އަގު ބޮޑުކޮށްފިނަމަ މަޖޫރިންނާއި މުދާ އުފުލާ އުޅަނދުތައްވެސް މި ސަރުކާރުން ކޮންޓްރޯލް ކުރާނެ – ސައީދު

މާލެ ތެރޭގައި މުދާ އުފުލާ ގަޑިއަށް ބަދަލު ގެނައުމުން މުދާތައް ކްލިޔާ ކުރާ މަޖުރީންނާއި އަދި އެމްޕީއެލްއިން މުދާ ކްލިޔާކޮށްގެން މުދާ އުފުލާ އުޅަދުތަކުގެ އަގު ބޮޑުކޮށްފިނަމަ އެކަމުގެ ތެރެއަށް ވަންނާނެ ކަމުގެ އިންޒާރު އިކޮނޮމިކް މިނިސްޓްރީން ދީފިއެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެގޮތަށް ކަންތައް ކޮށްފިނަމަ އެއީ ހުޅުވާލެވިފައިވާ ހިދުމަތަކަށް އެކަންކަން ހަދާނެ ކަމަށެވެ.

މަޖޫރީންގެ ހިދުމަތަކީ މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވި ވަކި ބަޔަކަށް ހުއްދަ ދީފައިވާ ކަމެއް ނަމަވެސް މަޖޫރީން އެގޮތަށް ކަންތައް ކޮށްފިނަމަ އެހިދުމަތް ދިނުމަށް އާއްމުކޮށް ހުޅުވާލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ބަދަލުގެ ސަބަބުން މަޖޫރީންނަށް އަގުބޮޑު ކުރަން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށާއި އެ ހާލަތުގައި ސަރުކާރު ކުންފުންޏަކާއި ހަވާލުކޮށްގެން ނަމަވެސް އެ މަސައްކަތް ކުރުވާނެ ކަމަށެވެ. އަދި މުދަލުގެ އަގު ބޮޑުވުމަށް ފުރުސަތެއް ނުދޭނެކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

އެމްޕީއެލްއިން މުދާ ކްލިޔާކޮށްގެން އުފުލާ ޕިކަޕުތަކުން އަގުބޮޑު ކޮށްފިނަމަ އިތުރު ޕިކަޕުތަކަށް މުދާ އުފުލުގެ ހުއްދަ ދޭނެ ކަމަށެވެ.

“އަޅުގަނޑުމެން އޭރުން އިތުރު ޕިކަޕުތަކަށް ހުއްދަ ދޭނަން. އެމްޕީއެލްގައި ރަޖިސްޓްރީ ކުރާއިރު ފުރުސަތު ދޭނީ އަގުބޮޑު ނުވާނެ ގޮތަކަށް” މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޔާމީން ގެ ސަރުކާރަކީ ދިވެހި ރައްޔިތުން ގެ އަޑު ކައިރިން އަހާ ރައްޔިތުންނަށް ހުރި ދަތިތައް ހައްލު ކޮށްދެވާނެ ސަރުކާރެއްކަން ސާބިތު ވަނީ ސަރުކާރުން ކަންކަމަށް ގެންނަ މިފަދަ އަވަސް އަދި ޙިކުމަތްތެރި ފިޔަވަޅުތަކުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައިޖީއެމްއެޗުން މިއަހަރު ތެރޭގައި ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން ފަށަނީ

ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަންތައް މި އަހަރު ފަހުކޮޅު ރާއްޖޭގައި ފެށުމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ...

ހުޅުދޫ ކަނޑޫއެޅެ ބީޗް ސާފްކުރުމުގެ މަސައްކަތްކުރިއަށް ގެންގޮސްފި

ހުޚުދޫ އަވަށު އޮފީހުން އިސްނަގައިގެން ހުޅުދޫ މާފިށި ( ކަނޑޫއެޅެ) ބީޗް ސާފް ކުރުމުގެ މަސައްކަތް މިއަދު ހެދުނު ...

ހުޅުމީދޫގައި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއެއް އެޅުމަކީ ކުންފުނީގެ ތާރީހުގައި ވެސް ކޮށްފައިވާ އެންމެ ގެއްލުން ބޮޑު އެއް އިންވެސްޓްމަންޓް

ހުޅުމީދޫގައި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއެއް އެޅުމަކީ ކުންފުނީގެ ތާރީހުގައި ވެސް ކޮށްފައިވާ އެންމެ ގެއްލުން ބޮޑު އެއް އިންވެސްޓްމަންޓް ...