އައްޑޫގައި އިތުރު ފަސް ދުވަހަށް ކާފިއު ހިންގަން ނިންމައިފި

advertisement

އައްޑޫ ސިޓީގައި އިއުލާންކޮށްފައިވާ ކާފިއު އިތުރު ފަސްދުވަހަށް ދަންމާލައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އައްޑޫގައި އިތުރުފަސް ދުވަހަށް ކާފިއު ހިންގުމަށް ނިންމާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރެވެ.

ކޮވިޑާއި ކުޅިގެން އައްޑޫސިޓީގައި ކާފިއު ހިންގަންފަށާފައިވަނީ ހުސްވިމެއިމަހުގެ 7 ވަނަ ދުވަހުންފެށިގެންނެވެ.

އައްޑޫގައި ކޮވިޑް 19 އާއި ގުޅިގެން ކާފިއު ހިންގަމުން އަންނަނީ ހަވީރު ހަތަރަކުން ފެށިގެން ފަތިހު 4:00 އަށެވެ. އެ ވަގުތުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުތުން ވަނީ މަނާކޮށްފައެވެ.

އަދި އައްޑޫގައި އެއް އަވަށުން އަނެއް އަވަށަށް އަދި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށާއި، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި، އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެއުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ. މީގެއިތުރުން ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލުމަށާއި، ފިރާތަކުން ޚިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމުގެ އިތުރުން ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓާލުމަށް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ. ނަމަވެސް ކާފިއު ވަގުތުގައި އެ ދެ ހިދުމަތް ވެސް ނުދެވޭނެއެވެ.

އައްޑޫ ސިޓީގައި އިތުރު ފަސްދުވަހަށް ކާފިއު ހިންގަން ނިންމި އިރު އެޕްރީލްމަހުގެ 29 ވަނަ ދުވަހުން ފެށިގެން އެޗްޕީއޭއިން ހުޅުދޫއާއި މީދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ލާފައެވެ. އަދި އައްޑޫސިޓީގެ ގުޅިފައިވާ ރަށްތައްވެސް 1 މެއި އިން ފެށިގެންވަނީ މޮނިޓަރިންގެ ހާލަތަށް ލާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫގެއަކުން ވައްކަންކޮށްގެން މީދޫ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ މީދޫގެއަކުން މިދިޔަ މާރޗްމަހުގެ ތެރޭގައި ވައްކަން ކުރި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާގޮތުން  މީދޫ  ގެއަކުން ...

ކޮވިޑް 19- އިއްޔެ 110 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިއްޔެ 110 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެޗްޕީއޭ އިން ބުނީ އިއްޔެ ޕޮޒިޓިވްވި މީހުންގެ ...

ވިޔަރެއާލް ބަލިކޮށް ޗެލްސީން ޔުއޭފާ ސުޕަ ކަޕް ތަށި ކާމިޔާބުކޮށްފި

ސްޕެއިނުގެ ވިޔަރެއާލް ބަލިކޮށް  ޗެލްސީން ޔުއޭފާ ސުޕަ ކަޕް ތަށި ކާމިޔާބުކޮށްފިއެވެ. ޗެލްސީން ސްޕަކަޕް ކާމިޔާބުކޮށްފައިމިވަނީ ރޭ ނޮދަން ...