އެއާޕޯޓުގައި މަސައްކަތްކުރާ ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ގިނަ ފުލުހުން ކަރަންޓީނަށް ގެންގޮސްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ  ގިނަ އަދަދެއްގެ ފުލުހުން ކަރަންޓީނަށް ގެންގޮސްފިއެވެ

އޮންލައިން ނޫސް ” ވަގުތު” ނޫހުން ގެނެސްދީފައިވާ ޚަބަރެއްގައި ހާމަކޮށްފައިވާގޮތުން އެއަރ ޕޯޓުގައި މަސައްކަތްކުރާ ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވި ކަން އެގިފައިވަނީ ރޭގެ ވަގުތެއްގައެވެ. އެކަން އެގުމާއެކު  އޭނާ ހިމެނޭ ޝިފްޓްގައި ޓިއުޓީކުރި ހުރިހާ ފުލުހުން ވަނީ ކަރަންޓީންކޮށްފައެވެ.

ވަގުތު އޮންލައިން ނޫހުން ގެނެސްދީފައިވާ ޚަބަރުގައި ހާމަކޮށްފައިވާގޮތުން ކަރަންޓީނަށް ގެނގޮސްފައިވަނީ 8 ފުލުހެކެވެ.

މިއީ ފުރަބަންދަށް ލުއިތައް ދިން ފަހުން، އެއާޕޯޓުގައި މަސައްކަތް ކުރާ ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. ރާއްޖޭގައި މީގެކުރިން އިއުލާން ކުރި ފުރަބަންދުގެ މުއްދަތުގެ ތެރޭގައި އެއާޕޯޓުގައި މަސައްކަތް ކުރާ ބައެއް ފުލުހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު ވެސް މާލޭގެ ޓްރެފިކް ބަލަހައްޓާ 6 ފުލުހަކުވަނީ  ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ޖުލައި މަހު މާލޭގެ ފުރަބަންދަށް ލުއިތައް ދިނުމާއި ގުޅިގެން މާލެން އަދި މާލެން އަތޮޅުތަކަށް ދަތުރުކޮށްފައިވާ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުން އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން އިއްޔެ 215 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލޭ ހުއްދަ ކުރާ މީހުންނާ ދެކޮޅަށް ތެދުވަން ޖެހޭ: ރައީސް

ލޭހުއްދަ ކުރާ މީހުންނާއި ދެކޮޅަށް ތެދުވަންޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިނިވަންދުވަހުގެ ...

ފޮޓޯއިން ޚަބަރު: އީދުގެ އުފާވެރި މަންޒަރުތައް

މަތީގައިވާ ފޮޓޯއާއި ތިރީގައި ފޮޓޯ ތަކުން ފެނިވަޑައިގަންނަވަނީ ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ހުޅުދޫގައި ބޭއްވުނު ބައެއް ހަރަކާތްތައް ...

ވަޒީފާ ގެއްލުނު މީހުންނަށް އެލަވަންސް ދޭން ގޮވާލާ ގަރާރު ބަލައެއް ނުގަތް

ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އެލަވަންސެއް ދޭން ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ...