އައްޑޫ މެރަތަންގެ ރަން އެމްބެސެޑަރ އައްޑޫއަށް

އެމެރިކާގެ މަޝްހޫރު މެރަަތަނާ އަދި ވަރލްޑް ރިކޯރޑް ހޯލްޑަރ މައިކަލް ވޯޑިއަން މިއަދު އާއިލާއާއެކު އައްޑުއަތޮޅަށް އައިސްފިއެވެ.

ދުވެގެން ރަން ވަނަތަކެއް ހޯދާފައިވާ އައިރަނާސްގެ ރަން އެންބެސެޑަރ މައިކަލް ވޯޑިއަން އައްޑޫ އަށް އައިސްފައިވަނީ ސްރީލަންކަން އެއާރލައިންސްއިން މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

މައިކަލް ވޯޑިއަން އައްޑު އަތޮޅުގަމަށް އައުމުން ގަން އިންޓަނޭޝަނަލް އެއާޕޯރޓުން މަރުހަބާ ދެންނެވީ އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ސާދިޤް (ސޯބެ) އާއި ސިޓީ ކައުންސިލްގެ ބައެއް މެމްބަރުންނެވެ.

އާއިލާއާއެކު މައިކަލް ފުރަތަމަ ދެ ދުވަހު ހުންނާނީ ގަމުގެ އީކުއޭޓަރ ވިލެޖްގައެވެ. އަދި އަނެއް ދެ ދުވަސް ހޭދަ ކުރާނީ ޝަންގްރިއްލާ ރިސޯޓްގައެވެ.

އަންނަ ހުކުރު ދުވަހު އޮންނަ އައްޑޫ މެރަތަންގެ ރަން އެމްބެސެޑަރެއްގެ ގޮތުން މައިކަލް ވޯޑިއަން އައްޑޫ އަށް އައިސްފައިވަނީ މި މެރަތަންގައި ދުވުމަށެވެ.

މައިކަލް ވޯޑިއަން އަކީ މިހާތަނަށް ދުނިޔޭގެ 4 ވަރަކަށް ރިކޯރޑް ހޯލްޑް ކުރާ ދުވުންތެރިއެކެވެ. މަޝްހޫރު ބައެއް  ދުވުންތެރިން ބައިވެރިވާ މި މެރަތަންގައި ރާއްޖެއިންވެސް  އަލްޓްރާ މެރަތަން އާތިފް، އޭގެ އިތުރަށްް ނޭޝަނަލް ރިކޯރޑް ހޯލްޑަރ މަރިޔަމް އަބްދުލް ކަރީމް ފަދަ ދުވުންތެރިން މެރަތަންގައި ބައިވެރި ވާނެއެވެ.

މަސްދަރު: ޕީއެސްއެމް

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ސާލިހަށް ރިޔާސީ ޓިކެޓް އެރުވުން ހުކުރުދުވަހުގެރޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކުރުމަށް ބާއްވާ ޖަލްސާ އަންނަ ހުކުރުދުވަހުގެރޭ ބޭއްވުމަށް ...

ފޯނު ޖަހައިގަތީ ސަލާންޖަހަން އުޅެނީކަމަށް ހަދާފައި އައި މީހެއް: ނަޝީދު

އިނގެރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި އިއްޔެ މެންދުރު ފަރިއްކުޅުއްވަން އިންނަވަނިކޮށް ފޯނު ޖަހައިގަތީ ސަލާންޖަހަން އުޅެނީކަމަށް ހަދާފައި އައި މީހަކު ކަމަށް ...

ބާރުވަޔާއެކު ރޭދަންވަރުކުރި ވިއްސާރައިގައި މީދޫއާއި ހުޅުދޫގެ 3 ގެޔަކަށް ބޮޑެތި ގެއްލުން ތަކެއް ވެއްޖެ

އައްޑުއަތޮޅަށް ރެއިންފެށިގެން ކުރަމުންދާ ވިއްސާރައިގެ ރޭ ދަންވަރު 3:30 ހާއިރު ބާރުވަޔާއެކު އައި ކޮޅިގަނޑެއްގައި މީދޫއާއި ހުޅުދޫގެ ބައެއް ...