އޭޑީޕީގެ ދަށުން އައްޑޫސިޓީ އިގްތިސާދީ ވަރުގަދަ ހަބަކަށް

  advertisement

  އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭޑީޕީ)ގެ ދަށުން އައްޑޫ ރެކްލެމޭޝަން ޕްރޮޖެކްޓު ފެށުމަށް ނިންމާ، މަޝްރޫއުގެ ތަފްސީލު ހާމަކޮށްފިއެވެ.

  އައްޑޫ ޑިވެލޮޕްމެންޓު ޕްރޮޖެކްޓު (އޭޑީޕީ)ގެ ދަށުން އައްޑޫ ރެކްލެމޭޝަން ޕްރޮޖެކްޓާއި ގުޅޭގޮތުން އިންޑިއާ ހައި ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެމަޝްރޫއުގެ ތަފްސީލްގެ އިތުރުން މުޅި މަޝްރޫއަށް ބޭނުންވާނެ ބަޖެޓުގެ މައުލޫމާތުވެސް ހާމަކޮށްފައެވެ. އެ ގޮތުން ގާތްގަނޑަކަށް 70 މިލިއަން ނުވަތަ 75 މިލިއަން ޑޮލަރާ ދެމެދުގެ ބަޖެޓެއް ބޭނުންވާނެ ކަމަށްވެސް ނޫސްބަޔާނުގައިވަނީ ބުނެފައެވެ.

  އައްޑޫ ރެކްލެމޭޝަން ޕްރޮޖެކްޓުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު މި މަޝްރޫއުގެ ދަށުން 228 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކާ، ގޮނޑުދޮށް ހިމާޔަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހުޅުދޫ/މީދޫ އާއި މަރަދޫ/ފޭދޫގައި މީހުން ދިރިއުޅުމަށާއި، ވިޔަފާރީގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތަށް ބޭނުންވާ ބިން ހިއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.

  އިންޑިޔާ އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންވެސްޓަރުން ޝައުގުވެރި ކުރުވުމުގެ ގޮތުން، 4 ތަރީގެ ’ލެގޫން ރިސޯޓެއް‘ އެޅުމަށް 25 ހެކްޓަރުގެ ބިން ހިއްކާ ގޮނޑުދޮސް ހިމާޔަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

  އޭ.ޑީ.ޕީ ގެދަށުން ފަރުމާކުރެވިފައިވާ މި މަޝްރޫއުގެ މަގްސަދަކީ އައްޑޫ ސިޓީ އަކީ އިގްތިސާދީގޮތުން ވަރުގަދަ ހަބް އަކަށާއި، މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމެވެ. އެގޮތުން މި މަޝްރޫއުގެ މުހިންމު އޮބްޖެކްޓިވް ތަކުގެ ތެރޭގައި އިގްތިސާދު ވަރުގަދަ ކުރުމާއި، ވަޒީފާގެ ދަތިކަން ހައްލުކުރުމުގެ އިތުރުން ، ލާމަރުކަޒީ ނިޒާމު ޕްރޮމޯޓްކުރުން ހިމެނޭކަމަށްވެސް ނޫސްބަޔާނުގައިވަނި ބުނެފައެވެ.

  މީގެއިތުރުން އެނޫސްބަޔާނުގައި ވަނީ މަޝްރޫއު ފޭށޭ ތާރީޚްގެ އިތުރުން މަޝްރޫގެ ސްކޯޕްވެސް ހިމަނާފައެވެ. އެގޮތުން

  މަޝްރޫއުގެ އިމްޕްލިމެންޓޭޝަން ސްޓޭޓަސް، ފެށޭ ތާރީޚް:

  • ދިވެހި ސަރުކާރުގެ މިނިސްޓްރީ އޮފް ފިނޭންސް ގެ ފަރާތުން ހުޅުވާލައިފާވާ ޓެންޑަރަށް ބިޑް ހުށައެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ ޖޫން 15، 2021 އެވެ. ހަތަރު ބައިނަލްއަގުވާމީ ޑްރެޖިން ކުންފުނިތަކުން އެ ކުންފުނިތަކުގެ އިންޑިއާގެ ސަބްސިޑިއަރީތައް މެދުވެރިކޮށް ބިޑް ހުށައަޅާނެއެވެ. މަޝްރޫއުއަށް ކުންފުނި ހޮވުމުގެ ކުރިން ކުރަން ޖެހޭ ބިޑް ތަކުގެ ޓެކްނިކަލް އަދި ފައިނޭންޝަލް އިވޭލުއޭޝަން ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުގެ ފަރާތުންނެވެ. އަދި ބިޑް ހުށައެޅުމުގެ ފަހު ތާރީހަށް ފަހު 4-5 ހަފްތާގެ ތެރޭގައި ކޮންޓްރެކްޓް ހަވާލުކުރެވޭނެއެވެ.
  • އާންމުގޮތެއްގައި އިންޑިއާގެ ލައިން-އޮފް-ކްރެޑިޓް މަޝްރޫއުތަކުގެ ކޮމްޕޮނެންޓް ތަކުގެ ތެރެއިން 75%-65% ސޯސްކުރެވޭނީ އިންޑިއާއިންނެވެ. ނަމަވެސް، މި މަޝްރޫއުގެ ހާއްސަ ރިކުއަމެންޓްތަކުގެ ސަބަބުންނާއި، ރައީސް ޞާލިޙުގެ ސަރުކާރުގެ އެދިލެއްވުމުގެ މަތިން އިންޑިއާއިން ވަނީ މި މަޝްރޫއުއަށް އިންޑިއާއިން ސޯސްކުރެވޭ ކޮމްޕޮނެންޓްތަކުގެ އިންސައްތަ 55% އަށް ކުޑަކޮށްދީފައެވެ. އަދި ބައިނަލްއަގްވާމީ ޑްރެޖިން ކުންފުނިތަކަށް މި މަޝްރޫއުގެ ބިޑީން މަރުހަލާގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

  މަޝްރޫއުގެ ސްކޯޕް 

  • ޑްރެޖިން އަދި ބިންހިއްކުން، ގޮނޑުދޮށް ޖިމާޔަތްކުރުން

  • އައްޑޫގެ ގުދުރަތީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން، 228 ހެކްޓަރުގެ ބިމުގެ އޭރިއާއެއް އުފެއްދޭނެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ’ވަން-އޮފް‘ މަޝްރޫއުއެއް ވަނީ ހުށައެޅިފައެވެ. އެގޮތުން ރެޒިޑެންޝަލް، ކޮމާޝަލް، އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް އައްޑޫ ސިޓީގެ ހިތަދޫ، ހުޅުދޫ/މީދޫ (38 ހެކްޓަރު، 5 ހެކްޓަރުގެ 2 ރިސޯޓް ރަށާއި ލައިގެން) އަދި މަރަދޫ/މަރަދޫފޭދޫ (75 ހެކްޓަރު) ގައި ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
   • ބިން ހިއްކުމުގެ މި މަޝްރޫއުގެ ޒޯނިން ޕްލޭން ތަކުގެ ދަށުން މިހާރު ހުރި ހާބަރު ފްރަންޓް ފެސިލިޓީތަށް އަޕްގެރޭޑް ކުރެވި، ވިޔަފާރި އަދި މުޖުތަމައުގެ ބޭނުން ތަކަށާއި، އައްޑޫ ސިޓީގެ ރަށްތަކުގެ ރައްޔިތުންގެ ރެޒިޑެންޝަލް ބޭނުންތައްވެސް ބިން އެލޮކޭޓް ކުރެވިގެންދާނެއެވެ. މީގެ އިތުރުން ޕްރައިވެޓް ސެކްޓާގެ އިންވެސްޓަރުން ރިސޯޓް ތަރައްގީ ކުރުމަށް ރަށްތައް އުފެއްދުމަށްޓަކައި ލެގޫން ރިކްލެއިމް ކުރެވޭނެއެވެ. މިގޮތުން، 4 ސްޓާ ’ލެގޫން ރިސޯޓް‘ ތަރައްގި ކުރުމަށް އިންވެސްޓަރުން ޝައުގުވެރިކުރުވުމުގެ ގޮތުން  ގާތްގަނޑަކަށް 25 ހެކްޓަރުގެ ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތްކުރުމަށް ވަނީ ހުށައެޅިފައެވެ.

  • ޖިއޮގްރަފިކަލް ކަވަރެޖް

  • އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން މުހިންމު އުމްރާނީ ތަރައްގީގެ މި ބޮޑު މަޝްރޫއުގެ ސްކޯޕްގެ ތެރޭގައި އައްޑޫ ސިޓީގެ ގިނަ ރަށްތައް ހިމެނެއެވެ.

  • ރައީސްގެ ޕްލެޖް / ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން / އެސްއޭޕީ

  • އައްޑޫ ސިޓީގެ މަގުތައް ތަރައްގިކޮށް ބިން ހިއްކުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ މުހިންމު އެއް ވައުދެވެ.

  އައްޑޫ ސިޓީގެ އިގްތިސާދު ކުރިއަރުވާ، ފަތުރުވެރިކަމާއި، މަސްވެރިކަމާއި ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރީގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމެންޓްތައް އައްޑޫއަށް ގެނައުމަށްޓަކައި ދިވެހި ސަރުކާރުން ވަނީ ފިނޭންސް މިނިސްޓްރީގެ ފަރާތުން މި މަޝްރޫއު ކުރިއަށް ގެންދާނެ ކުންފުންޏެއް ހޮވުމަށް ބީލަން ހުޅުވާލާފައެވެ. އެގޮތުން ބީލަން ހުށަހެޅުމުގެ މުއްދަތު މި މަހުގެ 15 ވަނަ ވަނަ ދުވަހަށް ހަމަވާއިރު، ބައިނަލް އަގްވާމީ އެހެން ކުންފުނިތަކުންވެސް، އެ ކުންފުނިތަކުގެ އިންޑިއާ ސަބްސިޑިއަރީތައް މެދުވެރިކޮށް ބީލަން ހުށަހެޅޭނެ ކަމަށް އައްޑޫ ރެކްލެމޭޝަން ޕްރޮޖެކްޓު ތަފްސީލް ހާމަކޮށް އިންޑިޔާ އެމްބަސީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

  މަސްދަރު: ހަފްތާ އެމްވީ

  advertisement
  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ކޯވިޑް-19 : މިއަދު 148 މީހުން ޕޮޒިޓިވް ވެއްޖެ

  ރާއްޖެއިން އިތުރު 148 މީހުން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ ޢަދަދު 4594އަށް އިތުރުވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ ...

  ޖަލު ހުކުމެއްގައި ހުރި ޒިޔަތު ގޭބަންދަށް ބަދަލުކޮށްފި

  Advertisement  އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ...

  ވަގުތުން އިންޓަނެޓް ބޭންކިންއަށް ރަޖިސްޓަކުރެވޭ ގޮތް ބީއެމްއެލް އިން ހަމަޖައްސައިފި

  ބޭންކިން ޚިދުމަތްތައް ހޯދުމުގައި ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުންނާއި ވީހާވެސް ފަސޭހައި ރަޖިސްޓަކުރެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ...

  60 ފަރާތަކަށް ބީއެމްއެލްގެ ފަރާތުން މޮޓޮރައިޒްޑް ވީލް ޗެއަރ ހަދިޔާކޮށްފި

  ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތްތަކަށް މިއަހަރު ތެރޭގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ...

  ޓީމް ހުދުހުދު ބަލިކޮށް ހުޅުދޫ ޔޫތު ގްރޫޕް އޭގެ 1 ވަނަ ޓީމްގެ ގޮތުގައި ސެމީއަށް

  އެމްއީސީ ނެޓްބޯޅަ މުބާރާތުގައި ހުޅުދޫ ޔޫތުން ކުޅުނު ހަތަރުވަނަ މެޗުގައި ޓީމް ހުދުހުދު ބަލިކޮށް   ގްރޫޕް އޭގެ އެއްވަނަ ...

  ރައީސް ސޯލިހު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި

  ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި އެވެ. މިއީ ވެރިކަމާއި ...