެދުމަށް 30 ސެޕްޓެންބަރު 2019 ގައި ޔުނެސްކޯ އަށް ހުށަހެޅިފައިވާ، ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދުތަކެކެވެ.

މީދޫ އެކޯގާޑަން ހިމެނޭ ސަރަހައްދުވަނީ ހިމާޔަތްކުރެވިފައި

އައްޑޫ ސިޓީ ބަޔޮސްފިއަރ ރިޒާވަކަށް ހެދުމަށް ޔުނެސްކޯއަށް ހުށަހަޅާފައިވަނީ އާންމުންގެ ޚިޔާލު ހޯދުމުގެ ސަރވޭއިން އައްޑޫ ސިޓީގެ %97 ރައްޔިތުން ބޭނުންވާކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ މިއަދު ކަރުދާސް ހުށަހަޅުއްވަމުން ވަނީ ވިދާޅުވެފައެވެ. އަދި އެސަރަޙައްދުތައް ޙިމާޔަތްކުރުމަށް ހުށަހެޅީ ކަމާބެހޭ މިނިސްޓްރީތަކާއި، އިދާރާތަކާއި، އެކި ސިނާޢަތްތަކާވެސް މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި ތަންތަން ހިމާޔަތްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު، އައްޑޫ ސިޓީގެ ޢުމްރާނީ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކަށް ހުރަސްނޭޅޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވާފައިވެއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ މަތިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 11 ސަރަޙައްދަކާއި ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަޙައްދު ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި ގެޒެޓްކުރައްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫއަށް ކޮވިޑުގެ ބިރު ބޮޑު، ކޮންޓެކްޓު ޓްރޭސިންއަށް އެއްބާރުލުމެެއް ނުލިބޭ!

ހިތަދޫގައި ހޯމް ކަރަންޓީނުހުރި މީހަކު އުސޫލާއި ހިލާފަށް ބޭރަށް ނިކުމެ އުޅެފައިވަނިކޮށް އެމީހާ  ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެކަމަށާ އެހެންނަމަވެސް ...

މިއަދު މީދޫއާއި ހުޅުދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 25 ސެޕްޓެމްބަރ 2020 ވަނަ ދުވަހު )  މީދޫ އާއި ހުޅުދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ...

ރޭ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި ޝައުނާގެ ޖަނާޒާ ބާއްވައިފި

މާލޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ނިޔާވި އައިޝަތު ޝައުނާގެ ޖަނާޒާ ބާއްވައިފިއެވެ. ޝައުނާގެ ކަށުނަމާދުކޮށްފައިވަނީ އިސްލާމީ ...