ކޮވިޑް-19: އައްޑު އިން މާލެ ގެންދިޔަ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް

އައްޑޫ ސިޓީން އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަކީ މާޗް 10 ވަނަ ދުވަހު ރިސޯޓަކުން އައްޑުއަށް ދިޔަ މީހެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އޭނާ ޕޮޒިޓިވްވީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު މާލެ ގެންދިއުމުން އައިޖީއެމްއެޗްގައި ހެދި ޓެސްޓްތަކުންނެވެ. އޭނާ އައްޑޫ ހޮސްޕިޓަލަށް ގެންދިޔައީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

ޕޮޒިޓިވްވެފައި ވަނީ އައްޑޫ ސިޓީ މަރަދޫ ފޭދުއަށް ނިސްބަތްވާ މީހެކެވެ. އޭނާ އަކީ މަރަފޫފޭދޫ މީހެއްކަމުގައިވިޔަސް އޭނާ ހިތަދޫ މީހަކާ ކައިވެނިކޮށްގެން ދިރިއުޅެމުންދަނީ ހިތަދޫގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ އޭނާ މާލެ ގެންދިޔައީ ރޭގެ ވަގުތެއްގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އޭނާ އަށް ފަރުވާ ދިން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ ކޮޮންޓެކްޓު ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށް މައުލޫމާތު ލިބެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަސީހު މަޖިލިހުގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފި

މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު އިސްތިއުފާ ދެއްވައިފި އެވެ. މަސީހު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވަނީ މީގެ ...

ބިން ހިއްކުމަށް ބޭނުންވާ ސާމާނު އައްޑޫ ސިޓީއަށް

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ބޭނުންވާ ބައެއް ސާމާނު އައްޑޫސިޓީއަށް ގެނެސްފިއެވެ. އައްޑޫ ސިޓީ ބިން ...

ކަރަންޓީނުގައި ނެތް ދެމީހަކު މީދުން ކޮވިޑް 19 އަށް ފައްސިވެއްޖެ

ސ.މީދޫގައި ކަރަންޓީނުގައި ނެތް ދެމީހަކު  ކޮވިޑް-19 އަށް ފައްސި ވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި  މީދުން ފައްސިވި ބަލީގެ ...