އައްޑޫ ގެ 6 ސަރަހައްދަކުން ޓޫރިޒަމަށް ބިން ދޫކުރަން ފަށައިފި

އައްޑޫ ސިޓީގެ 6 ސަރަހައްދަކުން ޓޫރިޒަމަށް ބިން ދޫކުރަން ފަށައިފިއެވެ.

އައްޑޫ ސިޓީގައި ޓޫރިޒަމް ޒޯންގެގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ސަރަޙައްދުތަކުން ގެސްޓްހައުސްއާއި ސިޓީ ހޮޓާ ތަރައްޤީކޮށް ހިންގުމަށް ބިންތައް ކުއްޔަށް ދޫކުރުމަށް ނިންމައި މިހާރުވަނީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ވަނީ މިކަމަށް ފުރުޞަތު ހުޅުވާލާފައިވަނީ ދިވެހިންނަށާއި، ބޭރުގެ ފަރާތްތަކަށްވެސް ކުރިމަތިލެވޭގޮތަށްކަމަށެވެ.

ބިޑް ފޮތް ވިއްކާނީ މި މަހުގެ 20ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 13ވަނަ ދުވަހާ ހަމައަށް ހެނދުނު 9:00 އިން މެންދުރުފަހު 12:00 އަށް އައްޑޫ ސިޓީ ކައުންސިލުންނެވެ. އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞޯދިޤް ވިދާޅުވެފައިވަނީ ގެސްޓްހައުސްތަކާއި ހޮޓެލް ވިޔަފާރިކުރުމަށް އައްޑޫގެ 6 ސަރަޙައްދަކުން ބިން ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ސަރަޙައްދުތައް ކަނޑައެޅުމުގައި ރާއްޖޭގެ ފަތުރުވެރިކަން ވީހާވެސް ބޮޑަށް އިސްތިހާރުކުރެވޭނެގޮތަކަށް ބަލާފައިވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އައްޑޫ ސިޓީގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށްޓަކައި 4000 އެނދުގެ ޖާގަ ހިމެނޭހެން ގެސްޓްހައުސްއާއި ހޮޓެލް ތަރައްޤީކުރުމަށް އައްޑޫ ސިޓީ ކައުންސިލާއެކު ޓުއަރިޒަމް މިނިސްޓްރީންވަނީ އެއްބަސްވުމެއްގައި ދާދި ފަހުން ވަނީ ސޮއިކޮށްފައެވެ. މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓުވަރިޒަމް މިނިސްޓަރ ވިދާޅުވެފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީގައި ޖުމްލަ 8000 އެނދުގެ ޖާގަ އުފެއްދުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ބަހާއުއްދީންމަގާއި މީދޫ ބަހާއުއްދީން މަގުގައި ތާރުއެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވަނީ

އައްޑުއަތޮޅު ހުޅުދޫއާއި މީދޫގައި ދުއްވާ އެއްޗެހި ގިނަވެ މަގުތައް އަޑިގުޑަންވެފައިވާތީ އެމައްސަލައަށް ޙައްލެއް ގެންނެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ ...

ގޮނޑުދޮށްތަކުން ވެލި ނަގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނަން – އީޕީއޭ

ޤަވާއިދާ ޚިލާފަށް ގޮނޑުދޮށްތަކުން ވެލިނަގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ...

ކުރީގެ މެންބަރުންނަށް ދޭ އިނާޔަތްްތައް ކަނޑާލަން އުޝާމްގެ އިސްލާހެއްް މަޖިލީހަށް!

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކަނޑާލަން މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާ ބެހޭ ގާނޫނަށް އިސްލާހު ...