އައްޑޫ ޓާޝަރީ ހޮސްޕިޓަލުގައި  ބޭނުންކުރުމަށް ގެނައި އެމްއާރުއައި މެޝިން އައްޑުއަށް ގެނެސްފިއެވެ.

މިއެމްއާރުއައި މެޝިން ގަމަށް ގެނެސްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކާގޯ އުފުލާ މަތިންދާބޯޓުތަކުގެ ތެރޭގައި ހިމެނޭ މަތިންދާބޯޓެއްގައި ރޭފަތިހުއެވެ.

ފޮޓޯ: އިހުތިޝާމް ނަޖީބު

ދިވެހި ސަރުކާރުން ޗާޓަރުކޮށްގެން  ދުބާއީން ފުރައިގެން ގަމަށް އައި  ކާގޯ މިމަތިންދާބޯޓުން އައްޑޫގެ ކޮންވެންޝަން ސެންޓަރުގައި ހަދަމުންދާ 100 އެނދުގެ ހޮސްޕިޓަލަށް ބޭނުންވާ އެމްއާރުއައި މެޝިނުގެ އިތުރަށް އެ ހޮސްޕިޓަލަށް ބޭނުންވާ  ގިނަ ސާމާނު ތަކެއް ގެންސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފޮޓޯ: އިހުތިޝާމް ނަޖީބު

ސާކް ސަމިޓް ބޭއްވުމަށް އައްޑޫގައި އެޅި އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަށް ބަދަލުތަކެއް ގެނައުމަށް ފަހު އެތަނުގައި ތައްޔާރު ކުރަމުންދާ  100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނިންމާ މިއަހަރުގެތެރޭގައި އެ ހޮސްޕިޓަލުގެ ޚިދުމަތް ދޭންފެށޭނެކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.

މި ހޮސްޕިޓަލް ނިމޭއިރު އެތަނުގައި އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތާއި، ފަސް އޮޕަރޭޝަން ތިއޭޓަރުގެ އިތުރުން މޯޗަރީ އަކާއި ޕްރައިވެޓް ރޫމްތައް ވެސް ހުންނާނެ ކަމަށް ހެލްތު މިނިސްޓަރީން މީގެ ކުރީންވަނީ ހާމަކޮށްފައެވެ.

އީސީސީގައި ތައްޔާރު ކުރަމުންދާ  ހޮސްޕިޓަލުގެ މަސައްކަތްކުރުމަށް ސައުދީ ފަންޑުން 12.5 މިލިއަން ޑޮލަރު ހަމަޖެހުނުކަމަށާ  އަދި އޯޕެކް ފަންޑުން 8.4 މިލިއަން ޑޮލަރު ހަމަޖެހުނުކަމަށް ކުރީގެ ސަރުކާރުންވަނީ ހާމަކޮށްފައެވެ.

ފޮޓޯ: އިހުތިޝާމް ނަޖީބު

ހެލްތު މިނިސްޓަރު އަމީން ވަނީ ޓާޝަރީ ހޮސްޕިޓަލަކަށް އައްޑޫ ރައްޔިތުން ކުރާ އުއްމީދު ހަގީގަތަކަށް ހައްދަވާނެ ކަމަށްވިދާޅުވެފައެވެ.   އަދި ހޮސްޕިޓަލްގެ  މަސައްކަތް ކުރިއަށްދާގޮތްވެސް މިނިސްޓަރު އަމީން އައްޑުއަތޮޅަށް ވަޑައިގެންވަނީ ބައްލަވާ ލައްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކަރަންޓު ބިލް ދެއްކުމަށް ފެނަކައިން އެޕެއް ތައާރަފްކޮށްފި

ކަރަންޓު ބިލް ދެއްކުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެޕެއް ތައާރަފްކޮށްފި އެވެ ފެނަކައިން މިއަދު ބުނީ ފެނަކަ ބިލް-ޕޭ އެޕްލިކޭޝަން މެދުވެރިކޮށް ...

އެމްއެންޕީގެ މެމްބަރުން އިތުރު ކުރުމަށް ހުޅުދޫއާއި މީދުއަށް ދަތުރެއްކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން ފާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމާއި، އެޕާޓީގެ ލީޑަރޝިޕް ...

އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ- ފައްޔާޒު

އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް އެމްޑީޕީގެ  ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިހެން ވިދާޅުވީ ...