އައްޑޫސިޓީ ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފި

    އަނެއްކާވެސް އައްޑޫ ސިޓީ ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓު ނެރެފިއެވެ.

    މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ލ. އަތޮޅުންފެށިގެން  އައްޑޫ ސިޓީއާއިހަމައަށް ޔެލޯ އެލާޓް ނެރެފައިވަނީ މިރޭ 21:00  އިން މިރޭގެ ދަންވަރު  1:00 ގެ ނިޔަލަށެވެ.

    އައްޑޫސިޓީ ހިމެނޭ ސަރަހައްދަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން މިރޭ 19:00 ން މިރޭގެ ދަންވަރު 1:00 އަށް ވައިޓް އެލާޓް ނެރެފައިވާއިރު މިއަދުގެ އެހެން ދެވަގުތެއްގައި އައްޑޫސިޓީ ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓްވެސް ނެރެފައިވެއެވެ.

    މސިޓީ އާއި އައްޑޫ ސިޓީއަށް ނެރެފައިވާ ޔެލޯ އެލާޓުގައި ބުނެފައިވަނީ، ލ. އަތޮޅުން ފެށިންގެން އައްޑޫސިޓީއާއިހަމައަށް ޔެލޯ އެލާޓް ނެރެފައިވާ ވަގުތުތަކުގައި  ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާ އަދި ވިލާގަޑުގައި 50 މޭލަށް ވައިގަދަވާނެކަމަށްވެސް މީޓިއޮރޮލޮޖިކަލްގެ ޔެލޯއެލާޓްގައި ހާމަކޮށްފައިވެއެވެ.

    މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާގައި އައްޑޫސިޓީއަށްވެސް  ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ  ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް މިއަދު ވަނީ ފެންވަދެފައެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ކޮވިޑް-19 : މިއަދު ޕޮޒިޓިވްވީ 116 މީހުން – އޭގެ ތެރޭގައި 77 ދިވެހީން

    މިއަދުވެސް ރާއްޖެއިން ކޯވިޑް-19އަށް ސަތޭކައަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެއެވެ. މިއަދު އިރުއޮޮއްސި ހައެއްޖެހުމާއި ހަމައަށް 116 ޕޮޒިޓިވްވީއިރު، އޭގެ ...

    އެމްޓީސީސީގެ އެމްޑީއަކަށް ސ. މަރަދޫފޭދޫ ޝާހު ހަމަޖައްސަވައިފި

    ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ސ. މަރަދޫފޭދޫ ބަގީޗާގޭ ހަސަން ...

    އެއްފުރާޅެއްގެ ދަށަށް ކުދީން ގެންނަނީ އުގެނުމަށް ފަހިކުރަން ؟

    ދަރިވަރުންގެ ކާމިޔާބީގެ އިތުރު އެހެން ބަހާތައް:  ( 11 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ ލިއުމާއި ގުޅޭ ) ...

    ވަކި ކުޅުންތެރިއަކު އުފަލުގައި ބެހެއްޓުން އެއީ އޭނާއާ ކްލަބުން ހަވާލުކޮށްފައިވާ މަސައްކަތެއް ނޫން

      ވަކި ކުޅުންތެރިއަކު އުފަލުގައި ބެހެއްޓުން އެއީ އޭނާއާ ކްލަބުން ހަވާލުކޮށްފައިވާ މަސައްކަތެއް ނޫންކަމަށް ޗެލްސީގެ ކޯޗް ބުނެފިއެވެ. ...

    ކޯވިޑް-19 : އިތުރު 37 މީހަކު ޕޮޒިޓިވްވެއްޖެ

    އިތުރު 37 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖޭގައި މިބަލި ޖެހުނު މީހުންގެ ޢަދަދު 1143އަށް އިތުވެއްޖެއެވެ. މީގެ ތެރޭގައި ...

    ސްޕްރިންކޯޓުން ނެރުނު ހުކުމަކީ ހިމޭން ބަޣާވާތެއް- އިމްތިޔާޒް ފަހުމީ

    ޕްރައިމަރީގައި ބަލިވިޔަސް އިންތިޚާބުގައި ވާދަކުރެވޭގޮތައް ސްޕްރިންކޯޓުން ނެރުނު ހުކުމަކީ ހިމޭން ބަޣާވާތެއްކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތި ...