އައްޑޫ ކްލަބަކުން ކޮވިޑް 19 ގެ ހާލަތުގައި ބޭނުން ކުރެވޭ ބައެއް ތަކެތި ހަނިމާދޫ ކައުންސިލަށް ހަދިޔާކޮށްފި

    ކޯވިޑް-19 ހާލަތުގައި ބޭނުން ކުރެވޭނެ ބައެއް ތަކެތި  އައްޑު އަތޮޅުގެ ހިތަދޫއަށް ނިސްބަތްވާ ފުޓްބޯޅަ ކުލަބެއް ކަމުގައިވާ އެފްސީ ޒެފިއާ އިން ހދ. ހަނިމާދޫއަށް ހަދިޔާ ކޮށްފިއެވެ.

    މިގޮތުން އެފްސީ ޒެފިއާގެ ފަރާތުން އިއްޔެ ހަދިޔާ ކުރި މިތަކެތި  ހަނިމާދޫ ކައުންސިލާއި ހަވާލު ކޮށްދެއްވީ ޒެފިޔާގެ އަޙުމަދު ނާފިޒްއެވެ. ހަނިމާދޫ ކައުންސިލްގެ ފަރާތުން އެތަކެއްޗާއި ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް އަބްދުލް ސަލާމް ޢަލީ އެވެ.

    މި ތަކެއްޗާއި ހަވާލުވެ ވާހަކަ ދައްކަވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މިފަދަ ދަޑިވަޅެއްގައި އެފްސީ ޒެފިއާގެ ފަރާތުން ހަދީ ކޮށްދެއްވީ ވަރަށްވެސް ބޭނުން ތެރި ހަދިޔާއެއް ކަމަށެވެ. އަދި މިފަދަ އެހީއެއް ފޯރުކޮށްދިން ކަމަށްޓަކައި، ހަނިމާދޫ ކައުންސިލްގެ ނަމުގައި އަދި ހަނިމާދޫގެ ރައްޔިތުންގެ ފަރާތުން އެފްސީ ޒެފިއާއަށް ޝުކުރު އަދާ ކުރާކަމަށް ހަނިމާދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ

    މީގެ އިތުރަށް ހަނިމާދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ހިތަދޫއާއި ހަނިމާދޫއަކީ ރާއްޖޭގެ އެންމެ ދެކޮޅުގައި އޮތް ދެރަށްކަމުގައިވިޔަސް ދިވެހިންނަކީ އެއްބައިވަންތަ އަހުވަންތަ ބައެއްކަން ހިތަދޫ އެފްސީ ޒެފިއާގެ ފަރާތުން ހަދިޔާކުރި ތަކެތީގެ ސަބަބުން އެނގިގެންދާ ކަމަށެވެ.

    އިއްޔެ ހިތަދޫ އެފްސީ ޒެފިޔާގެ ފަރާތުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ހޭންޑް ސެނެޓައިޒަރ ޖެލް 500 އެމްއެލް 4 ފުޅި ،  ހޭންޑް ސެނެޓައިޒަރ ލިކުއިޑް 1 ލީޓަރ 4 ފުޅި ،  ހޭންޑް ސެނެޓައިޒަރ ޖެލް  240 އެމްއެލް 14 ފުޅި ، ސާރފެސް ޑިސްއިންފެކްޓަރ 500 އެމްއެލް 4 ފުޅި ، އަދި  150 މާސްކުގެ އިތުރުން 300 އަންގިއެވެ.

    އިއްޔެ ހަނިމާދޫއަށް އެހީތެރިކަން ފޯރުކޮށްދިން ހިތަދޫ އެފްސީ ޒެފިއާ އަކީ 1990 އިން ފެށިގެން އައްޑޫ ހިތަދޫގައި ގައި ހަރަކާތް ތެރިވަމުން އަންނަ ފުޓްބޯޅަ ކުލަބެކެވެ. މިކުލަބުން މީގެކުރިން ވަނީ އައްޑޫގެ އެކިއެކި ހަރަކާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

    މަސްދަރު: ތިލަދުން

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ދެކުނުގެ ކުނި މެނޭޖުކުރުމުގެ މަޝްރޫއަށް އަބޫދާބީ ފަންޑުން އެހީދީފި

    އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީއާއި ހުވަދު އަތޮޅު ހިމެނޭ ދެކުނު ސަރަޙައްދުގައި ޤާއިމްކުރާ ރީޖިނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ...

    ނަރުދޫން އިތުރު ތިން މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

    ށ. އަތޮޅު ނަރުދޫން، އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ...

    ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ޝަމާލް އައްޔަން ކުރައްވައިފި

    ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ސިފައިންގެ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލު ...

    ޝެއިހް ޖައުފަރު ފާއިޒު އަވަހާރަވެއްޖެ

    މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޑޫ ސިޓީ މީދޫ ދެކުނުގެ، ޝައިޚް ޖައުފަރު ފާއިޒް އަވަހާރަވެއްޖެއެވެ. ޝެއިޚް ޖައުފަރު 65، ...

    ކޮވިޑް-19: އަނެއްކާވެސް އިތުރު ދިވެއްސަކު ކޮވިޑް 19 އަށް ޕޮސިޓިވް ވެއްޖެ

    އަނެއްކާވެސް އިތުރު ދިވެއްސަކު ކޮވިޑް-19އަށް ޕޮސިޓިވް ވެއްޖެކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން ކޮވިޑް19 އަށް ޕޮސިޓިވް ވެފައިވަނީ ...

    ކޯވިޑް 19 އަށް ސޯދުބެ ޕޮސިޓިވް ވެއްޖެ

    ދިވެހި ބަހާއި ތާރީހަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި ސޯދުބެ ކޯވިޑް 19 އަށް ޕޮސިޓިވް ވެއްޖެއެވެ. ސޯދުބެ ...