އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ރާއްޖޭގައި

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ބާކީހުރި މެޗުތައް ރާއްޖޭގައި ކުޅެން އޭއެފްސީން ނިންމައިފިއެވެ.

ރާއްޖެއަށް މި ފުރުސަތު ލިބުނުއިރު ރަސްމީކޮށް މި މެޗުތައް ބާއްވަން ހުށަހެޅީވެސް ރާއްޖެއިން އެކަންޏެވެ. އެފްއޭއެމުން މި މެޗުތައް ރާއްޖޭގައި ބާއްވަން ބޭނުންވީ މުބާރާތުގައި ވާދަކުރާ ދިވެހި ދެ ޓީމަށް އޭއެފްސީ ކަޕުގެ ދެ ވަނަ ބުރަށް ދިއުމަށް ފަޖި ފުރުސަތެއް ހޯދައިދިނުމުގެ ގޮތުންނެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބާކީ އަދި 10 މެޗު އެބައޮތެވެ. މި މެޗުތައް ކުޅެން ބޭނުނާ ފެންވަރަށް ގަލޮޅު ދަނޑު ތަރައްގީ ކުރަން އެފްއޭއެމުން މިހާރު ވަނީ މަސައްކަތް ފަށައިފައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީއާއެކު ދެން ވާދަކުރަނީ ބަނގްލަދޭޝްގެ ޗެމްޕިއަން ބޮޝުންދުރަ ކިންގާއި އިންޑިޔާގެ ޗެންނާއީ އެފްސީއެވެ.

މުބާރާތުގެ ހޯމް އެންޑް އަވޭ އުސޫލު އުވާލައި އެއްތަނެއްގައި މެޗުތައް ކުޅެން އޭއެފްސީން ނިންމީ ވެސް ކޮވިޑް-19ގެ ސަބަބުން އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި ގިނަ އުނދަގޫތަކެއް ހުރުމުންނެވެ.

Ads

ގުޅޭ ލިޔުންތައް

ދިވެއްސަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ނެތް: ރައީސް ސޯލިހް

ކޮރޯނާ ވައިރަހަށް އެއްވެސް ދިވެއްސަކު ޕޮޒިޓިވްވެފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ...

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނީ 4،500 ރުފިޔާ ކަމަށް ކަނޑައަޅައިފި

ރާއްޖޭގައި އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ދެވެނީ 4،500 ރުފިޔާ ކަމަށް ކަނޑައަޅައިފިއެވެ. އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ...

އައްޑޫ ސިޓީން އިތުރު 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާ (އޭއީއެޗު) އިން ...