އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ބައެއް މެޗުތައް އައްޑޫގައި ކުޅެން ނިންމައިފިއެވެ.

އޭއެފްސީ ކަޕްގެ ބައެއް މެޗުތައް އައްޑޫ ސިޓީގައި ކުޅުމަށް ނިންމީ މުބާރާތުގެ ދެ ވަނަ ބުރަށްދާނެ ޓީމެއް ކަނޑައަޅަން އެންމެ ފަހު މެޗުތައް އެއްވަގުތެއްގައި ކުޅެންޖެހޭތީއެވެ. މާލޭގައި ގަލޮޅު ދަނޑުގައި ގިނަ މެޗުތައް ކުޅުނު ނަމަވެސް ރާއްޖޭގައި އިންޓަނޭޝަނަލް މެޗުތައް ކުޅެވޭނެ ދެ ވަނަ ދަނޑަކަށް އޮތީ އައްޑޫ ސްޓޭޑިއަމް އެކަންޏެވެ.

އައްޑޫ ސްޓޭޑިއަމްގައި އެންމެ ފަހުން ބޭއްވި ބައިނަލްއަޤުވާމީ ފުޓްބޯޅަ މުބާރާތަކީ މިދިޔަ އަހަރު އައްޑޫގައި ބޭއްވި ޔުއެފާ އެސިސްޓް ބައިނަލްއަގުވާމީ 15 އަހަރުން ދަށުގެ މުބާރާތެއެވެ. އޭގެ ކުރިން އައްޑޫގައި ވަނީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް މެޗުތަކެއް ކުރިއަށް ގެންގޮސްފައެވެ.

2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައި އައްޑޫގައި ކުޅެވުނު މެޗެއްގެ ތެރެއިން

ރާއްޖޭގައި އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ބާކީ މެޗުތައް ކުޅެން ނިންމާފައިވާއިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވާދަކުރާނީ ރާއްޖޭގެ މާޒިޔާ އާއި ބަނގްލަދޭޝްގެ ބަޝަންދުރަ ކިންގްސްއެވެ. މިއީ ގްރޫޕުގައި އޮތް އެންމެ ވަރުގަދަ ދެ ކުލަބެއެވެ. އަދި ދެ ވަނަ ބުރަށް ދިއުމަށް އެންމެ ބޮޑަށް ވާދަކުރާނެ ދެ ކުލަބަކީ ވެސް މިއީއެވެ. ގްރޫޕް ސްޓޭޖުގައި ދެން ވާދަކުރަނީ ރާއްޖޭގެ ޓީސީ އާއި އިންޑިޔާގެ ޗެންނާއީ އެފްސީއެވެ.

އަންނަ އޮކްޓޯބަރުމަހުގެ 23 އިން ނޮވެމްބަރު 4އާ ދެމެދު ގްރޫޕް ސްޓޭޖު މެޗުތައް ކުޅޭ ގޮތަށް މިހާރު ނިންމާފައިވާއިރު، 13 ދުވަހު ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިމޭނެއެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖެއިން އިތުރު 56 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 56 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ މީގެ ތެރޭގައި ހިމެނެނީ 18 ދިވެހީން ...

ފުވައްމުލަކު ޓިވެޓް ސެންޓަރ: އެންވަޔަރަންމަންޓަލް ޓެކްނޮލޮޖީ ދާއިރާއަށް ޚާއްސަ

ފުވައްމުލަކުގައި ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތަށް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ. މި ...

އަލިފާނުގެ ހާދިސާ އަކީ ޓެރެރިޒަމްގެ އަމަލަކަށް ވުން ގާތް: އަނދުން ހުސައިން

މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އަކީ އިންޑިއާ މެދު ނަފްރަތު އުފައްދަން ހިންގި ޓެރެރިޒަމްގެ އަމަލެއް ކަމަށް ...